20އަހަރު ކޯމާގައި އޮންނެވުމަށްފަހު ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަ ވެއްޖެ

”ސްލީޕިންގ ޕްރިންސް“ގެ ނަމުން މަޝްހޫރުވެފައިވާ ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވިކަން އިއުލާން ކުރައްވާފައިވަނީ ބައްޕަ،ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ. ޕްރިންސް އަލް ވަލީދް ބިން ޚާލިދު ބިން ޠަލާލް ކޯމާގެ ހާލަތަށް ދިޔައީ ކިޔަވާ ވިދާޅުވަން ލަންޑަންގައި ހުންނެވިއިރު 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި ޓްރެފިކް އެކްސީޑެންޓަކަށް ފަހުއެވެ. އެދުވަހުން ފެށިގެންވެސް ލައިފް ސަޕޯޓުން ނަގަން ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ޠަލާލް ވަނީ ދެކޮޅު […]

ބައްޕަގެ ނަސޭހަތް

އެއްދުވަހަކު ތިން މީހުންގެ ކުޑަކުޑަ އާއިލާއެއް އެކުގައި ހެނދުނުގެ ނާސްތާ ކުރަން ތިއްބެވެ. އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅާ މަންމަ އާއި ބައްޕައެވެ. ހުރިހާ ކަމެއް ދަނީ ބަރާބަރަށްހެން އިރުކޮޅަކަށް ހީވިއެވެ. ނަމަވެސް މިހެންތިއްބާ ކުއްލިއަކަށް ބައްޕަ ދަރިފުޅާ ދިމާލަށް ވަރަށް ބާރަށް ބުންޏެވެ. ހަމަ މިހާރު މިގޭން ނިކުމެގެން ދާށެވެ. މިގެޔަކު ދެން ކަލެޔަކަށް ނުހުރެވޭނެއެވެ. ހަމަ މިހާރު އެއްޗެހިކޮޅު ހިފައިގެން ނިކުމެގެން ދާށެވެ.މިހެން ބުނުމުން ކުއްޖާވެސް ކުއްޖާގެ މަންމަވެސް ވަރަށް ހައިރާން ވިއެވެ. […]

އިންޑޮނީޝިޔާގައި ބޭބީ ޓްރެފިކް ކުރާބަޔަކު ހައްޔަރުކޮށްފި: ބަނޑުގަ އޮއްވާ ދަރިފުޅު ރިޒާރވް ކޮށްފައި އެބަހުރި

އިންޑޮނީޝިޔާގައި ބޭރު ގައުމުތަކަށް ތުއްތުކުދިން ވިއްކަމުން ގެންދިޔަބަޔަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މީހުން 2023ން ފެށިގެން މަދުވެގެން 25 ބޭބީ ނުވަތަ އެންމެ ތުއްތު ފުރައިގެ ކުދިން ސިންގަޕޫރުގެ އެކިފަރާތްތަކަށް ވިއްކާފައިވާކަމަށް ވެއެވެ.އިންޑޮނީޝިޔާގެ ދެ ސިޓީއެއްގައި މި ހަރަކާތް ހިންގަމުން ދިޔައިރު މިކަމުގައި ބައިވެރިވި 13 މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. އަދި ވަރަށް އަވަހަށް ބޭރަށް ފޮނުވުވުމަށް ތައްޔާރު ވަމުންދިޔަ ހަ ކުދިން ވަނީ ސަލާމަތް ކޮށްފައެވެ. މިހުރިހާ ކުދިންނަކީވެސް އެއްއަހަރުން […]

އެންމެ އުމުރުން ދުވަސްވީ މެރަތަން ދުވުންތެރިޔާ މަގުމަތީގެ އެކްސީޑެންޓެއްގައި މަރުވެއްޖެ

އެންމެ އުމުރުވަސްވީ މެރަތަން ދުވުންތެރިޔާކަމަށް ބެލެވޭ، އުމުރުން 114 އަހަރުގެ ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ހިސާބުގަނޑުގައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ. ފުލުހުން މިހާރު ދަނީ ފައުޖާ ސިންގް ގައިގައި ޖެއްސި ކާރު ހޯދަމުން ކަމަށް ޚަބަރު ލިބެއެވެ.އިންޑިޔާ ގެ ޕަންޖާބަށް އުފަން ފައުޖާސިންގ ވަނީ […]

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތައް އަމިއްލަޔަށް ހޯދައިގެން ބޭނުން ނުކުރުމަށް ސައޫދީ ސިއްހީ އިދާރާއިން އަންގައިފި

ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް މިހާރަކަށް އައިސް އެކި މީހުން ބޭނުން ކުރަމުން އަންނަ އޮޒެމްޕިކް އަދި މައުންޖޭރޯ ފަދަ ބޭސްތައް،ދާއިރާއިން މައުލޫމާތުލިބި ހުރި ފަރާތެއްގެ ސުޕަވައިޒް ކުރުމެއްނެތި އަމިއްލަޔަށް ބޭސް ހޯދައިގެން ބޭނުން ނުކުރުމަށް އަންގާ ސައޫދީއަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުﷲ އަސީރީ އާންމު އިންޒާރެއް ނެރުއްވައިފިއެވެ. އަދި އެފަދަ ބޭސްތައް އަމިއްލަޔަށް ބޭނުން ކުރަމުން ދިއުމަކީ ސީރިއަސް ހެލްތު ”ރިސްކު“ ކުރިމަތިވެދާނެ ކަމެއްކަމަށް ޑޮކްޓަރ އަސީރީ ވިދާޅުވެފައި ވެއެވެ. އެކްސް […]

މަންމަ

މިއީ ރަޝިޔާގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. އަހަރެންގެ މަންމަ އަހަރެން ދޫކޮށްލީ ވިހޭތާ ދިހަވަރަކަށް ދުވަސްވެސް ނުވަނީހެވެ.އަގުހެޔޮ ރަޖާ ކޮޅަކަށްލާއޮޅާލައި ކުޑަ ބާސްކެޓަކަށް ލާފަ އަހަރެން ގެންގޮސްބާއްވާފަ އޮތީ ނުވެސް ދަންނަ ބައެއްގެ ގޭގެ ދޮރުމަތީގައެވެ. އަހަރެންގެ ފުރަތަމަ ރުއިމުގެ އަޑު އިވި އެމަންމަގެ ހިތުގައި ރަހުމެއް ނުއުފެދުނެވެ.ކުނި އުކާލާގޮތަށް ވަށިގަނޑަކަށް ލާފަ ގެންގޮސް އެއްލާލީއެވެ. އެގޭ ދެދެމަފިރިން ހެނދުނު ދޮރުހުޅުވާލިއިރު އަހަރެން ފެނި ވަރަށް ބޮޑަށް ހައިރާން ވިއެވެ. އަދި އެކަންކުރި މީހާ […]

އިޒްރޭލުގެ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ

އިޒްރޭލުގެ ނެޝަނަލް އިންޓެލިޖަންސް އޭޖެންސީ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި، ތަންތަން ގޮއްވާލަން ބޭނުންކުރާ ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ ކަމަށް އީރާނުގެ އިންޓެލިޖަންސް އިދާރާއިން ޚަބަރުދީފިއެވެ. ވެރިރަށް ތެހެރާންގައި ސިއްރުން ހިންގަމުން އައި ޑްރޯން އުފައްދާ ފެސިލިޓީ ފުލުހުން ރެއިޑްކުރިއިރު ހައިޓެކް ޑްރޯން އުފެއްދުމަށް ބޭނުންކުރާ ގިނަ އަދެއްގެ ބައިތައް ފެނި އަތުލާފައިވެއެވެ. މީގެ އިތުރުން އެތަން ހިންގުމުމަށް އެހީތެރިވެދިންކަމަށް ތުހުމަތު ކުރެވޭ އެތައްބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޖޫންމަހު […]

”ސްކޭމް ކޯލް“ ސެންޓަރެއްގައި މަސައްކަތް ކުރަމުންދިޔަ 149 މީހުން ފުލުހުން ހައްޔަރު ކޮށްފި

ޕާކިސްތާންގެ ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރެއް އެގައުމުގެ ފުލުހުން ރެއިޑްކޮށް 149 މީހުން ހައްޔަރު ކޮށްފިއެވެ. ޕާކިސްތާންގެ ނެޝަނަލް ސައިބާކްރައިމް އިންވެސްޓިގޭޝަން އޭޖެންސީ އިން ބުނި ގޮތުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އެސެންޓަރާބެހޭގޮތުން ލިބުނު އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ކަމުގައެވެ.ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރުން ކުރަމުން ގެންދިޔައީ ޕޮންޒީ ސްކީމް ތަކުގައި މީހުން ޖައްސާ ހީލަތްތެރިކަމާއެކު ބޮޑެތި އަދަދު ތަކުން ފައިސާ އަތުލުމުގެ މަސައްކަތް ކަމަށް ޚަބަރުތައް ބުނެއެވެ.ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޕާކިސްތާންގެ 78 […]

”ވިއްސާރަ ކުޑަ“

އަހަރެން ކުޑައިރު ކާފަ އަހަރެންގެ ގާތުގައި ބުނުއްވާ ވާހަކައެއް އޮވެއެވެ. އެ ބުނުއްވާ އެއްޗެއްގެ މާނަ އޭރަކު ނުވިސްނެއެވެ. ކާފަ ބުނުއްވައެވެ.”ހަމައެކަނި ވިއްސާރަ ވެހޭއިރު ކުޑައެއްހޯދަން އަންނަ ރައްޓެހިންނަށް ކުޑަ ނުދޭށެވެ.“ އޭރު އަހަރެންގެ ހިތަށް އަރައެވެ.ކާފަ ހަމަ މޮޅު އެއްޗެއް ބުނެލީއެވެ. އެކަމާމެދު މާބޮޑަކަށް ނުވިސްނަމެވެ.އެއްޗެކޭ ނުބުނެ ހިނިތުން ވެލުމަށްފަހު ކުރަން ހުންނަ ކަމެއް ކުރަން ދަނީއެވެ.ނަމަވެސް އަހަރެންވެސް ދުނިޔޭގައި އުޅެ، ފުރާފުރިހަމަވެ، ބޮޑުމީހަކަށް ވުމުން ކާފަ އެބުނުއްވާ އެއްޗެއްގެ މާނަޔާމެދު ވިސްނަން ފެށީމެވެ. ބައެއްރައްޓެހިން […]

ގުޖުރާތުގައި ބްރިޖަކުން ބައެއް ވެއްޓި 15 މީހުން މަރުވެއްޖެ

އިންޑިޔާގެ ގުޖުރާތުގައި ބްރިޖަކުން ބައެއްވެއްޓި ބުދަދުވަހު ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 15އަށް އަރައިފިއެވެ. މިހާދިސާއަށްފަހު ސަލާމަތްވި ބައެއްމީހުން ބުނެފައިވާ ގޮތުގައި ބްރިޖްގެ ބައެއް ވެއްޓުމުގެ ކުރިން ބާރު ގޮވުމެއްކަހަލަ އަޑެއް އިވިފައިވެއެވެ.އަދި ބައެއްމީހުން ބިންހެލުމެއް އައީ ކަމަށް ހީކުރިކަމަށްވެސް ޚަބަރުތައް ބުނެފައި ވެއެވެ. ގުޖްރާތު ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖްގެ ބައެއް ވެއްޓެން ދިމާވި ސަބަބު އަދިވެސް ނޭގެއެވެ. އެކަން ބެލުމަށް ތަހުގީގު ކުރަމުން ދާކަމަށް ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ.އިތުރު ދެމީހުންނާއެކު ވޭން […]