ސަރުކާރަށްވުރެ ރައްޔިތުންގެ ބާރު ގަދަވާނެ އޮނިގަނޑެއް އެކުލަވާލަން ޖެހޭ

ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އެހެން ކަމުން ވެރިކަން ދެމިއޮންނަންވާނީ ވެސް ރައްޔިތުން ބޭނުމިއްޔާއެވެ. މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ގޮތުން ރައްޔިތުން ރައީސަކު ހޮވައިދީ އެރައީސް މީހާ ވެރިކަމުގެ ހުވާކުރުމަށްފަހު ރައްޔިތުނަށް ގެއްލެއެވެ. ވެރިކަމަށް އައުމަށްފަހު ވެރިކަން ކުރަން ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތް ބަދަލުކުރެއެވެ. ރައްޔިތުންގެ މުދަލާއި ފައިސާއިން އިންތިހާއަށް ވައްކަން ކުރެއެވެ. ދައުލަތުގެ ތިންބާރު އެއްކޮށް ގާނޫނީ ވެރިކަން ކަފުން ކުރެއެވެ. އެހެން ކަމާއެކު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ސަރުކާރު […]
ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިފައިވާ ފުލެޓްތަކާއި ގޯތިތަކުގެ ލިސްޓަށް ބަދަލު ނުގެނެވޭނެ.

ކުރީގެ ސަރުކާރަކީވެސް ރާއްޖޭގެ ރައްޔިތުން ގާނޫނީ ހަމަތަކުގެ މަތީން ވޯޓުލައިގެން އެކުލަވާލާފައިވާ ރައްޔިތުންގެ ސަރުކާރެކެވެ. އެހެން ކަމާއިއެކު އެސަރުކާރުން ފަހިކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުންތައް ބަދަލު ކުރުމަކީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުރީގެ ސަރުކާރުން ހަދާފައިވާ ފުލެޓްތަކުގެ އެއްބަސް ވުމުގައި ބުނެވިފައިވާ ފަދައިން ފްލެޓްލިބޭ ފަރާތްތަކުން ފަހިކޯޕަރޭޝަނަށް ދައްކަން ހަމަޖެހިފައިވާ ކުށްޔަށްވެސް ބަދަލު ނުގެނެވޭނެއެވެ. އެ އެއްބަސް ވުމުގައި ވަނީ 3 ކޮޓަރީގެ އެޕާޓުމަންޓެއްގެ ކުށްޔަކީހަތްހާސް ރުފިޔާ ކަމަށާއި 2 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަކީ […]
އަބުރުކަތިލުމަކީ ކޮބާ

ދިވެހި ބަހުގައި އަބުރާބެހުން ކަމަށް މާނަކުރަނީ މީހަކު ނުކުރާކަމެއް ކުރިކަމަށް ބުނުމެވެ. އިސްލާމް ދީނުގައި އަބުރު ރައްކާތެތި ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. ކަންއޮތީ މިގޮތަށެވެ.އެެއްވެސް މުސްލިމަކު އަނެއްމުސްލިމް މީހާގެ މައްޗަށް ތުހުމަތުކޮށް ވާހަކައެއް ފަތުރާން ބޭނުންވެއްޖެ ނަމަ އެކަމުގެ ތެދު ދޮގުބަލައި ޔަގީން ކުރުމަށްފަހު ނޫނީ އެވާހަކަ ފަތުރައިގެން ނުވާނެއެވެ. ތެދެކެވެ! ކަން މިހެން އޮތްނަމަވެސް މުސްލިމަކު ފަރުދީގޮތުން ކުރާ ކުށަކާއި ސަރުކާރުގެ މަގާމެއްގައި ހުރިމީހަކު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ކުރާކުށާއި […]
ހަމަހަމަ ކަމާއެކު ރައްޔިތަކަށް މިގައުމުން އިންޞާފު ލިބިދާނެ ކަމަށް ގަބޫލުކުރަންތޯ

މިސަރުކާރުގެ އިސްމަގާމު ތަކުގައާއި މަޖިލިސްގެ މެން ބަރުންގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިން ތަޣައްޔަރުވެފައިވާ އެތަކެއް ބޭފުޅުން ތިބިކަމީ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހެނަސް އިމިގްރޭޝަން ކުރީގެ ވެރިޔާ ޝަންމާން ވަޙީދު ގެ މައްޗަށް ސާބިތު ނުހިފޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އެމަނިކުފާނު މިހާރުވެސް އެހުންނެވީ ޖަލުގައެވެ. އިންސާފަކީ އެއިރަކު ވެރިކަނުގައި ތިބި ބަޔެއްގެ ހެޔޮފުޅުކަމުން ބޭނުން ގޮތަކަށް ބޭނުން ބަޔަކަށް ދެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ. މިސަރުކާރުގެ ވެރިންގެ ތެރޭގައި މޯލްޑިވްސް ގޭސްގެ އެމްޑީ ޢަބުދު […]
ކުރީގެ މޭޔަރ މުޢިއްޒު ވިއްކެވި ޕާކިން ސޮލޮޓްތައް މިހާރުގެ ރައީސް މުޢިއްޒު ނަންގަވައިފި

މާލޭގެ މޭޔަރަކަށް ޑޮޓަރ މުޙައްމަދު މުޢިއްޒު ހުންވި ދުވަސްވަރު ގާނޫނައި ޚިލާފަށް ވިއްކާފައިވާ މާލޭގެ އެކި ސަރަޙައްދުތަޖުގައި ހަދާފައިވާ ޕާކިންސްލޮޓްތައް ރައީސުލް ޖުމްހޫރިއްޔާ މުޢިއްޒު އަތުލައްވައިފިއެވެ. މިހެންވުމުން ގިނަބަޔަކު ކިޔާނީ އެއީ ރިޝްވަތު ނަންގަވައިގެން ހިންގާފައިވާ ބޮޑު ކަރަޕްޝަން ގެ ޢަމަލެއް ކަމަށެވެ.ކުރީގެ މޭޔަރ މުޢިއްޒުވަނީ ޕާކިންގ ސޮލޮޓްތައް ވިއްކި މީހުންގެ އަތުން ރިޝްވަތުވެސް އަތުލައްވާފައިވާ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެން ކަމުން މޭޔަރ މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވާ މަގާމުގެ ނުފޫޒު ބޭނުންކޮށް […]
އަދުގެ ސަރުކާރުން މިކުރަނީ ހެޔޮވެރިކަމެއްތޯއެވެ؟

ރާއްޖޭގައި މިއަދު އޮތް ސަރުކާރު މިހިންގަނީ ލަނަކު ކަޅިހޫރާ ހެން ކަން ރައްޔިތުންނަށް ވިސްނޭ މިންވަރަށް މިސަރުކާރުގެ ޢަމަލް ތަކުން ރައްޔިތުންނަށް ޔަގީން ކުރެ ވިއްޖެއެވެ. އެއްވެސް މާސްޓަރ ޕްލޭނެއް ހަމައެއް އުޞޫލެއް އޮވެގެން ރައްޖޭގައި އެއްވެސް މަސައްކަތެއް މިސަރުކާރަކުން ނުކުރެއެވެ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ މި ސަރުކާރާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޒާތީ ތަޢައްޞުބެއް އޮވެގެނެއް ނޫނެވެ. ރައްޔިތުންގެ ތެރެއަށް ނުކުތުމުން އެބައިމީހުން ފާޅުކުރާ ޝޫޢޫރުތަކާއި ހިތްހަމަ ނުޖެހުންތައް ސަރުކާރާއި ޙިއްސާކުރުމަކީ ނޫންސްވެރިން ކުރަން ޖެހޭ ކަމަކަށް ވާތީ […]
ރައްޔިތުން ދެކެ ދެނެތިބީ މިވެރިކަމަކީ ދިވެހިންގެ މައްޗަށް ފޮނުއްވި އިލާހީ ރަޙުމަތެއް ކަމުގައެވެ.

ކުރީގެ ރައީސް ޔާމީނު ވިދާޅުވެފައިވާ ފަދައިން ދިވެހިރައްޔިތުން ހީކުރީ މިހިނދު ރާއްޖެއަށް އައިސްފައިވާ ވެރިކަމަކީ އިލާހީރަޙުމަތެއް ކަމުގައެވެ. އެހެން ހީވެދާނެ ތާއެވެ.މި ވެރިކަން ފެށުނު އިރުވެސް ގައުމުއޮތީ އިގުތިޞާދީ ގޮތުން ނޭވާ ހޮޅިއަށް އެޅިފައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެހެނަސް ރައީސް މީހާ ވަޢުދުވަމުން ގެންދެވީ އޭނާ އެހުރިހާ ދަތިކާމެދު ގައި އެއްވެސް ހާސް ކަމެއް ނެތްކަމަށެވެ. އެކިގައުމުތަކުން އެހީތެރި ކަމުގެ ކުލަ ކުލައިގެ ފެހި ސިގުނަލްތައް ލިބިފައިވާ ކަމަށެވެ.ޢަރަބިން ކައިގެން ތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެން […]
މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރު ކުރުމަކީ ގަނަތެޅުމެއް

23 ސެޕްޓެމްބަރުގައި މާލެއިން ހައްދުންމަތީ ގަމަށް ޑައިރެކްޓްކޮށް ހެނދުނު ސައިބޮއި ހަމަޖެހިލައިގެން ދެވޭ ގޮތަށް ދެކޮޅު ޓިކެޓް ނެގީމެވެ. ދެކޮޅުޓިކެޓަށް 2927 ރުފިޔާދައްކަން ޖެހުނެވެ.ފުރުން އޮތީ 27 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. ނަމަވެސް 26 ވަނަ ދުވަހުގެ ރޭ ފުލައިޓް ނައްޓާލާ ގަޑި އަވަސް ވެއްޖެކަމުގެ މެސެޖެއް ލިބުނެވެ. އެހެންކަމުން އަޅުގަނޑަށް ޖެހުނީ ކުދިވެރިންނާއި އަނބިދަރިން ގަދަނިދީގައި ތިއްބާ ހޭލައްވާ ފަތިސްނަމާދު ކޮށްގެން އެއަރޕޯޓަށްދާ ވާހަކަ ބުނާށެވެ.މީ ވޭން ކުޑަކަމެއް ނޫންތާއެވެ. މާލެއިން ހައްދުން […]
އަދީބަށް ކުރީގެ ރައީސް މަޢާފު ދެއްވީ ހެޔޮފުޅު ކަމުން ތޯއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލީހު، ރައީސް ޔާމީނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމާއި ނާއިބުރައީސްކަން ކުރެއްވީ އަހުމަދު އަދީބު އަށް މަޢާފު ދެއްވީ ހެޔޮފުޅު ކަމުން ތޯއެވެ. މާފުށީ ޖަލުގައި ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ އެތަކެއް ސަތޭކަ ދިވެހި ރައްޔިތުން އުޅެމުން އެބަދެއެވެ. ކަން މިހެން ހުރިނަމަވެސް މިދެންނިވިފަދަ ނިކަމެތި ރައްޔިތަކަށް މަޢާފު ދެއްވާފައެއް ނުވެއެވެ. ޓެރަރިޒަމް އާއި ޚިޔާނާތުގެ ޙުކުމްތަކެއް ގުނަމުންދިޔަ އަދީބް އަކީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ މައި ޑޮންއެވެ. ޝަރީއަތަށް ސާބިތުވެފައިވާ ބޮޑު […]
ޢިލްމީ ގާބިލް މުރުއްވަތްތެރި ތެދުވެރި ޒުވާނުންބާކީކޮށް ފަސްބައި ކިލާ ޢިލްމެއްނެތް މީހުން ދައުލަތް ހިންގަން ޙަވާލުކުރަން ހެޔޮނުވާނެ!

އާދޭހެވެ! ޒަމާން ބަދަލުވެ އެކިރޮގުތަކުން ޑޮކްޓަރޭޓު ކަމާއި މާސްޓަރ ކަމާއި ޑިގްރީ އާއި ޑިޕޮލަމާ ޙާޞިލް ކޮށްގެން ވަޒީފާތަކުގެ އިންތިޒާރުގައި ދުވަސްތައް ގުނަގުނާ ތިބި ރާއްޖޭގެ އެތަށްހާސް ޢިލްމީ ޒުވާނުން އެވަނީ ދައުލަތުގެ ވަޒީފާގެ ބާޒާރުގައި ސަރުކާރުން ބާކީކޮށްފައެވެ. ކަން މިހެން ހުރިއިރު މަދުރަސާއެއް ހުރި މަގަކުންވެސް ހިނގާފައިނުވާ ފަސްބައި ކިލާ މީހުން ތަކެއް އެވަނީ ދިވެހިރައްޔުތުން ވެރިކަން ކުރަން ޙަވާލުކުރި މި ސަރުކާރުގެ މައްޗަށް އަތްގަދަ ކޮށްފައެވެ. ގައުމު ހިފާފައެވެ. އެހެން ކަމާއެކު ފެންނަމުން ދަނީ […]