އިންޑިއާ-ޕާކިސްތާން: ހަމަލާތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވެއްޖެ

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ބަދަލު ކުރަމުން އައި ހަމަލާތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ރޭ ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެފައވާ ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ޕަހަލްގަމްގައި ދިން […]

ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އިތުރު ފަސް ދުވަސް މިއަދު ޖަހައިފިއެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައި ވަނީ މާރިޗު 24 ވަނަ ދުވަހުގެ ރޭ 6:20 އެހާ ކަންހާއިރުއެވެ. އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ ބަންދަަށް ޖެހީ ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް […]

ޑިޖިޓަލައިޒްކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭން ކޮރަޕްޝަންގެ ވަބާ ނައްތާލުން: ރައީސް

ޑިޖިޓަލައިޒްކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރައިގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު […]

ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް އިސް މަގާމުތަކަށް ބަދަލެއް

ދިވެހި ފުލުހުން ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ. މި ބަދަލުތަކުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ވަނީ ކަނޑައަޅާފައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑަރޑްސް […]

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ފޭސް -2 ހިޔާ ޕާކުގައި ’އުފާ ފެސްޓިވަލް‘ ބާއްވަނީ!

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން ’އުފާ ފެސްވިޓަލް‘ ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ. އިޖުތިމާއީ އަދި އާއިލީ ތަަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެސް-2 ’ހިޔާ ޕާކު‘ ސަރަހައްދުގައި ކަމަށެވެ. މި ހަވީރު ކުރިއަށްދާނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ […]

ޕޮލިސް ޓްރެއިނިންއެއްގައި އުޅެނިކޮށް ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

ޕޮލިސް ޓްރެއިނިންއެއްގައި އުޅެނިކޮށް ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ. ދ. ވާނީގައި ޓްރެއިނިން ހަދަމުންދަނިކޮށް ހާލު ދެރަވެ 34 އަހަރުގެ ރެކްރޫޓެއް މާލެ ގެނެސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އެއާ އެމްބިއުލާންސްގައި އިތުރުފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އިތުރު ފަރުވާ ފަށާފައި ވަނީ އެ ދުވަހުގެ މެންދުުރުއެވެ. ފުލުހުން އެ ދުވަހު ބުނީ އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށާއި ފަރުވާ ދެމުން […]

ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބާރަށުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

ހއ. ބާރަށުގައި ސިހުރު ހަދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތާކައި ގުޅިގެން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށު 8 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. މި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ […]

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާއަޅައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާއަޅައިފިއެވެ. މިއަދު ބޭއްވި އެ އިމާރާތުގެ ބިންގާއެޅުމުގައި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވައިފިއެވެ. ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީ ބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ. އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް […]

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވުމުން އެކްސިޑެންޓުވެއްޖެ!

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަައިގައި މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާ މަންޒިލް، ނާޝާދު ވަލީދު މުޙައްމަދު […]

ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން އެމެރިކާއިން ކުރާ މަސައްކަތް ރަޝިޔާގެ ކޮޅަށް ބުރަވެފައި

މިފަހަރު މަޝްވަރާތައް ކުރެވިފައިވަނީ އެއްކޮޅުން ސެއިންޓް ޕީޓަރސްގެ ޝަރަފްވެރި ބެސިލިކާގައެވެ. އަނެއްކޮޅުން ދުނިޔޭގެ ސުޕަރޕަވަރ ރަމްޒުކޮށްދޭ ވައިޓްހައުސްގެ އޯވަލް އޮފީހުގައެވެ. ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ކުރެވެމުންދާ މި މަޝްވަރާތައް ފެންނަ ފެނުމުގައި ރަޝިޔާގެ ކޮޅަށް މާބޮޑަށް އޮންނަނީ ބުރަވެފައެވެ. މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ކަންތައްތައް ގޯސްކުރައްވަނީ ރައީސް ޒެލެންސްކީ ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ގެންދަވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވަމުންނެވެ. އަދި ހަނގުރާމަ ހުއްޓުވައި ސުލްހަވެރި ކަން ކަށަވަރު ކުރުމަށްޓަކައި ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް […]