އުމްރާވެރިން ބައިބޯވާ ގަޑިތަކުގައި ހަރަމްފުޅަށް ނުދިއުމަށް ސައޫދީގެ ކަމާބެހޭ އިދާރާއިން އަންގަން ފަށައިފި

ރަމްޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށިފައިވާއިރު،މިދުވަސް ކޮޅުގެ ތެރޭ އުމްރާވުމަށް ދާމީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ. މިއާއެކު ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ދަނީ އުމްރާވެރިން، އުމްރާގެ ރުކުންތައް އަދާކުރުމަށް އުޅޭއިރު ވީހާވެސް ބޮޑަކަށް ބައިބޯވާ ގަޑިތަކުގައި ހަރަމް ފުޅަށާ އެހެންވެސް އެފަދަ ތަންތަނަށް ނުދިއުމަށް އަންގަމުންނެވެ.އެ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ގޮތުގައި މެންދުރުފަހު 4ން ރޭގަޑު 10އަށް އަދި ފަތިހު 5ން ހެނދުނު 8އަށް މިއީ މީހުން […]
އީރާނުން އޮތީ އެމެރިކާއާއި ދެކޮޅަށް ދިގު ހަނގުރާމަޔަކަށް ތައްޔާރަށް: ސްޓްރީޖިކް ކައުންސިލްގެ ވެރިޔާ

އީރާނުން އޮތީ އެމެރިކާ އާއި ދެކޮޅަށް ދިގުދެމިގެން ހިނގައިދާނެ ހަނގުރާމައެއް ކުރަން ތައްޔާރަށް ކަމުގައި އީރާން ސަރުކާރުގެ އިސް މަސްއޫލު ވެރިޔަކު ވިދާޅުވެއްޖެ އެވެ. ސީ.އެން.އެން އަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ސްޓްރެޓީޖިކް ކައުންސިލް އޮން ފޮރިން ރިލޭޝަންސް ގެ ވެރިޔާ ކަމާލް ޚައްރާޒީ ވިދާޅުވީ މިވަގުތު ކަންތައް އޮތް ގޮތުން ހަމަ ގައިމުވެސް ޑިޕްލޮމަސީ އަށް ފުރުސަތު ނެތް ކަމުގައެވެ.އޭނާ ވިދާޅުވީ އިޒްރޭލާ އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގެ ދެބުރު ކުރިޔަށް ދިޔައިރުވެސް އެބުނާ މަޝަވްރާތައް […]
ނޭޕާލުގެ ބޮޑުވަޒީރަކަށް ދެން ވާނީ ރެޕް އާޓިސްޓެއް؟

ނޭޕާލުގައި ބުރާސްފަތިދުވަހު ބޭއްވުނު އާންމު އިންތިޚާބުގައި، މިހާރުގެ ބޮޑުވަޒީރު ޝަރްމާ ކޭޕީ އޮލީ ވާދަ ކުރެއްވި ދާއިރާއިން އޭނާޔާ ވާދަކުރި ކުރީގެ ރެޕް އާޓިސްޓް ބަލެންދުރަ ޝާހް ވަނީ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ. އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ވަނީ އުމުރުން ތިރީސް ފަސް އަހަރުގެ ޝާހް އަށް68،348ވޯޓު ލިބުނު އިރު ބޮޑުވަޒީރު އޮލީ އަށް ލިބިވަޑައިގެންނެވީ 18،734ވޯޓުކަން ޔަގީން ކޮށްދީފައެވެ. އެހެން ކަމާއެކު ޝާހު މިވަނީ ބޮޑުވަޒީރަށް ވުމާ ގާތަށް ޖެހިލާފައެވެ.ބުރާސްފަތިދުވަހުގެ އިންތިހާބަކީ […]
އުފަންވިއިރު ގުޅިފައި ތިބި ސޯމާލިޔާގެ ތުއްތު ދެކުދިން ކާމިޔާބު ކަމާއެކު ވަކި ކޮށްފި

އުފަންވިއިރު ގުޅިފައި ތިބި ސޯމާލިޔާގެ ތުއްތު ދެކުދިން ކާމިޔާބް ކަމާއެކު ވަކި ކޮށްފިއެވެ.ދެކުދިން ވަކި ކުރުމަށް 12 ގަޑިއިރުގެ އޮޕަރޭޝަން ކޮށްފައިވަނީ ސައޫދީއަރަބިއްޔާގެ ރިޔާޟް ގައި ހުންނަ ކިންގ އަބްދުލް އަޒީޒް މެޑިކަލްސިޓީގެ ދަށުން ހިންގާ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްރަންސް ހޮސްޕިޓަލްގައެވެ. އޮޕަރޭޝަން ކުރި ސަރޖިކަލް ޓީމް ގައި އިސްކޮން ހުންނެވީ ޑޮކްޓަރ އަބްދުﷲ އަލް ރަބީއާ އެވެ.އޭނާއަކީ ސަލްމާން ރަސްގެފާނު ދަރުމަޔަށް ހިންގަވާ ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ ގެ […]
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މިހާތަނަށް 11،000އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފައިވޭ

އެމެރިކާގެ މަދަދާއެކު އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތަކަށްފަހު ސަރަހައްދުގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން މިހާތަނަށް 11،000އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. އަދި މިހާގިނަ އަދަދެއްގެ ފްލައިޓް ތައް ކެންސަލް ކޮށްފައި ވުމުން މެދުއިރުމަތީގެ ގަމުތަކުގައި އެތައްހާސްބަޔަކު ވަނީ ފުރޭގޮތް ނުވެ ބަންދު ވެފައެވެ. ޔޫރަޕްގެ ބައެއްގައުމުތަކަށް ނިސްބަތްވާ މީހުން އަބުރާ ގެންދިއުމަށް ޔޫރަޕިއަން ކޮމިޝަންގެ އެހީތެރިކަމާއިއެކު ޚާއްސަ ފްލައިތްތަކެއް ވަނީ ބާއްވަން ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަ ފްލައިޓް […]
ހަނގުރާމައިގެ ހަރަކާތެއް އިންޑިޔާ ކަނޑުން، ރާއްޖެއާވެސް ގާތުން

އިންޑިޔާ ކަނޑުން ދަތުރު ކޮށްފައިދިޔަ އީރާނުގެ ހަނގުރާމަ މަތީ މަނަވަރަކަށް އެމެރިކާގެ ސަބްމެރީންއަކުން ޓޮޕިޑޯއެއް ފޮނުވާލައިގެން މަނަވަރު ގޮއްވާލާ ފައްތާލައިފިއެވެ. މި ހާދިސާ ހިނގިއިރު އީރާނުގެ މަނަވަރު އޮތީ އިންޑިޔާ ކަނޑުގައި ސްރީލަންކާގެ ދެކުނުން ފަންސަވީހަކަށް މޭލު ބޭރުގައެވެ. އެއީ ރާއްޖެއާވެސް ވަރަށް ކައިރި ހިސާބެކެވެ.އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު ވިދާޅުވީ އެމެރިކާގެ ސަބްމެރީނަކުން އީރާނުގެ ހަނގުރާމަމަތީ މަނަވެއް އިންޑިޔާ ކަނޑުތެރެޔަށް ފައްތާލުމުގައި ކާމިޔާބީ ހާސިލް ކުރެވިފައިވާ ކަމުގައެވެ. އަދި ބޯޓު ކަނޑަށް ފެތިގެން […]
ސައޫދީގައި ނުފުރިފައިތިބި ޖީސީސީ ގައުމުތަކުގެ ރައްޔިތުންނަށް އެހީވާން ހޮޓްލައިނެއް

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަޔާ ގުޅިގެން ސައޫދީ އަރަބިއްޔާ ގައި ނުފުރިފައި ތިބި ގަލްފް ކޯޕޮރޭޝަން ކައުންސިލްގައި ހިމެނޭ ގައުމު ތަކުގެ ރައްޔިތުން ނަށް ޚާއްސަ ކޮށްގެން އެގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ހޮޓްލައިން ނަމްބަރު ތަކެއް ގާއިމް ކޮށްފިއެވެ. އެ މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ގަލްފް ގައުމު ތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ސައޫދީ އެއާޕޯޓްތަކުގައި ބަންދު ވެފައި އެބަތިއްބެވެ.އެހެން ކަމުން އެމީހުން […]
އެންމެ ވަރުގަދަ ހަމަލާތައް އަދި ކުރިޔަށް އޮތީ: އެމެރިކާ

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ހޮނިހިރުދުވަހު ފެށި ހަނގުރާމަ ތިންވަނަ ދުވަހަކަށް ކުރިޔަށް ގޮސްފައިވާއިރު، އެންމެ ވަރުގަދަ ހަމަލާތައް އަދި ކުރިޔަށް އޮތީ ކަމަށް އެމެރިކާއިން ބުނެފިއެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ މިއީ ހަނގުރާމައިގެ އުކުޅުތައް ކަމަށާ މިކަންކަން އަދި ހާމަ ކުރެވެން ނޯންނާނެ ކަމުގައެވެ. ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ދޭ ހަމަލާތައްދަނީ ވަރުގަދަ ކުރަމުންނެވެ. މިގޮތުން ޤަތަރު ގެ ވެރިރަށް ދޯހާ، ދުބާއީ އަދި ކުވެއިތުގައި ވެސް ބާރުގަދަ ގޮވުން […]
ހުރިހާ އަމާޒެއް ހާސިލް ވަންދެން އީރާނާ ދެކޮޅަށް މިލިޓަރީ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ: ޓްރަމްޕް

އިޒްރޭލުން އީރާނާދެކޮޅަށް ހޮނިހިރުދުވަހު ދޭންފެށި ވަރުގަދަ އުދުވާނީ ހަމަލާތައް އަދިވެސް ހުއްޓާނުލާ ކުރިޔަށްގެންދާއިރު،ރައްދުގައި އީރާނުންވެސް ވަށައިގެންވާ ބައެއް ގައުމުތަކުގައިވާ އެމެރިކާގެ ތަންތަނަށް މެދުނުކެނޑި ދަނީ ހަމަލާ ދެމުންނެވެ. އީރާނުގެ ހަމަލާތަކުން ޔޫއޭއީގައި 3 މީހުން މަރުވެފައިވާއިރު ކުވޭތުންވެސް އެކަކު މަރުވެފައިވާ ކަމަށް ވެއެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރަލާގޯއިން ވޮޝިންގޓަން އަށް އާދީއްތަ ދުވަހުގެރޭ ވަދައިގެންފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާދެކޮޅަށް ހިންގާ އޮޕަރޭޝަން ކުރިޔަށް ދަނީ ކަނޑައެޅިފައިވާ ޝެޑިއުލް އަށްވުރެ ކުރިޔަށް ކަމުގައެވެ.އަދި އެމެރިކާސިފައިން ހަމަލާދީ […]
އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވެފައިވާކަން އެގައުމުގެ ސްޓޭޓް މީޑިޔާއިން ޔަގީންކޮށްދީފި

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައިވާކަން އެގައުމުގެ ސްޓޭޓް މީޑިޔާއިން ޔަގީން ކޮށްދީފި އެވެ. މިޚަބަރު އިއުލާން ކުރަމުން ސްޓޭޓް ޓީވީން ބުނީ އަލީ ޚާމަނާއީ ޝަހީދުވެފައިވާ ކަމުގައެވެ. އެހެން ނަމަވެސް އޭނާޔަށް ފަހު އެމަގާމަށް ވަޑައިގަންނަވާނެ ފަރާތެއް އަދި ކަނޑައަޅާފައި ނުވާކަމަށް ބުނެފައި ވެއެވެ.ޚާމަނާއީ އަވަހާރަ ވުމާއި ގުޅިގެން އީރާނުގައި ވަނީ 40 ދުވަހުގެ ހިތާމަ ފާޅު ކުރުން އިއުލާން ކޮށްފައެވެ.އާޔަތުﷲ އަލީ ޚާމަނާއީ އަކީ އީރާނުގެ ވެރިކަމުގެ ބާރުގައި ހިމެނިވަޑައިގަންނަވާ […]