ބޮޑު ޗުއްޓީއާއެކު ބޮޑު ވިއްސާރަ

މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކިޔަވަމުން އައި ދަރިވަރުންގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ. މާލެއާއި ރަށްރަށުގެ ގިނަ ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ބުރާސްފަތި ދުވަހު ރިޕޯޓް ފޯމް ދީފައެވެ. ބޮޑު ޗުއްޓީއަށްފަހު އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ. ކުރިއަށް އޮތީ ބޮޑުވިއްސާރަ: މިހާރު ބޮޑު ޗުއްޓީ ހަމަޖައްސާފައިވާ ގޮތުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ވިއްސާރަ ދުވަސްވަރު ކަމަށްވާ ޖޫން ޖުލައި […]

ދައުރުގައި އިޖުތިމާއީ ގޮތުން ރާއްޖެ ހޯދި ކާމިޔާބެއް ނެތް

ރާއްޖޭގެ ރައްޔިތުން ސަރުކާރެއް އުފައްދަނީ ހަމައެކަނި ގެވަޅެއް ހޯދާކަށް ނޫނެވެ. އަދި ފުލެޓެއް ހޯދާކަށެއް ވެސް ނޫނެވެ. ރައްޔިތުން ސަރުކާރެއް އުފައްދަނީ ފުދުންތެރި, ރައްޔިތު މީހާ އަމާންކަމާއެކު ބިރަކާނުލައި ދިރިއުޅުމުގެ މަތިވެރި މަގުސަދުގައި މެއެވެ. އެހެނަސް ރާއްޖޭގައި ރައްޔިތު މީހާއަށް އެއްވެސް ރައްކާތެރި ކަމެއް ނެތެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އަމާންކަމެއް ނެތޭ ބުނެވިދާނެއެވެ. ރީތި އަންހެން ކުއްޖަކަށް ނުވަތަ ދެ ޖިންސުގެ ފުރާވަރު ކުދީންނަކަށް ރާއްކާތެރިކަމާއި އަމާންކަމާއެކު މަގުމަތީގައި ހިނގާބިގާވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ. […]

ވެރިކަން ހިންގަމުން ދަނީ ގޭންގަކުން ކަމަށް ރައްޔިތުން ތުހުމަތުކުރޭ

ގަސް މަރުވާނީ މުލާއެކު ގަސް ނެގީމައެވެ. މޫތަކާއެކު ގަސް ނުނަގައި އޮފި ބުރިކުރިޔަސް ގަސް މަރެއް ނުވާނެއެވެ. މިސަރުކާރުގެ ތެރެއިން ޙިމާޔަތް ލިބިގެން މަސަތުވާތަކެތީގެ ވިޔާރި ފުޅުާދާއިރާއެއްގައި ހިންގަނީ ގޭންގްތަކުން ކަމަށް އެއްބަޔަކު ތުހުމަތު ކުރާއިރު ޕޮލިހުންނަށް ގޭންގް ކުށްތަށް ހުއްޓުވުމަށް ވަނީ ހުރަސްތަކެއް ކުރިމަތި ވެފައެވެ. މިފަދަ ކުޑަ ގައުމެއްގެ ތެރޭގައި ކިޑްނެޕްކުރުން ވެސް މިވަނީ ފެށިފައެވެ. ހަމަ މިގޮތަށް ވައްކަން ކުރުން އާންމުވެފައިވާއިރު ގޭންތަކާ ގުޅިފައިވާ ފަރާތްތަކުން މިފަދަ މައްސަލަތައް ބަލަން ގާނޫތަކުން މަތިކޮށްފައި […]

ރިޝްވަތާއި ފަސާދަ މެކުހަށް 

ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަކީ މުސްލިމް ގައުމެކޭ ބުނެވޭ ވަރަށްވުރެ ހަރާމް ކަންކަން އިތުރުވެގެންދިޔަ 3 އަހަރު ކަމަށް ރައްޔިތުން އެ ދަނީ ބުނަމުންނެވެ. ނިމިދިޔަ ވެރިކަމަށްވުރެ ދެގުނަ އިތުރަށް މި ވެރިކަމުގައި ވައްކަމާއި ރިޝްވަތާއި ފަސާދަ އާންމު ކޮށްފި ކަމަށެވެ. އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް މިބަލި އާންމުވެ ފެތުރިފައިވާ ކަމަށެވެ. ުކަން މިހެން އޮތުމާއެކު މިފަދަ މައްސަލަތައް ބައްލަވާނެ ގާނޫނީ އެއްވެސް ޝަޚުސެއް ރިޝްވަތުގައި އަތް ނުލައްވައި ނެތް […]

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށްފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަަރުންގެ ތާއީދާއެކުގައެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދު 14:45 އާ ހަމައަށް […]

އަލުންބަލުން މާކެޓް: ބޭނުންކޮށްފައި ހުރި ތަކެތި ވިއްކައިގެން 20،000 ރުފިޔާގެ އާމްދަނީއެއް

އަލުންބަލުން ރީސޭލް މާކެޓަކީ ސޮނޭވާ ނަމޫނާާއާއި ބ.އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޯބަރު 2022 ވީ ދުވަހުގައި ބޭއްވުނު މާކެޓެކެވެ. މި ހަރަކާތް ފުޅާވަމުން އައިސް މިދިޔަ ހަފްތާގައި މި ހަރަކާތް ބާއްވާފައި ވަނީ ނ.އަތޮޅުގެ 6 ރަށެއްގައެވެ. ސޮނޭވާ ނަމޫނާއާއި ނ. އަތޮތޮޅުގެ 6 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީތަކާއި ގުޅިގެން އަލުންބަލުން ރީސޭލްކުރި މި ހަރަކާތް ބާއްވާފައިވާ ނ. އަތޮޅުގެ 6 ރަށަކީ މަގޫދޫ, ޅޮހި, ކުޑަފަރު, މާފަރު, ލަންދޫ އަދި ހޮޅުދޫއެވެ. […]

ރ.އަތޮޅު ދެކުނު ބިތަށް އިތުރުކުރެވޭ އެއާޕޯޓް ހަދާނީ ބެރިޔަންފަރުގައި: ރައީސް

ރ.އަތޮޅު ދެކުނު ބިތަށް އިތުރުކުރެވޭ އެއާޕޯޓް ހަދާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނުކުރައްވައިފިއެވެ. ރައީސް ޞާލިޙް މިކަން އިއުލާނު ކުރެއްވީޥއައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫއުތައް ނުހިނގާ ފަރަކުނުޖެހޭނެ ކަމަށާއި އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތައިލެވިގެން ނޫނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ […]

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބަޔަކު ކުރިމަތިލާފައިވަނިކޮށް އިއުލާނު ބާތިލުކޮށްފި

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބޭފުޅުންތަކެއް ކުރިމަތިލައްވާފައި ވަނިކޮށް އެ އިއުލާނު މިއަދު ބާާތިލު ކޮށްފިއެވެ. ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭ ްއެސްސީ) އިން ހުޅުވައިލި ފުރުސަތުގައި 25 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެކަމަކު ޖޭއެސްސީއިން މިއަދު ކުރި އިއުލާނުގައި ބުނީ ފެމިލީ ކޯޓަށް ގާޒީން ހޯދަން ކުރިން ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.  އަދި އެ އިއުލާނާ ގުޅިގެން ފެމިލީކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތައް ވެސް ބާތިލުކުރެވިފައިވާ […]

އެމްއާރުއެމަށް ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ ނުދިނަސް މައުމޫނުގެ ސިޔާސީ ހަޔާތް ނުނިމޭނެ

އެމްއާރުއެމަށް ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ ނުދެއްވިޔަސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސިޔާސީ ހަޔާތުގެ ބައްތިއެެއް ނުއްނިވޭނެއެވެ. ރައީސް މައުމޫނަކީ އަމިއްލަފުޅު ސިޔާސަތު ތަކެއް ގެންގުޅުއްވި ޒައީމެކެވެ. ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވީ ވެސް އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅުގެ ބޭނުންފުޅު ހިއްޕަވައިގެންނެވެ. ުރައީސް މައުމޫނުގެ އިސްލާހީ ހަރަކާތް ހިންގުމަށްޓަކައި ސިޔާސީ ތިން ޕާޓީއެއް އިލެކްޝަން ކޮމިޝަނުން ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ. ރައީސް މައުމޫންގެ ޒައާމަތުގައި އެމަނިކުފާނުގެ ހިކުމަތު އަމަލީ ބޭނުންފުޅު ކުރައްވައިގެން ރައްޔިތުން މަތަކުރެއްވިއެވެ. […]

ނަޝީދު ކޯފާވެއްޖެ: “ތި ގެންދަވަނީ މަސައްކަތަށް ހުރަސް އަޅުއްވަމުން“

ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުރުހުން ފާޅުކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ތިން ސުވާލަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބާ ގުޅިގެންނެވެ. ބޮންޑޭގެ ފުރަތަމަ ސުވާލު: މިފްކޯއިން ތައިލެންޑަށް ވިއްކާ ަގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ […]