ވީޑިއޯ ހަދަން އުޅެނިކޮން ގެނބިގެން 7 ޒުވާނުން މަރުވެއްޖެ

އިންޑިޔާގެ ރާޖަސްތާންގައި، ވެހެމުން ދިޔަ ބޯވާރޭގައި ކޯރަކަށް އެރި ފަތަމުން ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން 7 ޒުވާނުން މަރުވެއްޖެ އެވެ.މިހާދިސާ ހިނގާފައިވަނީ ރާޖަސްތާންގެ ޝްރީނަގަރު ކޯރުގައި ކަމަށްވެއެވެ. މިދުވަސްކޮޅު އެހިސާބަށްވެސް މޫސުންގޯސްވެ ބޯކޮން ވާރޭ ވެހެމުން ދިއުމާއިއެކު ކޯރުގެ ފެންގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ ކަމަށް ޚަބަރުތައް ބުނެއެވެ. ޕީޓީއައި އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގި އާދީއްތަ ދުވަހު އެހިސާބަށް އެރިފައި ވަނީ 8 ޒުވާނުންނެވެ.މީގެ ތެރޭގައި […]
ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ކަންފަތަށް އަޑުނީވޭ ކުއްޖެއް

ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ފުރަތަމަ ފަހަރަށް ކަންފަތަށް އަޑުނީވޭ ކުއްޖަކު ހޮވައިފިއެވެ. އޭނާ މި މަގާމަށް ހޮވުމާއެކު ދިން ”އެކްސެޕްޓަންސް ސްޕީޗް“ ގައި ރީތީގެ ރާނީ މިއާ ލެރޫ ބުނީ ހުވަފެންތަކެއް ހުރެމެ،މުޖްތަމައުއިން އެކަހެރި ކުރެވޭ އޭނާފަދަ އެހެން ފަރާތްތަކަށް އޭނާގެ މި ކާމިޔާބީގެ ސަބަބުން ހިތްވަރެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.އަދި މާލީގޮތުން ފުދުންތެރިކަން ނެތިގެން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރެގެން މިފަދަ އުންމީދުތައް ހާސިލް ނެވެފަ ތިބި ފަރާތްތަކަށް އެހީތެރިވާން […]
އެތުގެ ހަމަލާއިން މަރުވާ މީހުން މަދުކުރުމަށް އާސާމްގައި މޯބައިލް ފޯން އެޕެއް ތަޢާރަފް ކޮށްފި

އެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އަމާޒުކޮށް އިންޑިޔާގެ އާސާމް ސްޓޭޓްގައި ޚާއްސަ މޯބައިލް ފޯން އެޕެއް .ތަޢާރަފް ކޮށްފިއެވެ ”ހާތީ އެޕް“ ބޭނުން ކުރުމުން އެތެއް ނުވަތަ އެއްތައް މީހުން ދިރިއުޅޭ ސަރަހައްދަށް ވަންނަން ދާނަމަ އިންޒާރުގެ މެސެޖް ތައް ލިބޭނެއެވެ. .އެހެން ކަމުން ރައްކާތެރިކަން ހޯދުމަށް ފުރުސަތު ލިބޭނެއެވެ އާސާމް އަކީ އިންޑިޔާގައި އެތުގެ އާބާދީ އެންމެ ގިނަ އެއް ސްޓޭޓެވެ.އަދި އެއް ހަމަލާދީގެން މަރުވާ މީހުންނާ އަދި މީހުން […]
ކުދިންނަށް މިއަދު އަހަރެންގެ ބޭނުން ކެނޑުނީއެވެ.

އަހަރެންގެ އުފަންދުވަސް ދާދި އަވަހަށް އެބައާދެއެވެ. 60 ވަނަ އުފަން ދުވަހެވެ.އެކަމަކު މި ފަހަރު އެދުވަސް ފާހަގަ ކުރުމުގައި އަހަރެންނާ ބައިވެރިވާނެ މީހަކު ނެތެވެ.މިބުނީ އަހަރެންގެ އާއިލާގެ މީހަކު ނެތް ވާހަކައެވެ އަހަރެންގެ ފިރިމީހާ މަރުވިއިރު އޭނާއަށް 40 އަހަރުވެސް ނުވެއެވެ.އޭރު އަހަރުމެން ދެމީހުންގެ ކުޑަކުޑަ ފަސް ކުދިން ތިއްބެވެ.އެންމެ ކުޑަކުއްޖާއަށް ދެ އަހަރުވެސް ނުވެއެވެ. އެއްވެސް އިތުރު މީހެއްގެ އެހީތެރިކަމެއް ނެތި ހުރިހާކުދިން ބަލާ ބޮޑުކުރީ އަހަރެން އެކަނި ކުރި މަސައްކަތުންނެވެ.އަވަށްޓެރިންގެ ގޭގެޔަށް ގޮސް ލިބުނު […]
އެއާޕޯޓް ކޮންވެޔަރ ބެލްޓެއްގަ ތާށިވެ މަރުވެފައިވާ އަންހެނަކު ފެނިއްޖެ

އެމެރިކާގެ ޝިކާގޯގެ އޯހެއަރ އިންޓަރނޭޝަނަލް އެއާޕޯޓް ގެ ބެގެޖް ހެންޑްލިންގ ސަރަހައްދެއްގައި ކޮންވެޔަރ ބެލްޓެއްގައި ތާށިވެ، މަރުވެފައިވާ އަންހެނަކު ފެނިއްޖެއެވެ.މިސަރަހައްދަކީ އާންމުންނަށް ވަދެވޭ ސަރަހައްދެއް ނޫންކަމަށާ އަންހެންމީހާ އެތަނަށް ވަންގޮތެއް ނޭގޭކަމަށް އެއާޕޯޓް އޮފިޝަލުން ބުނެފައިވެއެވެ.އަދި އުމުރުން 57 އަހަރުގެ އަންހެން މީހާއަކީ އެއާޕޯޓްގެ މުވައްޒަފެއް ނޫން ކަމަށްވެސް ކަމާބެހޭ އޮފިޝަލުން ހާމަކޮށްފައި ވެއެވެ. ޝިކާގޯ ފަޔަރ ޑިޕާޓްމަންޓް ގެ ތަރުޖަމާން މައުލޫމާތުދީފައިވާ ގޮތުގައި މެޝިނުގައި އަންހެން މީހާ ތާށިވެފައިވާތަން ފެނި،ޕެރަމެޑިކްސް އަށް ގުޅާފައިވަނީ ބުރާސްފަތިދުވަހު ހެނދުނު […]
ރަތް ބޮއްކުރާ

އެއްދުވަހަކު ބޮއްކުރައެއްގައި ރަތް ދަވާދު ލުމަށް ކޮންމެވެސް މީހަކާ ހަވާލު ކުރެވުނެވެ.އޭނާ އެކަމަށް ބޭނުންވާ ދަވާދާ ފިހިތައް ގަނެގެން މަސައްކަތް ފަށައިފިއެވެ. ވަކިވަރަކަށް ދަވާދުލެވިފައިވަނިކޮށް ބޮއްކުރާގެ ފުލުގައިވާ ކުޑަލޯވަޅެއް އޭނާއަށް ފެނުނެވެ.އެހެން ކަމުން ފުރަތަމަ އިސްކަން ދިނީ އެލޯވަޅު ބައްދާ މަރާމާތު ކުރުމަށެވެ. ލޯވަޅު މަރާމާތުކޮށް ނިމުމަށްފަހު މުޅި ބޮއްކުރައިގައި ދަވާދުދުލާ ނިންމާލުމަށްފަހު ވެރިމީހާޔަށް ދެއްކުމުން އެކަމުގެ އުޖޫރަ ދިނުމުން އޭނަގެޔަށް ހިނގައްޖެއެވެ. ޖެހިގެން އައި ދުވަހު ބޮއްކުރާގެ ވެރިމީހާ އޭނާގެ ގެޔަށް އައިސް އޭނާޔާ ބައްދަލު […]
ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް

ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް އައްޔަން ކޮށްފިއެވެ. މިގޮތަށް ހަމަޖެހުނީ ރައީސް މުހައްމަދު ޝަހާބުއްދީން އާއި އަސްކަރީ ލީޑަރުން އަދި ކިޔަވާކުދިންގެ ލީޑަރުންގެ ބައްދަލު ވުމަކަށް ފަހުއެވެ. އުމުރުފުޅުން 84 އަހަރުގެ ޔޫނުސް އަކީ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.އޭނާ ހުންނެވީ ހަމަސްދުވަހުގެ ޖަލުހުކުމަކާ ގުޅިގެން ކަފާލާތު އުސޫލުގެ ދަށުން މިނިވަންވެ ވަޑައިގެންނެވުމުން ގައުމުން […]
ބަންގްލާދޭޝްގެ މަޖިލީސް އުވާލައި އިދިކޮޅު ލީޑަރ ޚާލިދާ ޒިޔާ މިނިވަން ކޮށްފި

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހޯމަ ދުވަހު މަގާމުން އިސްތިއުފާދެއްވާ ޤައުމު ދޫކުރައްވާ ވަޑައިގެންފައިވާއިރު އެ ޤައުމުގެ މަޖިލީސް އުވާލައި އިދިކޮޅު ލީޑަރ ޚާލިދާ ޒިޔާ މިނިވަން ކޮށްފިއެވެ،. ކިޔަވާކުދިންނާއި އިދިކޮޅުފަރާތްތައް ގުޅިގެން ފެށި އިހުތިޖާޖުތަކަކަށް ފަހު ސަރުކާރު ވެއްޓިފައިވާއިރު އާމީ ޗީފް އިއްޔެވަނީ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.މިފަދަ ވަގުތީ ސަރުކާރެއްގެ އެންމެ އިސް އެޑްވައިޒަރަކަށް ހުންނެވުމަށް ކިޔަވާކުދިން ނަން ހުށަހަޅާފައިވާ، ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ […]
ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާގެ އިސްތިއުފާ އަށްފަހު

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންނެވުމަށްފަހު ވެސް އެގައުމުގެ މަޝްރަހް ހަމަޖެހުމަކަށް ނައިސް ހަވީރު ވީއިރު ވެސް އިދިކޮޅުފަރާތްތަކުން ވަނީ ޑާކާގެ މަގުތައް ފުރާލާފައެވެ. މަޝްރަހް ހަމަޔަކަށް އެޅުވުމަށް އާމީ ޗީފް ވަކަރުއްޒަމާން ވަނީ ގައުމާ މުޚާތަބް ކުރައްވާފައެވެ. އޭނާ ވަނީ ޝެއިޚް ހަސީނާ އިސްތިއުފާދެއްވިކަން ޔަގީން ކޮށްދެއްވާފައެވެ. އަދި މިއައި ބަދަލާއެކު މިވަގުތު ގައުމު ހިންގާނީ އިންޓަރިމް ސަރުކާރަކުން ކަމަށާ އެކަމާބެހޭ ވާހަކަތައް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ.އަދި އޭނާ ރައީސްއާއި […]
ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފި

އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެން ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފިއެވެ.ޚަބަރު ލިބޭ ގޮތުގައި މުޒާހަރާކުރަމުން އައި ފަރާތްތަކުން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެގަނެފައެވެ.އަދި ބައެއް ތަންތަނާ ތަކެއްޗަށް ގެއްލުން ދޭންވަނީ ފަށާފައެވެ. އިދިކޮޅު ފަރާތްތަކުން ގަނޑުވަރާ ހަމަޔަށް ފޯރުމުގެ ކުރިން ޝޭޙް ހަސީނާއާއި އަރިސް ބައެއް ބޭފުޅުން ވަނީ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައެވެ.އަދި ފަހުން ވަނީ ހެލިކޮޕްޓަރެއްގައި އިންޑިޔާގެ އަގަރުތާލާ ކިޔާ ސިޓީ އަށް ވަޑައިގަތުމަށް ދަތުރު […]