ނޭޕާލްގައި އިއްޔެ ހިނގި މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާގައި ޕައިލެޓް ސަލާމަތްވި

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫ އެއާޕޯޓްގައި އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ގައި ބޯޓުގެ ޕައިލެޓް ވަނީ ސަލާމަތް ވެފައެވެ. ބޯޓު ވެއްޓި 18 މީހުން މަރުވެފައި ވާއިރު، ޕައިލެޓް ސަލާމަތްވީ ބޯޓުވެއްޓުމުގެ ކުރިން ބޯޓުގެ ކޮކްޕިޓް ނުވަތަ ޕައިލެޓުން ތިބޭ ބަޔާ ބޯޓުގެ މައި ބޮޑީ އާއި ވަކިވުމުގެ ސަބަބުން ކަމަށް ވެއެވެ. ބޯޓުގެ މައި ބޮޑީ ވެއްޓުނީވެސް ރޯވެގެން ކަމަށްވާއިރު ދުރަށް ވެއްޓިފައިވާ ކޮކްޕިޓްގައި ރޯނުވާ ކަމަށް ވެއެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންނަށް […]

ބައިޑަން ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފި

އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެމްޕެއިން ކުރައްވަމުން ވަޑައިގެންނެވި މިހާރުގެ ރައީސް ޖޯ ބައިޑަން، ކުއްލި ނިންމެވުމަކަށްފަހު ރޭހުން ވަކިވެ ވަޑައިގެންފިއެވެ. އަދި ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނާއިބް ރައީސް ކަމަލާ ހެރިސް އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ. މި ނިންމެވުމާއި ގުޅިގެން އުމުރުފުޅުން 81 އަހަރުގެ ބައިޑަން ނެރުއްލި ބަޔާނުގައި ލިއުއްވާފައިވާ ގޮތުގައި ގައުމަށް ޚިދުމަތް ކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ލިއުއްވާފައި ވެއެވެ. އަދި މި […]

ބަންގްލާދޭޝް ގައި ގެންގުޅުނު ވަޒީފާގެ ކޯޓާ ސިސްޓަމް ކޯޓުން އުވާލައިފި

ބަންގްލާދޭޝްގައި ސަރުކާރު ވަޒީފާގެ ވަކި އިންސައްތައެއް ރިޒާވް ކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އެ ގައުމުގެ ސުޕްރީމް ކޯޓުން ކޯޓާ ސިސްޓަމް އުވާލައިފިއެވެ. ސުޕްރީމް ކޯޓުން މިކަމަށް ގޮތެއް ނިންމާފައިވަނީ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ކިޔަވާ ކުދިން ފެށި މުޒާހަރާ ފުޅާވެގެންގޮސް މުޅިގައުމުގައި ހަމަނުޖެހުން އާންމުވެ، ބައެއް ހިސާބުތަކުގައި ހުޅުޖަހާ، ސަތޭކައަށްވުރެގިނަ މީހުން މަރުވެފައި ވަނިކޮށެވެ. ބަންގްލާދޭޝްގައި ކުރިން އޮންނަ ގޮތުން ސަރުކާރު ވަޒީފާ ތަކުގެ ތިންބައިކުޅައެއްބައި ބަހައްޓަނީ ޕާކިސްތާންގެ ކިބައިން މިނިވަން ވުމަށް 1971 […]

އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފި

ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އިކުއެޑޯގައި ކުރެވުނު ހައިރާން ކުރުވަނިވި އޮޕަރޭޝަނަކަށްފަހު އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފިއެވެ. އުމުރުން 24 އަހަރުގެ އަންހެންމީހާގެ ބަނޑުން ނެގި އިސްތަށިގުޅައިގެ ބަރުދަނުއި 907 ގަރާމް ހުރިއިރު ބޮޑުމިނުގައި 16 ވަރަކަށް އިންޗި ހުރި ކަމަށް ވެއެވެ. އިސްތަށިގުޅަ ބޮޑު ކަމުން ބަނޑުގެ ބޭރުން އަތްލުމުންވެސް އެފަދަ އެއްޗެއް އޮތްކަން އިނގޭ ކަމަށް ވެއެވެ. އިސްތަށިގުޅަ ހިމަ ގޮހޮރަށް ދާން ފަށާފައިވީނަމަވެސް 45 މިނިޓްގެ އޮޕަރޭޝަން އަކަށް ފަހު ޑޮކްޓަރުން […]

ސެޓަލައިޓެއް ލޯންޗް ކުރުމަށާ ޗާގޯސް މައްސަލައިގައި އިންޑިޔާއިން މޮރިޝަސްއަށް އެހީވަނީ

މޮރިޝަސް އިން ސެޓަލައިޓެއް ލޯންޗް ކުރުމަށް އެހީވާނެކަން އިންޑިޔާއިން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއާސް މިނިސްޓަރ ޑޮކްޓަރ އެސް ޖައިޝަންކަރު އެގައުމަށް ކުރެއްވި ދަތުރު ފުޅެއްގައެވެ. މިޕްރޮޖެކްޓްގެ ޕްލޭނިންގ ޑޮކިއުމަންޓް ގައި މިހާރު އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އައި.އެސް.އާރު.އޯ) އާއި މޮރިޝަސްގެ ސްޕޭސްއާބެހޭ އިދާރާ އާއި ދެމެދު ސޮއިކޮށްފައިވާކަން ވެސް ވަނީ ހާމަ ވެފައެވެ. މިކަން ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނޯތުވެސް   ކަށަވަރު ކޮށްދެއްވާފައެވެ. އައު ސެޓަލައިޓްގެ […]

ޑޮނަލްޑް ޓްރަމްޕްގެ ރަނިންގ މޭޓް އިއުލާން ކުރައްވައިފި

އެމެރިކާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ކުރިމަތި ލައްވާފައިވާ ޑޮނަލްޑް ޓްރަމްޕް އޭނާގެ ރަނިންގ މޭޓްގެ ނަން އިއުލާން ކުރައްވައިފިއެވެ. ޓްރަމްޕްގެ ރަނިންމޭޓްގެ ނަން އިއުލާން ކުރައްވާފައިވަނީ މިހާރު ކުރިޔަށްދާ ރިޕަބްލިކަންޕާޓީ ގެ ކޮންވެންޝަންގައެވެ. އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ލިއުއްވަމުން ޓްރަމްޕް އިއުލާން ކުރައްވާފައިވާ ގޮތުގައި މަގާމަށް ކުފޫހަމަވާ އެތައް ބައެއްގެ މަސައްކަތާ ކާމިޔާބީ އާމެދު ވިސްނެވުމަށްފަހު އެންމެ އެކަށީގެންވާ ކަމަށް ނިންމެވީ އޮހައިއޯ ސްޓޭޓް ގެ ސެނެޓަރ ޖޭ.ޑީ ވޭންސް ކަމަށެވެ. ދެ […]

ނަތަންޔާހޫ އިސްތިއުފާދެއްވަން ފެންނަ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފި

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމަ މިހާރު، ނޫންނަމަ ހަނގުރާމަ ނިމުމާއިއެކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފިއެވެ. ޗެނަލް 12 ނިއުސް އިން ހެދި ޚިޔާލު ހޯދުމުގެ ޕޯލް އަކުން ދައްކާފައިވާ ގޮތުގައި ނަތަންޔާހޫ މިހާރުން މިހާރަށް އިސްތިއުފާދެއްވަން ފެންނަ ކަމަށް ޕޯލްގައި ބައިވެރިވި މީހުންގެ 44 އިންސައްތަ މީހުން ބުނެފައިވާއިރު، މިހާރު ކުރިޔަށް ދާ ހަނގުރާމަ ނިމުމާއިއެކު އިސްތުއުފާދެއްވަން ފެންނަ ކަމަށް 28 އިންސައްތަ މީހުން ބުނެފައި ވެއެވެ. އެހެންކަމުން […]

ޓްރަމްޕްއަށް ހަމަލާދިނީ އަމިއްލަ ޕާޓީ އަށް ނިސްބަތްވާ މީހެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ރާއްޖޭ ގަޑިން މިއަދު ފަތިހު (އެތާގަޑިން ހޮނިހިރު ދުވަހު ހަވީރު) ބަޑިން ހަމަލާދީފައިވާއިރު، ހަމަލާދިން މީހާ މީހާރުވަނީ އެފްބީއައި އިން ދެނެގަނެފައެވެ. މި ހަމަލާދީފައިވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ،އުމުރުން 20 އަހަރުގެ ތޮމަސް މެތިއު ކްރޫކްސް ކިޔާ މީހެކެވެ.އޭނާގެ ނަން ފުރަތަމަ އެފްބީއައި އިން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓް ތަކުގައި ނަން ހާމަ ކުރަން ފެށުމުން އެފްބީއައި އިންވެސް ވަނީ […]

ޑޮނަލްޑް ޓްރަމްޕް އަށް މީހަކު ބަޑިން ހަމަލާ ދީފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ހަމަލާ ދީފިއެވެ. މިކަން ހިނގާފައިވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގައި ޓްރަމްޕްގެ ޕާޓީން ބޭއްވި ކެމްޕެއިން އެއްވުމެއްގައި އެތާގަޑިން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ހަމަލާ އަށްފަހު ޓްރަމްޕްގެ ކަންފަތް ކައިރިން ލޭއަންނަތަން ފެނެއެވެ.ނަމަވެސް ޓްރަމްޕް އަށް އިތުރު މާބޮޑު ގެއްލުމެއް ނުވެއެވެ. ހަމަލާ ދީފައިވަނީ އިވެންޓް އޮތްތަނާ ކައިރީގައިވާ އިމާރާތަކުން ކަމަށް ސީކްރެޓްސަރވިސް އިން ވަނީ ބުނެފައެވެ. އަދި ހަމަލާ ދިން މީހާވަނީ ސީކްރެޓް ސަރވިސް އިން މަރާލާފައެވެ. ޓްރަމްޕް […]

އިމްރާން ޚާންގެ ޕާޓީ އަލުން ވުޖޫދުކޮށް މަޖިލީހުން ގޮނޑިދޭން ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ ޕާޓީ ޕީޓީއައި އަލުން ވުޖޫދުކޮށް އެޕާޓީ އަށް މަޖިލީހުން ގޮޑިދިނުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ. ޗީފް ޖަސްޓިސް ޤާޒީ ފާއިޒް އީސާ އިސްވެ ހުންނެވި، 13 މެމްބަރުން ހިމެނޭ ފުލް ބެންޗުން ހުކުރު ދުވަހު އަމުރު ކޮށްފައިވަނީ އަންހެނުންނަށާ މައިނޯރިޓީ ތަކަށް ޚާއްސަ ކުރެވިފައިވާ ބައިން، އިމްރާން ޚާންގެ ޕާޓީ އަށް ވިއްސަށް ވުރެ ގިނަ ގޮނޑި ދިނުމަށެވެ. ސުޕްރީމް ކޯޓުގެ މިނިންމުމާއި ގުޅިގެން ޕީޓީއައި […]