އިންޑިއާގެ ގޯއާގެ ނައިޓްކްލަބެއްގައި އަލިފާންރޯވެ ޓުއަރިސްޓުން ހިމެނޭހެން 25 މީހުން މަރުވެއްޖެ

އިންޑިޔާގެ ގޯއާގެ މަގްބޫލް ނައިޓް ކްލަބެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މަރުވި މީހުންގެތެރޭގައި ޓުއަރިސްޓުން ހިމެނޭ އިރު ދެން ގިނައިން ހިމެނެނީ އެތަނުގެ މުވައްޒަފުން ކަމަށް ވެއެވެ. ހޮނިހިރު ދުވަހުގެރޭ ދަންވަރު 12 ޖަހާ އެހާކަންހާއިރު މިހާދިސާ ހިނގަން ދިމާވެފައިވަނީ ބަދިގޭގައި ބޭނުންކުރާ ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އަލިފާންގަނޑު ބޮޑަށް ފެތުރިފައިވަނީވެސް ބަދިގެޔާ ބަދިގެ ވަށައިގެންވާ ސަރަހައްދުތަކުގައި […]

ބާރުގަދަ ސައިކްލޯން އާއި ގުޅިގެން ސްރީލަންކާގައި ވޮލަންޓިއަރ ކުރުމުގެ ރޫހެއް ފެށިގެން ކުރިޔަށް ދަނީ

ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާން ޑިޓުވާ ގެ ސަބަބުން ބޮޑެތި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ހާލުގައި ޖެހުނު މީހުން ނަށް އެހީވުމުގެ ރޫހެއް އެގައުމުގައި ފެތުރިފައިވާކަމަށް ޚަބަރުލިބެއެވެ. މިގޮތުން ތޫފާނުގެ އަސަރު ނުކުރާ ހިސާބުތަކުން އެތައް ހާސް މީހުން އެހީގެ މަރުކަޒުތަކަށް ޖަމާވެ އެހީގެ މަސައްކަތުގައި ވޮލަންޓިއަރ ކުރަމުން ދާއިރު ތަކެތި ފޮނުވުމުގެ ރޫހެއްވެސް ފެށިފައިވާ ކަމަށް ވެއެވެ. އެހީވާން ނިކުމެފައިވާ މީހުންގެ ތެރޭގައި ސްރީލަންކާގެ އެކިއެކި މަޝްހޫރު ފަރާތްތައްވެސް […]

ސްރީލަންކާއަށް މިކުރިމަތިވީ މުޅި ތާރީޚްގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ: އަނުރާ ކުމާރަ ޑިސަނާޔަކަ

ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ ގުދްރަތީ ކާރިސާ އަކީ އެގައުމުގެ މުޅި ތާރީޚްގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ކަމުގައި އެގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ. ރައިސް އަނުރާ ވިދާޅުވީ މިކަމުން އަރައިގަތުމަށްޓަކާ ހުރިހާ ޔުޓިލިޓީ ކުންފުނިތަކާ ސަރުކާރުގެ އިސް އިދާރާތައް ގުޅިގެން ބާރަށް މަސައްކަތް ކުރަމުންދާކަމަށާ ވަރަށް ކުޑަމުއްދަތެއްގެތެރޭގައި މިކަމުން އަރައިގަތުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޑިސަނާޔަކަ ވިދާޅުވީ ލިބިފައިވާ ގެއްލުން ބޮޑުކަމުން އަލުން އާރާސްތު ކުރުމަށް ހިނގާނެ ޚަރަދު މިވަގުތު އަންދާޒާ […]

އިމްރާން ޚާން ދިރިހުންނެވިކަމުގެ ހެކި ހާމަކުރުމަށް ދަރިކަލުން ގޮވާލައްވައިފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމުގެ އަޑުތައް ބާރަށް ފެތުރެމުންދާއިރު، އިމްރާން ދިރި އެބަ ހުންނެވިކަމުގެ ހެކި އަވަހަށް ހާމަ ކުރުމަށް އިމްރާންގެ ދަރިކަލުން ކާސިމް ޚާން ޕާކިސްތާން ސަރުކާރަށް ގޮވާލައްވައިފިއެވެ. އަދި މިކަމުގައި އިންޓަރނޭޝަނަލް ފަރާތްތަކުންވެސް ”އަރޖަންޓްކޮށް“ ކަމެއް ކޮށް ދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ. އިމްރާން ޚާން ގެ އާއިލާއިންބުނެފައިވަނީ ފާއިތުވި ހަ ހަފްތާގައިވެސް އާއިލާއަށް ވެސް އަދި ގާނޫނީ ވަކީލުންނަށްވެސް އިމްރާން އާއި ބައްދަލް ކުރުމުގެ ފުރުސަތު ދީފައިނުވާކަމުގައެވެ. އަނެއްކޮޅުން […]

ސްރީލަންކާއަށް ވަރަށް ބޮޑަށް މޫސުންގޯސްވެ، ދިމާވި ހާދިސާތަކުގައި 56 މީހުން މަރުވެއްޖެ

ސްރީލަންކާ އަށް ވަރަށް ބޯކޮން ވާރޭވެހި ގިނަ ހިސާބުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ދިމާވި ހާދިސާތަކުގައި 56 މީހުން މަރުވެއްޖެއެވެ. ނިމުނު ހަފްތާގައި އެގައުމަށް މޫސުން ވަރަށް ގޯސްވެފައިވާއިރު،ފަރުބަދަމަތީގެ ހިސަބުތަކުގައި ބޮޑުވިފެންގަނޑު ކިސަޑާއެކު ދެމިގެންގޮސްފައިވާއިރު މީހުންގެ ގެދޮރާއި ފިހާރަތަކަށްވެސް ބޮޑެތި ގެއްލުން ވެފައިވެއެވެ. މިފަހަރުގެ މޫސުމީ ކާރިސާއަކީ ފަހުގެ އަހަރުތަކުގައި ކުރިމަތިވި އެންމެ ގެއްލުންދެނިވި ކާރިސާކަމަށް ހަބަރުލިބެއެވެ. 56މީހުން މަރުވިކަން ޔަގީންވެފައިވާއިރު 21 މީހުން ވަނީ ވީނުވީއެއްނޭނގި ގެއްލިފައެވެ. އެންމެ ގިނަމީހުން މަރުވެފައިވަނީ ފަރުބަދަމަތީގެ ޑިސްޓްރިކްޓެއް ކަމަށްވާ […]

ހޮންގކޮންގގެ ހައުސިންގ ޓަވަރުތަކެއްގައި އަލިފާންރޯވެ 55 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހޮންގކޮންގގެ ތައިޕޯ ޑިސްޓްރިކްޓްގެ ހައުސިންގ ޓަވަރުތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުން 55 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. 51 އެއްމީހުން ސީދާ ސީންގައި މަރުވެފައިވާއިރު 3 މީހުން މަރުވެފައިވަނީ ހޮސްޕިޓަލް އަށް ގެންދިޔަ ފަހުންނެވެ.އަދި ފަޔާފައިޓަރުންގެ އެކަކުވެސް މަރުވެފައި ވެއެވެ. އަދިވެސް ބައެއް ޓަވަރުތަކުގައި އަލިފާން އަނދަމުންދާއިރު، އަދިވެސް 270 މީހުންނަށް ވީނުވީ ގޮތެއް ނޭގޭ ކަމަށް ޚަބަރުލިބެއެވެ. ބުރާސަފަތިދުވަހުގެ ހެދުނު އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާންރޯވި ހަތް ޓަވަރުގެ ތެރެއިން ހަތަރު ޓަވަރުގެ […]

އިމްރާން ޚާން ޖަލުގައި އަވަހާރަވެއްޖެ ކަމަށް އަޑުއިވޭ، އާއިލާއިން ބުނަނީ ބައްދަލު ނުކުރެވޭ ކަމަށް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމަށް އަޑުފެތުރެމުންދާއިރު، ކުރިޔަށް އޮތް އެއްމަސްދުވަހު އިމްރާން ޚާންއާއި އެއްވެސް ފަރާތަކުން ބައްދަލު ނުކުރެވޭނެ ކަމަށް ޕާކިސްތާން ސަރުކާރުން އަންގައިފިއެވެ. އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމަށާ އަދި ހަށިގަނޑު ސިއްރުން ޖަލުން ނެރެގެން ގެންދިޔަތަން ދުށް ބަޔަކުވެސް އެބަތިބިކަމަށް ސޯޝަލްމީޑިޔާ ގައި އަޑުފެތުރެމުން ދިއުމާއިއެކު ރާވަލްޕިންޑީގެ ޖަލުގެ ބޭރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވުމާއި ގުޅިގެން ފުލުހުން ވަނީ ނުބައްދަލް ބާރު ބޭނުންކޮށް އާންމުންނަށް އަނިޔާ […]

300 އަހަރުތެރޭވެސް ނުވެހޭވަރަށް ތައިލަންޑަށް ވާރޭވެހި ބޮޑު ހިސާބުތަކެއްގައި ފެންބޮޑުވެއްޖެ

ފާއިތުވި ތިންސަތޭކަ އަހަރުތެރޭވެސް ނުވެހޭ ވަރަށް ތައިލަންޑްގެ ބައެއް ހިސާބު ތަކަށް ވާރޭވެހި ބޮޑު ހިސާބުތަކެއްގައި ފެންބޮޑުވެ، ކުރިމަތިވި އެކި ހާދިސާތަކުގައި 33 މީހުން މަރުވެއްޖެއެވެ. ރަށުތެރޭގެ ހާލަތު ގޯސްވެފައިވާ ވަރުން ސަރުކާރުންވަނީ އެހީގެ މަސައްކަތަށް ސަޕޯޓް ދިނުމަށް ގިނައަދަދެއްގެ ސިފައިންގެ އިތުރުން މިލިޓަރީ މަނަވަރުތަކާއި ހެލިކޮޕްޓަރުތައްވެސް ނެރެފައެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެތެރޭގައިވެސް ތައިލަންދަށް މޫސުން ގޯސްވެފައިވާއިރު ދެކުނުގެ ދިހަވަރަކަށް ޕްރޮވިންސަށް ފެނުގެ އސަރު ވަރަށް ބޮޑަށް ކޮށްފައި ވެއެވެ. އަދި މެލޭޝިޔާ އާއި އިންވެގެން އޮންނަ […]

ނޮވެމްބަރު 18ވަނަ ދުވަހު އެލަސްކާއަށް އިރުއޮއްސުނު ގޮތަށް ދެން އިރުއަރާނީ ޖެނުއަރީ 23 ގައި!!   

އެމެރިކާގެ އެންމެ ހުޅަގު އުތުރު ސްޓޭޓްގެ ގޮތުގައި އޮންނަ އެލަސްކާ އަށް މިވަގުތުވަނީ 66 ދުވަހުގެ ދިގު ރޭގަނޑެއް އައިސްފައެވެ. ނޮވެމްބަރު 18ވަނަ ދުވަހު އެލަސްކާއަށް އިރުއޮއްސުނު ގޮތަށް ދެން އިރުއަރާނީ  ޖެނުއަރީ 23 ގައިކަމަށް ވެއެވެ. މީގެ މާނަޔަކީ 66 ދުވަސް ވަންދެން އެލަސްކާ އޮންނާނީ އަނދިރި ކަމުގެތެރޭގައެވެ. މިއީ ”ޕޯލާ ނައިޓްސް“ގެ ނަމުން ނަންދީފައިވާ ގުދްރަތީ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. ”ޕޯލާ ނައިޓްސް“ ކުރިމަތިވަނީ ދުނިޔެ އެނބުރެމުންދާއިރު ”އާކްޓިކް ސަރކަލް“ ސަރަހައްދަށް ކަނޑުގެ […]

ދުނިޔޭގެ މަޝްހޫރު މަހުޖަނު ސަރ ރިޗްރޑް ބްރެންސަންގެ އަންހެނުން މަރުވެއްޖެ

ދުނިޔެއަށް މަޝްހޫރު މަހުޖަނު ސަރ ރިޗްރޑް ބްރެންސަންގެ އަންހެނުން ޖޯން ބްރެންސަން މަރުވެއްޖެ ކަމަށް ބްރެންސަން ބުނެފިއެވެ. ޖޯން ބްރެންސަންގެ އުމުރަކީ 80 އަހަރެވެ.   (Joan) ޖޯން ބްރެންސަން އާއި ރިޗްރްޑް ބްރެންސަން ކައިވެނި ކޮށްފައިވަނީ 1989ވަނަ އަހަރުއެވެ.އަދި އެދެމީހުންގެ ތިން ދަރިންނާއި ފަސް ކާފަ/މާމަ ދަރިން އެބަތިއްބެވެ. ލޯބިވާ އަނބިމީހާ މަރުވިކަން އުމުރުން 75 އަހަރުގެ ރިޗަރޑް ބްރެންސަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް ފޯސްޓެއްގައެވެ. 50 އަހަރުވަންދެން އިނދެގެން އުޅުނު ނުހަނު ލޯބިވާ އަނބިމީހާ މަރުވުމާއި […]