ދަރަނިވެރިންގެ ތަރައްގީ

މިދާކަށްދުވަހު އިންޑިއާގެ ސަތިޔާމޫރްތީ ކިޔާ މީހަކު ލިއެފާއޮތް ލިއުމެއް ކިޔާލަން ލިބުނެވެ. އެލިއުމުގައި ހުރި ވާހަކަތަކުގެ ތެދު ދޮގު ކަމާދޭތެރޭ އެއްޗެއް ބުނާކަށްނެތީމެވެ. އަދި ހަމަ އެފަދައިން އޭނާގެ މަގްސަދާދޭތެރޭވެސް އެއްޗެއް ބުނާކަންނެތީމެވެ. ސަބަބަކީ ލިއުންތެރިންނަކީ ކިތަންމެ އިންސާފުން ހަމަހަމަކަމާއެކު ލިޔަން ބޭނުންވާބަޔަކު ކަމުގައިވިޔަސް އެކަން އެގޮތަށް ނުކުރެވޭތީއެވެ. ކޮންމެމީހަކުވެސް ބޭނުންވާނީ އެމީހަކުގެ ވިސްނުމާ ފިކުރު އަނެކުންލައްވާ ގަބޫލުކުރުމެވެ. އަދި ހަމައެފަދައިން ކޮންމެމީހަކުވެސް ރުހޭ ކަންތަކާ ނުރުހޭ ކަންތަކާ އަދި ބޭނުންވާކަންތައްތައްވެސް ތަފާތުގޮތަކަށް ހުންނާނެތީއެވެ. އެހެންނަމަވެސް އެ […]

ރައީސް ނަޝީދަކީ ވެރިކަމަށް ތަސައްރަފު ނުފުދޭ ބޭފުޅެއް – ބިން ޙައިދަރ

Mohamed Nasheed Maldives News

އަޅުގަނޑު ދަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ ހެޔޮ މިޒާޖެއްގެ ނަމަވެސް ގޮތްދޫނުކުރުމުގެ އެންމެހާސިފަތައް އޭނާގެ ކިބައިގައި އަށަގަންފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރިދަތުރުގައި ބުރަމަސައްކަތެއްކުރެއްވި ބޭފުޅެއްމެއެވެ. ގައުމުގައި އޭރުއޮތް ޚުދުމުޚުތާރު ވެރިކަން ނިމުމުކަށް ގެނައުމަށް އަޅުގަނޑުމެނާއި އެކު މަސައްކުރެއްވި ކެރޭ އެކަކުކަމުގައި ދަންނަވަންޖެހެއެވެ. އެގެނެވުނު ބަދަލުގެ ތެރެއިން ފަހަރެއްގައިވެސް ތާރީޚުއިއާދަވިޔަނުދެއްވަން މަސައްކަތްކުރިތަނެއް ނުފެނުނެވެ. ތާރީޚާއި ދިވެހިން ދަންނަ ބޭފުޅަކަށް ވީހިނދުމެ އާޚިރުނަތީޖާމިދެއްކީ ދިމާ އިދިކޮޅަށެވެ. ވެރިކަމާ ހަވާލުވިފަހުން އިތުރުފުޅު ހެއްދެވުން މާބޮޑުވެގެންދިއައެވެ. ރައްޔިތުމީހާ ވެރިމީހާ ބުނާކޮންމެއެއްޗެއް […]