އެމްޑީޕީން ފާސްކުރި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުކަށް ނޫނީ ނުވާނެއެވެ. އެހެނީ އެ ބިލުގައިވާ ގޮތުން 3 މަސްދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުންދީފައިވާ ގޯތިތައް, އެ ގޯތިތައް ލިބިފައިވާ ފަރާތްތަކާ ޙަވާލު ކުރަން ޖެހެއެވެ. ޢިއްޒަތްތެރި ރައްޔީތުންނޭވެ. އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތި ތަކުގެ ތެރޭގައި ކަނޑުން ދީފައިވާ ގޯތިތައްވެސް އެބަ ހިމެނެއެވެ. އެހެންކަމާއެކު ކަނޑު ހިއްކައިގެން 3 މަސް ދުވަހުގެ […]

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެނގުމަކީ އެކަން ހައްލުވާ ކަމެއް ނޫން

ސަރުކާރަށް ނޭނގި ގަވާޢިދާ ޚިލާފަށް ރާއްޖޭގެ އާބާދީ އާ ނުބައްދަލު މިންވަރަކަށް ބިދޭސީން ދިރިއުޅެމުން އެބަގެންދެއެވެ. ސަރުކާރުން މިކަން ޙައްލުކުރުމަށް ރާވާފައިވަނީ ވަރަށް ރަނގަޅު ރޭވުމަކަށް ވީނަމަވެސް އެރޭވުން ތަންފީޒު ނުކުރާހާ ހިނދަކު ބީދޭސީންގެ މައްސަލަ ޙައްލުވެގެން ނުދާނެއެވެ. އެމްއެންޑީއެފުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ނުބައި މަގަކުން ހިނގިއްޖެ ނަމަ ބިރުގަންނަފަދަ މިންވަރަކަށް ބިދޭސީން ރާއްޖޭގައި އެބަ ދިރިއުޅޭ ކަމަށެވެ. އެ އޮފިޝަލް މިހެން ވިދާޅުވީ ހުޅުމާލޭގައި ބިދޭސީން އެއްވެ ސަރުކާރަށް ކުރި ޕްރެޝަރާ ގުޅިގެން އެބައި […]

މެންބަރުން އިތުރުވަމުން ދިއުމަކީ ރައްޔިތުންނަށް ގެއްލުންހުރި ކަމެއް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ފަސްއަރަކުން އެއްފަހަރު އިންތިޚާބު ކުރާ މަޖިލީހެކެވެ. އެހެން ކަމުން މާޟީވަމުން އަންނަ ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް 18 އަހަރުން މަތީގެ އެތަކެއް ހާސް ރައްޔިތުން އަންނަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 5000 ރައްޔިތުންނަށް މެންބަރެކެވެ. ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ދާއިއިރާތައް ވެސް އަންނަނީ އާބާދީގެ ނިސްބަތުން އިތުރުވަމުންންވެ. އެގޮތުން ކޮންމެ ފަސް އަހަރެއްގެ […]

ރަށްޔިތުންނަށް ފައިދާ ބޮޑީ އަތޮޅުވެރިންނާ ކަތީބުން ތިބެގެން

މީގެ 16 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެނީ 2 ކަތީބުންނާ ޕިޔޯނަކާ މުދިމަކާ ގާޟީ އަކާ އެވެ. އޭރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ދަށުގައެވެ.  އެހެނަސް ދަރަންޏެއްނެތެވެ. ނަމަވެސް މިހާރު ރާއްޖޭ ރައްޔިތުނާއި ދައުލަތްވިއްކާލައިގެން ސަރުކާރުތަކުން ވަނީ ރާއްޖޭގެ  އިގްތިޞާދުވަރަށް ބޮޑަށް ފުޅާ ކޮށް ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމުގައ ބާރުގައި ތިބެވޭނެ އެންމަހާ ގޮތަކަށް ބަށްޓަން ކޮށްފައެވެ.  އެހެންކަމުން ރައްޔަތުން އަތުން ނެގޭ ޓެކްސް ފައިސާއާއިރާއްޖެއަށް ގައުމުތަކުން ހޯދާ އެނހީއާއި ދަރަންޏަށް ބެލުމެއްނެތި ނަގަމުންދާ ލޯނަތަކާއި، އެލިބޭ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދު ކުރަކުދު ކޮށްދާނެވަރަށް ނުހުންނަކަމަށްވެއެވެ. މިދެންނެވުނު ވެރިކަމުގައި ހިފެހެށްޓުމަށްޓަކައި ސުމާރެއްނެތި ސިޔާސީ މަގާމުތައް ސުމާރެއްނެތި ދިނުމާއި […]

ވާނުވާ ޖަހައި ބަންދުކޮށްފައި އެތިބަ އިންސާނުންނަކީ ޖަނަވާރުން ކަމަށް ކަރެކްޝަނަށް ހިވަނީބާ!

ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުގައި ވަކި ހަމަތަކަކާ ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮންނާން ވާނެކަމަށް އިންސާނީ ނަޒަރަކުން ވިސްނާލާއިރު ގަބޫލުކުރަން އެބަޖެހެއެވެ. މާފުށީ ޖަލުގައި ވާނުވާޖަހާފައިވާ މީހުން ތިބެނީ ކަރަންޓު ވެސް ނެތްތަނެއްގައި ކަމަށް ޢާއިލާތަކުން ބުނެއެވެ. އެހެންކަމާއެކު ފަންކާގެ ވައި ނުލިބި ގޮޅިތެރޭގައި ހޫނުގަދަވުމުގެ ސަބަބުން ހަމުގެ ބަލިތައް އިތުރުވަމުންދާކަމަށް ވެސް ވާނުވާގައި ތިބި މީހުންނާ ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ. ކޮންމެއަކަސް ކުނަލަކާއެކު ތަޅުންގަނޑުތަކަށް އުކާލެވިފައިވާ މިފަދަ މީހުންނާމެދު ކަރެކްޝަނުން ޢަމަލުކުރަނީ ޖަލުގައި ތިބޭ ގައިދީންނާ […]

ތަރައްގީއޭ އެ ކިޔަނީ ކޮން އެއްޗަކަށްތޯ ރައްޔިތުންނަށް އެނގެންވެއްޖެ

ރާއްޖެ ތަރައްގީ ކޮށްފީމޭ ކޮންމެ ސަރުކާރަކުންވެސް ބުނެއެވެ. އެހެނަސް އެބުނާ ތަރައްގީ އަކީ ކޮބައި ކަމެއް ރައްޔިތު މީހާއަކަށް ކުޑަކޮށް ވެސް ރޭކާނުލަވެއެވެ. ރާއްޖޭގައި ޑިވެލޮޕްމެންޓް ވިޝަންއެއް ގާނޫނަކުން ބާރު ލިބިގެން އެކުލަވާލާފައެއްނެތެވެ. އެހެން ކަމުން ތަރައްގީގެ މާނަ ދިވެހީންނަށް އެވަނީ އޮޅިފައެވެ. މިސާލަކަށް ކުންފުންޏެއް ހިންގަމުން އައި ބަޔަކު އެކުންފުނި ނުހިންގިގެން އެހެން ބަޔަކާ ހަވާލު ކުރާނީ އެކުންފުނި ހިންގާނޭ ފައިސާ ނެތީމައެވެ. އެހެނެއްކަމަކު އަލަށް ކުންފުންޏާ ޙހަވާލުވާ ފަރާތުން އެކުންފުނީގައި ކުރިންތިބި 50 ހަކަށް […]

ގިނަމީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގެ ތަޢުލީމީ ހާލަތު ދަށްވުމުން

ރާއްޖެތެރޭގެ މީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގައި ހުންނަ ރަށު ސްކޫލް ތަކުގެ ތަޢުލީމީ ޙާލަތު ދަށްވުމުން ކަމަށް ގިނަބަޔަކު ބުނެއެވެ. -/18000 ރުފިޔާ އަށް 3 ކޮޓަރި އެޕާޓްމެންޓެއް ނަގައިގެން އުޅޭ އަންހެނަކު ވަރަށް އަސަރާއެކު ބުންޏެވެ. އޭނާގެ ތިބީ ދެކުދީންނެވެ. މި ދެކުދީން ކިޔަވައި ނިމެންދެން މާލޭގައި އުޅެން މިވަނީ މަޖުބޫރުވެފައެވެ. ފިރިމީހާ ބުރަ މަސައްކަތްކޮށްގެން ވެސް ކުދިންނަށް ތަޢުލީމު ހޯދައި ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި ގައުމުގެ މުސްތަގުބަލަކީ ރަނގަޅު ތަޢުލީމު ލިބިގެން […]

ރާއްޖޭގެ ބައެއް އާސާރީ ބިނާތައް ނެތި ހިނގައިދާނެ ކަމުގެ ބިރު

ރާއްޖޭގެ އަސާރީ ބިނާތަކަކީ ފަތުރުވެރިންގެ ސިނާޢަތުގެ އެއްރުކުނެވެ. އެހެން ކަމުން ރާއްޖޭގެ އާސާރީ ބައެއް މިސްކިތްތަކާއި އަދި އެނޫންވެސް އާސާރީތަންތަން ބަލަހައްޓާން އެބަޖެހެއެވެ. ނަމަވެސް މިފަދަ ތަންތަން އެހެރަދަނީ ފަނާވަމުންނެވެ. މިސާލަކަށް 2008 ވަނަ އަހަރު އެކިރަށްރަށަށް މީހުން ބަދަލު ކުރެވިފައިވާ ގއ. ދިޔަދޫގައި މީގެ 500 އެއްހާ އަހަރު ކުރީގެ އާސާރީ މިސްކިތެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިދެންނެވި މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް މި މިސްކިތްވެސް އެދަނީ ވީރާނާ ވަމުންނެވެ. ވަރަށް […]

ހުޅުމާލޭގެ އޭޓީއެމްތަކުން ފައިސާ ހުސްވުމުގެ މައްސަލަ ވަރަށް ބޮޑު

ދޮޅުލައްކައެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ ހުޅުމާލޭގެ ދެ ފިޔަވަހީގައި ދިރިއުޅޭ އެންމެންވެސް ފައިސާ ނަގަނީ ހުޅުމާލެ އެއްވަނަ ފިޔަވަހީގައި ހުންނަ އޭޓީއެމް ތަކުންނެވެ. އެގޮތުން އެއްވަނަ ފިޔަވަހީގައި ހުންނަނީ ފައިސާ ނަގާ ފަސް މެޝިނާއި ޑޮލަރު ނަގާ އެއް މެޝިނެވެ. ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނަށްވުރެ ހުޅުމާލެ ސިޓީގައި ދިރިއުޅޭ ބިދޭސީން ވެސް މަދެއްނޫނެވެ. ކަންމިހެން ހުރުމާއެކު މިދެންނެވިހާ ކަސްޓަމަރުން އެންމެ ފަސްމެޝިނުންފައިސާގެ މުޢާމަލާތްތައް ކުރަން ޖެހިފައިވާއިރު މެޝިންތަކުން ފައިސާ ހުސްވެފައި ހުންނަ ވަގުތު ގިނަވަމުންދާތީ ކަސްޓަމަރުން ތިބެނީ […]

ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް އައުން ނިމުމަކަށް ގެންނަންޖެހޭ

ވޯޓު ގަނެގެން ރައްޔިތުންގެ މަޖިލީހަށާއި ގައުމުގެ ވެރިކަމަށް އައުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި އިޚުލާޞްތެރިކަމުގެ ގޮތުންނާއި ތެދުވެރިކަމުގެ ގޮތުން ކަމަށް އެކަށީގެން ނުވާ މީހުން ހޮވޭ ގޮތް އަންނަނީ މެދުވެރިވަމުންނެވެ. މި ސިސްޓަމަކީ ރަނގަޅު ސިސްޓަމެއްކަމަށް ގައުމާދޭތެރޭ ވިސްނާ ހެޔޮލަފާ އެއްވެސް ރައްޔިތަކު ގަބޫލު ކޮށްފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މި ނިޒާމަކީ މުޅިން ވެސް ގަޑުބަޑު ނިޒާމެއްކަމަށް ބަލަން އެބަޖެހެއެވެ. މި ނިޒާމުގެ […]