ރަތް ބޮއްކުރާ

އެއްދުވަހަކު ބޮއްކުރައެއްގައި ރަތް ދަވާދު ލުމަށް ކޮންމެވެސް މީހަކާ ހަވާލު ކުރެވުނެވެ.އޭނާ އެކަމަށް ބޭނުންވާ ދަވާދާ ފިހިތައް ގަނެގެން މަސައްކަތް ފަށައިފިއެވެ. ވަކިވަރަކަށް ދަވާދުލެވިފައިވަނިކޮށް ބޮއްކުރާގެ ފުލުގައިވާ ކުޑަލޯވަޅެއް އޭނާއަށް ފެނުނެވެ.އެހެން ކަމުން ފުރަތަމަ އިސްކަން ދިނީ އެލޯވަޅު ބައްދާ މަރާމާތު ކުރުމަށެވެ. ލޯވަޅު މަރާމާތުކޮށް ނިމުމަށްފަހު މުޅި ބޮއްކުރައިގައި ދަވާދުދުލާ ނިންމާލުމަށްފަހު ވެރިމީހާޔަށް ދެއްކުމުން އެކަމުގެ އުޖޫރަ ދިނުމުން އޭނަގެޔަށް ހިނގައްޖެއެވެ. ޖެހިގެން އައި ދުވަހު ބޮއްކުރާގެ ވެރިމީހާ އޭނާގެ ގެޔަށް އައިސް އޭނާޔާ ބައްދަލު […]

ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް

ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް އައްޔަން ކޮށްފިއެވެ. މިގޮތަށް ހަމަޖެހުނީ ރައީސް މުހައްމަދު ޝަހާބުއްދީން އާއި އަސްކަރީ ލީޑަރުން އަދި ކިޔަވާކުދިންގެ ލީޑަރުންގެ ބައްދަލު ވުމަކަށް ފަހުއެވެ. އުމުރުފުޅުން 84 އަހަރުގެ ޔޫނުސް އަކީ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.އޭނާ ހުންނެވީ ހަމަސްދުވަހުގެ ޖަލުހުކުމަކާ ގުޅިގެން ކަފާލާތު އުސޫލުގެ ދަށުން މިނިވަންވެ ވަޑައިގެންނެވުމުން ގައުމުން […]

ބަންގްލާދޭޝްގެ މަޖިލީސް އުވާލައި އިދިކޮޅު ލީޑަރ ޚާލިދާ ޒިޔާ މިނިވަން ކޮށްފި

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހޯމަ ދުވަހު މަގާމުން އިސްތިއުފާދެއްވާ ޤައުމު ދޫކުރައްވާ ވަޑައިގެންފައިވާއިރު އެ ޤައުމުގެ މަޖިލީސް އުވާލައި އިދިކޮޅު ލީޑަރ ޚާލިދާ ޒިޔާ މިނިވަން ކޮށްފިއެވެ،. ކިޔަވާކުދިންނާއި އިދިކޮޅުފަރާތްތައް ގުޅިގެން ފެށި އިހުތިޖާޖުތަކަކަށް ފަހު ސަރުކާރު ވެއްޓިފައިވާއިރު އާމީ ޗީފް އިއްޔެވަނީ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.މިފަދަ ވަގުތީ ސަރުކާރެއްގެ އެންމެ އިސް އެޑްވައިޒަރަކަށް ހުންނެވުމަށް ކިޔަވާކުދިން ނަން ހުށަހަޅާފައިވާ، ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ […]

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާގެ އިސްތިއުފާ އަށްފަހު

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންނެވުމަށްފަހު ވެސް އެގައުމުގެ މަޝްރަހް ހަމަޖެހުމަކަށް ނައިސް  ހަވީރު ވީއިރު ވެސް އިދިކޮޅުފަރާތްތަކުން ވަނީ ޑާކާގެ މަގުތައް ފުރާލާފައެވެ. މަޝްރަހް ހަމަޔަކަށް އެޅުވުމަށް އާމީ ޗީފް ވަކަރުއްޒަމާން ވަނީ ގައުމާ މުޚާތަބް ކުރައްވާފައެވެ. އޭނާ ވަނީ ޝެއިޚް ހަސީނާ އިސްތިއުފާދެއްވިކަން ޔަގީން ކޮށްދެއްވާފައެވެ. އަދި މިއައި ބަދަލާއެކު މިވަގުތު ގައުމު ހިންގާނީ އިންޓަރިމް ސަރުކާރަކުން ކަމަށާ އެކަމާބެހޭ ވާހަކަތައް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ.އަދި އޭނާ ރައީސްއާއި […]

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފި

އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެން ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފިއެވެ.ޚަބަރު ލިބޭ ގޮތުގައި މުޒާހަރާކުރަމުން އައި ފަރާތްތަކުން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެގަނެފައެވެ.އަދި ބައެއް ތަންތަނާ ތަކެއްޗަށް ގެއްލުން ދޭންވަނީ ފަށާފައެވެ. އިދިކޮޅު ފަރާތްތަކުން ގަނޑުވަރާ ހަމަޔަށް ފޯރުމުގެ ކުރިން ޝޭޙް ހަސީނާއާއި އަރިސް ބައެއް ބޭފުޅުން ވަނީ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައެވެ.އަދި ފަހުން ވަނީ ހެލިކޮޕްޓަރެއްގައި އިންޑިޔާގެ އަގަރުތާލާ ކިޔާ ސިޓީ އަށް ވަޑައިގަތުމަށް ދަތުރު […]

ބަންގްލަދޭޝްގައި ސަރުކާރާއެއްކޮޅު ފަރާތްތަކުންވެސް މުޒާހަރާކޮށް މަޝްރަހް ހޫނުވެފައި

ބަންގްލާދޭޝްގައި އިދިކޮޅުފަރާތްތަކުން ކުރަމުން އައި މުޒާހަރާތައް އަދިވެސް ކުރިޔަށް ގެންދާއިރު ، އާދީއްތަ ދުވަހު ސަރުކާރު ހިންގާޕާޓީ އަވާމީ ލީގުން ވެސް އޮތީ މުޒާހަރާތަކެއް ކުރާ ގޮތަށެވެ.އެހެން ކަމުން މަޝްރަޚް އޮތީ ވަރަށް ވެސް ހޫނުވެފައެވެ. ވަޒީފާގެ ކޯޓާ ގެންގުޅޭތީ އެކަމާ ދެކޮޅުހަދާ ކިޔަވާކުދިން ފެށިމުޒާހަރާތައް ވަނީ ފުޅާވެގެން ގޮސްފައެވެ.އަދި ދުއިސައްތަޔަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ. މުޒާހަރާތައް މައިތިރިކުރުމަށް ސިފައިން ނިކުމެވަނީ ކިޔަވާކުދިންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. އަދި ފާއިތުވި ދެހަފްތާތެރޭ ދިހަ ހާހެއްހާ […]

ފަސްހާސް ކިލޯމީޓަރު ދުރުގައި ސާޖަން ހުރެގެން ފުއްޕާމޭގެ ޓިއުމަރު ނެގުމުގެ އޮޕަރޭޝަނެއްކޮށްފި  

ޗައިނާގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރެވުނު ޕޭޝަންޓާއި 5000ކިލޯމީޓަރު ދުރުގައި ސާޖަން ހުރެގެން ފުއްޕާމޭގެ ޓިއުމަރެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއްކޮށް ޚާއްސަ ރެކޯޑެއް ގާއިމް ކޮށްފިއެވެ. އައު ޓެކްނޮލޮޖީ އާއި އަދި ރިސަރޗްގެ މައްޗަށް ބިނާކޮށް ޑޮކްޓަރުން ވަނީ މި އޮޕަރޭޝަން ކުރުމަށް ޚާއްސަ މެޝިނެއް ބޭނުންކޮށްފައެވެ. އަދި މި މެޝިން ބޭނުން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މާދުރުގަ،ޝަންގހާއީގައި ހުރި ސަރޖަންއެކެވެ.ގަޑިއެއްހާއިރުން ފުރިހަމަ ކޮށްލެވުނު މިސަރޖަރީގެ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިޔާގައި ދައުރު ކުރަމުން ދާކަމަށް […]

ކެރަލާ އަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300އިން މައްޗަށް

އިންޑިޔާގެ ކެރަލާސްޓޭޓް ގެ ވަޔަނާޑް ޑިސްޓްރިކްޓަށް މީގެ ހަތަރުދުވަސް ކުރިން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް އަރައިފި ކަމަށް ޚަބަރު ލިބެއެވެ.އެހިސާބަށް އަދިވެސް މޫސުން ވަރަށް ގޯސް ނަމަވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ސާޅީހަކަށް ޓީމް ދަނީ ހަރަކާތްތެރި ވަމުންނެވެ.ދިރިތިބި މީހުން ހޯދުމުގެމަސައްކަތް  ޑްރޯން ފުޓޭޖް ތަކާއި ކުއްތާގެ އެހީގައި ދަނީ ކުރަމުންނެވެ. މީހުންހޯދުމުގެ މަސައްކަތް ފަސޭހަ ކުރުމަށްޓަކައި ކިސަޑުގެ އަސަރު އެންމެ ބޮޑަށް ކުރި […]

ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލައިފި

ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލައިފި އެވެ. މިކަން ވަނީ ހަމާސް އިން ކަށަވަރު ކޮށްދީފައެވެ.އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގައި ހުންނަވަނިކޮން ރޭދަންވަރުގެ ވަގުތެއްގައެވެ.ހަމަލާ ދީފައިވަނީ އީރާންގެ އައު ރައީސް ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު އީރާންގައި ހުންނަ އަމިއްލަ ގެކޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ނުވަތަ ގެކޮޅަށް ވަޑައިގެންނެވި ފަހުންނެވެ. ހަނިއްޔާ އަވަހާރަ ކޮށްލުމާއި ގުޅިގެން ހަމާސްގެ ލީޑަރުންދަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނަމުންނެވެ. ހަނިއްޔާއަކީ ޝަހީދު ކޮސްލެވުނު އަބްތާލެއް ކަމަށާ، ހަމާސްއަކީ […]

ހަޔާތުގައި އުފަލުން ހުރުމަށް އިޚްތިޔާރު ކުރާނީ އަމިއްލައަށެވެ.

މެދު އުމުރަށްދާ ދެއަންހެނުން އެއްދުވަހަކު ރޭލް ދަތުރެއްގައި ޖެހިޖެހިގެން އިށީނދެ ތިބެން ދިމާވި އެވެ.އެކަކު ފެންނަނީ ވަރަށް ރަނގަޅު މޫޑެއްގައި އިންތަނެވެ.ނަމަވެސް ދެވަނަ އަންހެން މީހާ އިނީ ވަރަށް މޮޅިން، ހިތާމައިގެ ސާލެއް ލައިގެންނެވެ.އެހެން ގޮތަކަށް ބުނާނަމަ ޑިޕްރެސް ވެފައެވެ. އުފަލުން އިން މީހާދިޔައީ ފޮތެއް ކިޔަމުންނެވެ.އަދި ފޮތުގައިވާ ހެއްވާ މަޖާ ތަންކޮޅެއް އައުމުން ބާރަށް ހީ ހަދައެވެ.މިހެން ހަދަން ފެށުމުން ދެރަވެފަ އިން އަންހެން މީހާ އަށް ކެތެއް ނުވިއެވެ. އަދި ބުނަން ފެށިއެވެ. ”ކަލޭ […]