ފަލަސްތީނުގެ 153 މީހުން ގޮވައިގެން ދެކުނު އެފްރިކާއަށް ދިޔަ މަތިންދާބޯޓު ޗާޓަރު ކުރިފަރާތެއް ނޭގޭތީ ތަހުގީގު ފަށައިފި

ފަލަސްތީނުގެ ޣައްޒާޔަށް ނިސްބަތްވާ 153 މީހުން ގޮވައިގެން ދެކުނު އެފްރިކާއަށް މަތިދާބޯޓެއް ދަތުރު ކުރުމާއި ގުޅިގެން އެކަމުގެ ތަހުގީގުތައް ފަށައިފި ކަމަށް ހަބަރު ލިބެއެވެ. ދެކުނުއެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވިދާޅުވީ އެއީ ”މިސްޓީރިއަސް“ ނުވަތަ މައުލޫމާތު ސާފުނުވާ ފްލައިޓެއް ކަމަށާ ފްލައިޓް ޗާޓަރު ކުރި ފަރާތެއްވެސް ނޭނގޭ ކަމުގައެވެ.އެހެން ކަމުން ކަމާބެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބޯޓު ފުރަތަމަ ޖައްސާފައިވަނީ ދެކުނު އެފްރިކާގެ އޯއާރު ޓެމްބޯ އިންޓަރނޭޝަނަލް އެއާޕޯޓްގައެވެ.ނަމަވެސް ފަސިންޖަރުންގެ ޕާސްޕޯޓްގައި ފުރިތަނަކުން […]

ފާއިތުވި 25 އަހަރުވެސް ނުފެތުރޭވަރަށް އެފްރިކާގައި ކޮލެރާ ފެތުރެނީ

ފާއިތުވި 25 އަހަރުވެސް ނުފެތުރޭވަރަށް އެފްރިކާގެ ބައެއް ގައުމުތަކުގައި ކޮލެރާ ފެތުރެމުން އެބަދާ ކަމަށް މެޑިކަލް އެކްސްޕަރޓުންނާ ހަވާލާދީ ލިބޭހަބަރުތައް ބުނެފިއެވެ. އެފްރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލުން ބުނި ގޮތުގައި މިއަހަރުގެ މިހާތަނަށް 300،000މީހުންނާ ކުދިންނަށް ބަލިޖެހުނުކަން ވަނީ ޔަގީން ކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ ރެކޯޑްތަކަށް ވުރެ އިތުރު އަދަދެކެވެ. ނެޑިކަލް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަހަރުގެ އައުޓް ބްރޭކް ގައި އެންމެ ގިނައިން ބަލި ރިޕޯޓް ކުރަމުންދަނީ އެންގޯލާ އަދި ބުރުންޑީގައެވެ. އެފްރިކާގެ […]

އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއް ނުހިންގަން: ޝެއިޚް ހަސީނާ

ބަންގްލާދޭޝްގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ހިންގި ހަރަކާތް މައިތިރިކުރުމަށް އިންސާނިއްޔަތާ ޚިލާފް ޖަރީމާ ހިންގަން ސިފައިންނަށް އަމުރު ކުރައްވާފައިނުވާނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ. ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔަކަމަށާ އެތައްބަޔެއްގެ ފުރާނަ ގެއްލިގެން ދިޔަކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާ އެހެން ނަމަވެސް ހަތިޔާރެއް ނެތް އާންމުން ގަޔަށް ބަޑިޖަހަށް އޭނާ އަމުރު ނުކުރައްވާ ކަމަށް ހަސީނާ ވިދާޅުވެފައިވެއެވެ. ނަމަވެސް ”ލީތަލް ވެޕަންސް“ ނުވަތަ ފުރާނަޔަށް ގެއްލުންވާފަދަ ހަތިޔާރު ބޭނުން ކުރުމަށް […]

އެގާރަ އަހަރުގެ ދަރިފުޅު ގެޔަށް ވަނަ ނުދޭން އަހަރެންގެ މަންމަ ތަޅު ބަދަލު ކުރުމުން..

އަހަރެންނަކީ އެންމެ ބޮޑު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުންދާ ނަރުހަކީމެވެ. އެއްދުވަހަކު ޑިއުޓީ ނިމޭގަޑިޖެހޭތީ އަވަސް އަވަހަށް މަސައްކަތް ނިންމާލަން އުޅެމުން ފޯނަށް ބަލާލި އިރު ދަރިފުޅު ހަނާގެ 13 މިސްކޯލް އިންތަން ފެނުނެވެ. .އަހަރެން އަވަހަށް ދަރިފުޅަށް ގުޅުމުން ތުރުތުރު އަޅާ އަޑަކުން އޭނަބުނީ އޭނަގެ ތަޅުދަނޑި މަސައްކަތް ނުކުރާ ކަމަށާ ގެޔަށް ނުވަދެވުނު ކަމަށެވެ. އަދި ހަނާއާއި މަންމަ މިހާރު އެގޭގައި ނޫޅޭ ކަމަށް މާމަ ބުނި ކަމަށް ހަނާ ކިޔާދިނެވެ. އަހަރެންގެ ހިތް ބަނޑަށް […]

އަފްޢާނިސްތާންގެ ހަރުކަށި އުސޫލުތަކުން ސަލާމަތްވެ ދުނިޔޭގެ ބޮޑީބިލްޑިންގ މުބާރާތަށް

ދުނިޔޭގެ ފެންވަރުގެ ބޮޑީބިލްޑިންގ މުބާރާތްތަކުގައި ބައިވެރިވަމުންދާ އަފްޢާނިސްތާނުގެ ރޯޔާ ކަރީމީ އަކީ އަފްޢާނިސްތާންގައި އޮންނަ ހަރުކަށި އުސޫލުތަކުން ގަދަކަމުން ސަލާމަތް ވެގެން ނިކުތް ”ޗައިލްޑް ބްރައިޑް“ އެއްކަން ބަލާމީހުންނަށް އިހުސާސްވެސް ނުކުރެވެއެވެ. ގަދަޔަށް މޭކްއަޕް ކޮށް އިސްތަށިގަނޑު ގައި ބްލޮންޑް ކުލަ ޖައްސާފައިވާއިރު، މިހަމަޔަށް އައުމަށް އޭނާކުރި ދަތުރު އޭނާވަނީ ބީބީސީ އަށް ކިޔާދީފައެވެ. އޭނާކިޔާދިން ގޮތުގައި އަފްޢާނިސްތާންގެ އާންމު އުސޫލުގެ މަތިން، އުމުރުން އެންމެ 15 އަހަރުގައި އޭނާ މީހަކާދެވިއެވެ.އަދި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ.ނަމަވެސް […]

ޝާރުޖާ އިންޓަނޭޝަނަލް ބުކްފެއާގައި ޅެމުން ފަރުވާދޭ ސްޓޯލްއެއް

ޝާރުޖާގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް ބުކްފެއަރ 2025 ގައި، އެކަމަށް ބޭނުންވާ މެހްމާނުންނަށް،ޅެމުން ފަރުވާދޭ ތަނެއް އެބަހުރި ކަމަށް ވެއެވެ. އިގިރޭސި އަންހެނެއްކަމަށްވާ ޑެބޮރާ އަލްމާ އިސްވެ ހިންގާ ސްޓޯލް ނުވަތަ ”ޕޮއެޓްރީ ފާމަސީ“ އިން ހިދުމަތް ހޯދަންދާ ފަރާތެއްގެ ނަފްސާނީ ހާލަތު ވަޒަންކޮށް، ހަލަތާ ގުޅޭ ޕޮއެޓްރީ ނުވަތަ ޅެންބަހުގެ ފަރުވާ ދެނީވެސް އަރަބި އަދި އިގިރޭސި ބަހުން ލޭބަލް ކޮށްފައިވާ ޚާއްސަ ކުދި ފުޅި ތަކަކަށް އަޅާފައި ކަމަށް ވެއެވެ. މިގޮތުން އެކުލަވާލެވޭ ޅެން […]

އިންޑޮނީޝިޔާގެ ކުރީގެ ރައީސް ސުހާޓޯ އަކީ ގައުމީ ބަޠޮލެއް ކަމަށް އެގައުމުން ކަނޑައަޅައިފި

އިންޑޮނީޝިޔާގެ ކުރީގެ ރައީސް ސުހާޓޯ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ލެގަސީ ފެތުރިފައި ވަނިކޮންވެސް އޭނާއަކީ ޤައުމީ ބަޠޮލެއް ކަމަށް އެގައުމުން ކަނޑައަޅައި، ނެޝަނަލް ހީރޯ އެވޯޑް ދީފިއެވެ. ސަރުކާރުގެ މިނިންމުމާއި ގުޅިގެން އާންމުންގެ މެދުގައި ހޫނު ބަހުސްތައް ފެށިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ފަސްދޮޅަހުގެ އަހަރުތަކުން ނުވަދިހައިގެ އަހަރުތަކަށް ދެމިގެން ދިޔަ ސުހާޓޯގެ ”ނިއުއޯޑަރ ރެޖީމް“ ގައި އިގްތިސާދީ ގޮތުން ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައި ވީނަމަވެސް ސީޔާސީ ވާދަވެރިންނާދެކޮޅަށް ހަރުކަށިކަންތައްތަކެއް ވަނީ ހިންގަވާފައެވެ.އަދި ރައީސް ސުހާޓޯގެ އަމުރަށް […]

ގޭގައި ކިޔަވަން ބެހެއްޓި ޒުވާނަކު އެއާއިލާ އެއްކޮށް މަރާލިކަން ހާމަވެއްޖެ

ކެނެޑާގައި ދިރިއުޅެމުން އައި ސްރީލަންކާގެ އާއިލާއެއްގެ ގޭގައި ބެހެއްޓި ސްޓޫޑަންޓަކު އާއިލާގެ މަންމައާއި އޭނާގެ 4 ކުދިން ހިމެނޭގޮތުން 6 މީހުން މަރާލުމާއި ގުޅިގެން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. އޭނާ މަރާލާފައިވަނީ 35 އަހަރުގެ މަންމަ އާއި ހަތް އަހަރުގެ ކުއްޖަކާ ހަތަރު އަހަރުގެ ކުއްޖަކާ،ތިން އަހަރުގެ ކުއްޖަކާ އަދި ދެމަހުގެ ކުއްޖެކެވެ. ކިޔަވަން ކެނެޑާއަށް ދިޔަ އުމުރުން 20 އަހަރުގެ ފެބްރިއޯ ޑިސޮއިސާ ހުރީ އެގޭގެ ބޭސްމަންޓްގައި ހަދާފައިވާ ކޮޓަރިއެއްގައި ކަމަށް ވެއެވެ. […]

އަހަރެން ވަރިކޮށްފައި އެއްލާލަން ފިރިމީހާ ނިންމި ހިނދު

އެރޭ ބޭރުން އައިސް ވާހަކައެއް ދައްކާލަން ބޭނުމޭ މައިކަލް ބުނިހަމައިން އިންތިޒާރު ކޮށްގެންހުރި ވަގުތު މިޖެހުނީކަން އަހަރެންނަށް އެނގުނެވެ. ދެމީހުން ކައިވެނިކޮށްގެން މިވީ 15 އަހަރުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް އުފާވެރިކަމުގައި ހަމަޖެހިގެން އުޅެވުނު ނަމަވެސް ފަހަކަށް އައިސް މައިކަލް ހުންނަނީ ކައިވެނިން ބޭރަށް އެއްފައި އަޅައިގެންކަން އަހަރެންނަށް އިހުސާސް ކުރެވެން ފެށިއެވެ. ކައިވެނި ދެމެހެއްޓުމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭން ފެށިއެވެ. ދެމީހުން އެކުގައި ވަގުތު ހޭދަ ކުރުމަށް އިސްކަން ނުދޭން ފެށިއެވެ.އޭގެ ބަދަލުގައި އަމިއްލަ […]