ހުޅުމާލެ ފޭސް 2 ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީން (36އ) އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު […]
ބަންގްލާދޭޝް އާއި ޕާކިސްތާނުގެ ދެބަސްވުންތައް ނައްތާލުމުގެ މަޝްވަރާ ފެށިއްޖެ

ކުރީގެ ޕާކިސްތާނުން ވަކިވުމަށްޓަކައި 1971 ވަނަ އަހަރު ދެކެނު އޭޝިޔާގެ މުސްލިމް ދެ ގައުމު މިހާރުގެ ޕާކިސްތާނާއި ބަންގްލާދޭޝް އިން ކުރި ހަނގުރާމައިގާ މަރުވެދިޔަ މީހުންނާއި އަދި އިރުމަތީ ޕާކިސްތާނުގެ ގޮތުގައި ހޭދަވެގެންދިޔަ ދުވަސްވަރު ގައުމަށް ލިބުނު އާމްދަނީގެ ތެރެއިން ބަންގަލާދޭޝްއަށް ލިބެންޖެހޭ ހިއްސާއާއި ދެ ގައުމުގައި އުފެދިފައިވާ ދެކޮޅުވެރި ފިކުރުތައް ނައްތާލުމުގެ މަޝްވަރާތައް ބަންގްލާދޭޝްގެ ޑާކާގައި ފެށިއްޖެއެވެ. ބުރާސްފަތި ދުވަހު ފެށުނު މި މަޝްވަރާތަކުގައި 1971 ގެ ހަނގުރާމައިގާ ޕާކިސްތާނު ސިފައިން ހިންގާފައިވާ ޖަރީމާތަކަށް މައާފް […]
މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ފަށައިފި

ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ބ. ފެހެންދޫގައި އިފްތިތާހުކޮށްފިއެވެ. މިއީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. މި ހުއްދަ […]
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ. ޤައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ވަނީ ދާއިރާއެއް އިތުރުކޮށްފައެވެ. ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަލަށް ހުޅުވާލާފައިވާ ދާއިރާއަކީ ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، […]
ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް މިއަދު ވަދެއްޖެ އެވެ. އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެފައި ވަނީ 2018 ވަަނަ އަހަރުންފެށިގެން ބަލަމުން އަންނަ ކަރަޕްޝަންގެ ތަހުގީގަކަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއްކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމުން އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މިކަންހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު ކުރި ޕޯސްޓެއްގައެވެ. ކަސްޓަމްސް އިން ބުނީ، ރާއްޖެ އަށް ”ސިއްރުން“ އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެއެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ […]
މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް ޚާމަނާއީގެ ސިޓީފުޅެއް ޕޫޓިން އަށް!

އެމެރިކާއިން ބޭނުންވާ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވާނަމަ އީރާނަށް ބޮންއަޅާނެ ކަމުގެ އިންޒާރާއެކު އެމެރިކާއާއި އީރާނުން ރޯމްގައި ފަށަން ރާވާފައިވާ ނިއުކްލިއަރ މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ފަތްކޮޅަކާއެކު އެ ގައުމުގެ ޚާރިޖީ ވަޒީރު، ރަޝިޔާގެ ރައީސް އަރިހަށް ފޮނުއްވައިފިއެވެ. ރަޝިޔާއަކީ އީރާނާއި ވަރަށް އެކުވެރި ގައުމެކެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ބާރުގައި ޔޫ އެން ސެކިއުރިޓީ ކައުންސިލް ފާސްކުރަން މަސައްކަތްކުރާ ކޮންމެ ގަރާރެއް […]
ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވަނީ

ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވާނެ ކަމަށެވެ. އަދި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން އަލަށް ހުޅުވަން ނިންމާފައި ވަނީ 3 ބުރީގެ ދާއިމީ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. […]
ޗައިނާއަށް ނަފްރަތު ކުރިއަސް ޗައިނާގެ އުފެއްދުމަކާ ނުލައި ދިރިއުޅުން ފުރިހަމަ ނުވެއެވެ.

އެމެރިކާއާއި ޗައިނާގެ ވިޔަފާރި ހަނގުރާމަ ހޫނުވަމުންދާ މިވަގުތުގައި ރައީސް ޓްރަމްޕްގެ ޕްރެސް ސެކްރެޓްރީ 27 އަހަރުގެ ކެރޯލީން ލީވިޓް ޗައިނާގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ ރަތްކުލައިގެ ހެދުމެއް ލައިގެން ހުރުމުން ސޯޝަލް މީޑިއާތަކުގެ ރަތް ސުރުޚީއަށް ވެގެން ހިނގައްޖެއެވެ. އެކަމަނާ ކަޅުކުލައިގެ ފަށެއް އަޅާފައިހުރި ރަތްކުލައިގެ އެ ހެދުން ލައްވައިގެން ހުންނެވި ފޮޓޯ އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރު ޒާންގް ޒިޝާނަށް ފެނިވަޑައިގަތުމުން ވެއިބޯގެ ސްކްރީންޝޮޓަކާއެކު އެކްސްގައި ޕޯސްޓް ކުރެއްވީ ކަމަށް ވެއެވެ. ވެއިބޯ ބޭނުންކުރާމީހުން ހަމަވަގުތުން އެއީ […]
ތުރުކީއާ ރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ތުރުކީއާ ރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، އިސްތަންބޫލްގައި ތިއްބަވާ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެ އާއި ތުރުކީއާ […]