އީގަރ އެފޯ ތެދުމަގު ހޯދުމަށް ކުރި ދަތުރު

– ނަޞާރާދީނުން އިސްލާމްދީނަށް ވަންނަ އެންމެ ގިނަ އެއްބަޔަކީ އެދީނުގެ ޢިލްމުވެރިންނެވެ. ނަމަވެސް އިސްލާމީ ދަންނަބޭކަލުން ނަޞާރާ ދީނަށް ވެންނެވި ވާހަކަ ދުވަހަކުވެސް އަޑުއެއްސެވިންތޯއެވެ؟ މިއީވެސް ޙައްޤަކީ ކޮބައިކަން ދައްކައިދޭ ދަލީލެކެވެ. – – ޢަބްދުލްކަރީމް އީގާރ – އަހަރެން ބޮޑުވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ: އަހަރެން އުފަންވީ 1977 ގެ ޑިސެމްބަރ މަހުގައެެވެ.އަހަރެންގެ ބައްޕައަކީ ރަށުގެ ބޮޑު ފައްޅީގެ އިސްފާދިރީއެވެ. ދާދި ކުޑައިރުއްސުރެ އަހަރެންނާއި އަހަރެންގެ ކޮއްކޮމެން ތަރުބިއްޔަތު ކުރެވެމުން އައީ ބައްޕަގެ މަގާމަށް ނުވަތަ ނުވަތަ […]