މުޒާހަރާކުރި ފަރާތްތަކުން ދީފައިވާ ގެއްލުން ބެއްލެވުމަށްފަހު ޝެއިޚް ހަސީނާ ކީރިތި ކުރައްވައިފި

ބަންގްލާދޭޝްގައި ނިމުނު ހަފްތާގައި ކުރިޔަށް ދިޔަ މުޒާހަރާ ތައް ކުރި ފަރާތްތަކުން އެގައުމުގެ މެޓްރޯ ސްޓޭޝަން އަށް ދީފައިފައިވާ ގެއްލުން ބެއްލެވުމަށްފަހު ބޮޑުވަޒީރު ޝެއިޚު ހަސީނާ ކީރިތި ކުރައްވައިފިއެވެ. ވަޒީފާގެ ކޯޓާ ގެންގުޅޭ މައްސަލައިގައި ޔުނިވަރސިޓީ ކުދިން ފެށިމުޒާހަރާތައް މަތަކުރުމަށް ކަމަށްބުނެ ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން މުޒާހަރާތައް ހޫނުވެ އަދި ފުޅާވެގެން ދިޔައެވެ. އެގޮތުން ހިނގި އެކި ކުރިމަތިލުން ތަކުގައި މަދުވެގެން 150 މީހުން ވަނީ މަރުވެފައެވެ. މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ވެހިކަލްތަކާ […]
އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެ

މައިނެއް ކޮނުމުގެ މަސައްކަތުގައި އުޅުނު އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެއެވެ. 19.22ކެރެޓްގެ ބަރުދަންހުރި ޑައިމަންޑުގެ އަގު އިންޑިޔާގެ 8މިލިއަން ރުޕީސް ނުވަތަ 95،570 ޑޮލަރަށް އަރައެވެ. ޑައިމަންޑް ފެނުނު ރާޖޫ ގައުންޑް ބުނި ގޮތުގައި މިކަމަށް އެދިގެން އޭނާ މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނަ ކުރާކަމަކީ ފަސްގަނޑުގައި ޑައިމަންޑް ގިނަކަމަށް މަޝްހޫރު ޕަންނާ ސިޓީ ކިޔާ ހިސާބުން ޑައިމަންޑަށް ކޮނުމަށްޓަކައި ބިން ކުއްޔަށް ނަގަނީ […]
1000 އެއްހައި ޖާސޫސުން އޮލިމްޕިކްސް ކުޅިވަރުތަކަށް ނާދެވޭގޮތައް ބޭރުކޮށްލާފައިވާ ކަމަށް ފްރާންސުން ބުނެފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތްކަމުގައިވާ، އޮލިމްޕިކްސް 2024 ގައި ބޭރުގެ ފަރާތްތަކަށް ޖާސޫސްކޮށްދޭކަމަށް ގަބޫލުކުރެވޭ 1000 އެއްހައި މީހުން އަނބުރައި ނާދެވޭގޮތަށް ބޭރުކޮށްލާފައި ވާނެ ކަމަށް ކުޅިވަރުތައް ފެށުމުގެ ތިންދުވަސް ކުރިން ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ޖެރަލްޑް ޑަރމާނިން ބުނެފިއެވެ. 2024 ވަނަ އަހަރު އޮލިމްޕިކް ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ޕެރިސް ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ރައްކާތެރި ތަަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ މިއީއެވެ. […]
ސަރުކާރުން އޭނަ މަރުވިކަމަށް ނިންމުމުން ދިރިހުރިކަން ދެއްކުމަށް ޖަރީމާ އެއް ހިންގައިފި

ސަރުކާރުގެ އިދާރާ ތަކުން ލިޔެކިއުމުން އޭނާ ”މަރާލި“ ހަމައިން މުޖްރިމަކު އުފަން ވިއެވެ. އިންޑިޔާގެ ރައްޔިތެއްކަމަށްވާ ބާބޫރާމް ބިލް އަކީ މަރުވެފައިވާ މީހެއް ކަމަށް ނިންމާ ސަރުކާރުން އޭނާގެ މަރުގެ ސެޓްފިކެޓް ހެދިއެވެ.މި ނިންމުން ބަދަލު ކޮށް، އޭނާ ދިރި އެބަހުރިކަން ސާބިތުކޮށް ދިނުމަށް ބާބޫރާމް އެކި އިދާރާތަކަށް ހިނގާ މަސައްކަތް ކޮށްކޮށް ވަރުބަލިވި އިރުވެސް އެކަން ވާގޮތް ނުވި ކަމަށް ވެއެވެ. އެންމެ ފަހުން ބާބޫ ރާމް ނިންމީ ކުށެއް ކުރުމަށެވެ. ނުވަތަ ބޮޑު ޖަރީމާއެއް […]
ބާރުގަދަ ތޫފާން ”ގެމީ“ އާއިގުޅިގެން މެނީލާ އަދި ތައިވާންގެ ބޮޑުބައެއް ފެނުއަޑީގައި

ބާރުގަދަ ތޫފާން ”ގެމީ“ އާއި ގުޅިގެން ބޯކޮށް ވާރޭވެހި ފިލިޕީންސްގެ ވެރިރަށް މެނީލާގެ ބޮޑުބައެއްގައި ބުރާސްފަތިދުވަހު ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ތޫފާނުގެ ގަދަ ވައިގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވާއިރު، ބޭރަށް ނިކުމެވޭނެ ގޮތެއްނެތި ގިނަ ބަޔަކު ވަނީ އެކި ތަންތާ ބަންދު ވެފައެވެ. ފެންބޮޑުވި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 13 މީހުން މަރުވެފައިވާއިރު،ހަލައްކައެއްހާ މީހުން އެކިތަންތަނަށް ގެންދެވި ނުވަތަ އަމިއްލަޔަށް ބަދަލުވެފައިވާ ކަމަށް ޑިޒާސްޓަރ ރިލީފް […]
ނޭޕާލްގައި އިއްޔެ ހިނގި މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާގައި ޕައިލެޓް ސަލާމަތްވި

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫ އެއާޕޯޓްގައި އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ގައި ބޯޓުގެ ޕައިލެޓް ވަނީ ސަލާމަތް ވެފައެވެ. ބޯޓު ވެއްޓި 18 މީހުން މަރުވެފައި ވާއިރު، ޕައިލެޓް ސަލާމަތްވީ ބޯޓުވެއްޓުމުގެ ކުރިން ބޯޓުގެ ކޮކްޕިޓް ނުވަތަ ޕައިލެޓުން ތިބޭ ބަޔާ ބޯޓުގެ މައި ބޮޑީ އާއި ވަކިވުމުގެ ސަބަބުން ކަމަށް ވެއެވެ. ބޯޓުގެ މައި ބޮޑީ ވެއްޓުނީވެސް ރޯވެގެން ކަމަށްވާއިރު ދުރަށް ވެއްޓިފައިވާ ކޮކްޕިޓްގައި ރޯނުވާ ކަމަށް ވެއެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންނަށް […]
ބައިޑަން ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފި

އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެމްޕެއިން ކުރައްވަމުން ވަޑައިގެންނެވި މިހާރުގެ ރައީސް ޖޯ ބައިޑަން، ކުއްލި ނިންމެވުމަކަށްފަހު ރޭހުން ވަކިވެ ވަޑައިގެންފިއެވެ. އަދި ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނާއިބް ރައީސް ކަމަލާ ހެރިސް އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ. މި ނިންމެވުމާއި ގުޅިގެން އުމުރުފުޅުން 81 އަހަރުގެ ބައިޑަން ނެރުއްލި ބަޔާނުގައި ލިއުއްވާފައިވާ ގޮތުގައި ގައުމަށް ޚިދުމަތް ކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ލިއުއްވާފައި ވެއެވެ. އަދި މި […]
ބަންގްލާދޭޝް ގައި ގެންގުޅުނު ވަޒީފާގެ ކޯޓާ ސިސްޓަމް ކޯޓުން އުވާލައިފި

ބަންގްލާދޭޝްގައި ސަރުކާރު ވަޒީފާގެ ވަކި އިންސައްތައެއް ރިޒާވް ކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އެ ގައުމުގެ ސުޕްރީމް ކޯޓުން ކޯޓާ ސިސްޓަމް އުވާލައިފިއެވެ. ސުޕްރީމް ކޯޓުން މިކަމަށް ގޮތެއް ނިންމާފައިވަނީ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ކިޔަވާ ކުދިން ފެށި މުޒާހަރާ ފުޅާވެގެންގޮސް މުޅިގައުމުގައި ހަމަނުޖެހުން އާންމުވެ، ބައެއް ހިސާބުތަކުގައި ހުޅުޖަހާ، ސަތޭކައަށްވުރެގިނަ މީހުން މަރުވެފައި ވަނިކޮށެވެ. ބަންގްލާދޭޝްގައި ކުރިން އޮންނަ ގޮތުން ސަރުކާރު ވަޒީފާ ތަކުގެ ތިންބައިކުޅައެއްބައި ބަހައްޓަނީ ޕާކިސްތާންގެ ކިބައިން މިނިވަން ވުމަށް 1971 […]
އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފި

ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އިކުއެޑޯގައި ކުރެވުނު ހައިރާން ކުރުވަނިވި އޮޕަރޭޝަނަކަށްފަހު އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފިއެވެ. އުމުރުން 24 އަހަރުގެ އަންހެންމީހާގެ ބަނޑުން ނެގި އިސްތަށިގުޅައިގެ ބަރުދަނުއި 907 ގަރާމް ހުރިއިރު ބޮޑުމިނުގައި 16 ވަރަކަށް އިންޗި ހުރި ކަމަށް ވެއެވެ. އިސްތަށިގުޅަ ބޮޑު ކަމުން ބަނޑުގެ ބޭރުން އަތްލުމުންވެސް އެފަދަ އެއްޗެއް އޮތްކަން އިނގޭ ކަމަށް ވެއެވެ. އިސްތަށިގުޅަ ހިމަ ގޮހޮރަށް ދާން ފަށާފައިވީނަމަވެސް 45 މިނިޓްގެ އޮޕަރޭޝަން އަކަށް ފަހު ޑޮކްޓަރުން […]
ސެޓަލައިޓެއް ލޯންޗް ކުރުމަށާ ޗާގޯސް މައްސަލައިގައި އިންޑިޔާއިން މޮރިޝަސްއަށް އެހީވަނީ

މޮރިޝަސް އިން ސެޓަލައިޓެއް ލޯންޗް ކުރުމަށް އެހީވާނެކަން އިންޑިޔާއިން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއާސް މިނިސްޓަރ ޑޮކްޓަރ އެސް ޖައިޝަންކަރު އެގައުމަށް ކުރެއްވި ދަތުރު ފުޅެއްގައެވެ. މިޕްރޮޖެކްޓްގެ ޕްލޭނިންގ ޑޮކިއުމަންޓް ގައި މިހާރު އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އައި.އެސް.އާރު.އޯ) އާއި މޮރިޝަސްގެ ސްޕޭސްއާބެހޭ އިދާރާ އާއި ދެމެދު ސޮއިކޮށްފައިވާކަން ވެސް ވަނީ ހާމަ ވެފައެވެ. މިކަން ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނޯތުވެސް ކަށަވަރު ކޮށްދެއްވާފައެވެ. އައު ސެޓަލައިޓްގެ […]