ރައީސް ނަޝީދަކީ ވެރިކަމަށް ތަސައްރަފު ނުފުދޭ ބޭފުޅެއް - ބިން ޙައިދަރ

Loading

Facebook
Twitter
WhatsApp
Mohamed Nasheed Maldives News

އަޅުގަނޑު ދަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ ހެޔޮ މިޒާޖެއްގެ ނަމަވެސް ގޮތްދޫނުކުރުމުގެ އެންމެހާސިފަތައް އޭނާގެ ކިބައިގައި އަށަގަންފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރިދަތުރުގައި ބުރަމަސައްކަތެއްކުރެއްވި ބޭފުޅެއްމެއެވެ. ގައުމުގައި އޭރުއޮތް ޚުދުމުޚުތާރު ވެރިކަން ނިމުމުކަށް ގެނައުމަށް އަޅުގަނޑުމެނާއި އެކު މަސައްކުރެއްވި ކެރޭ އެކަކުކަމުގައި ދަންނަވަންޖެހެއެވެ.

އެގެނެވުނު ބަދަލުގެ ތެރެއިން ފަހަރެއްގައިވެސް ތާރީޚުއިއާދަވިޔަނުދެއްވަން މަސައްކަތްކުރިތަނެއް ނުފެނުނެވެ. ތާރީޚާއި ދިވެހިން ދަންނަ ބޭފުޅަކަށް ވީހިނދުމެ އާޚިރުނަތީޖާމިދެއްކީ ދިމާ އިދިކޮޅަށެވެ. ވެރިކަމާ ހަވާލުވިފަހުން އިތުރުފުޅު ހެއްދެވުން މާބޮޑުވެގެންދިއައެވެ. ރައްޔިތުމީހާ ވެރިމީހާ ބުނާކޮންމެއެއްޗެއް ގަބޫލުކުރާނެކަމަށް ވިސްނިގެން ކަންތައްކުރަށްވާކަހަލައެވެ. ބަހާ ޢަމަލާ ދިމާނުވުމުގެ މައްސަލަ ވަރަށްބޮޑެވެ. މިފަދައިން ކަންތައްވާކަމުގައި ދަންނަވައިފިނަމަ ވިދާޅުވަނީ ”މަނޫން އެހެންމީހުން ބުނާކަންތައްވެސް ނުވެއޭ“ މިވެނިމީހަކު ބުނިކަމެއްވެސް ނުކޮށްދޭވޭކަމަށެވެ. މިވެނި މީހުންވެސް ވެރިކަންކުރިގޮތް ވިކި މުޑުދާރުކަން ކުޑަހެއްޔެވެ؟

އެމްޑީޕީއަށް ދިވެހިން ވެރިކަމެއް 2008 ޙަވާލުކުރިތޯއެވެ. 2018 ގައިވެސްމެއެެވެ. އެމްޑީޕީގެ މެނިފެސްޓޯ ބަލައި ރައްޔިތުން އެގަބޫލުކޮށް ވޯޓްދީގެން ވެރިކަމެއް ނުގެންނަކަންވެސް ހަދުމައެރުވީމެވެ. ނަމަވެސް ޝަޚުސިއްޔަތު ފެނުނުވަރަކުން މިޙަގީގަތް ގަބޫލުފުޅު ކުރަށްވަން ދަތިވެފުޅުފައިވާކަމަށް ދެންނެވިދާނެއެވެ. 2008 ފުރަތަމަ ރައުންޑްގައި އެމްޑީޕީއަށް ލިބުނީ 23% ވޯޓްނޫންތޯއެވެ. އެއީވެސް ޑރ. ވަހީދު އެމްޑީޕީގެ ރަނިންމޭޓްއަކަށް ހެެއްދެވިފަހުންނެވެ. ވީއިރު ކިތެއްވޯޓްތޯ އެމްޑީޕީއަށްލިބުނީ ސުވާލުދެންނެވި ދާނެއެވެ.  މިޙަގީގަތް ގަބޫލުފުޅު ކުރެއްވުމުގެ ބަދަލުގައި ވެރިކަން ގައުމީ އިއްތިހާދަށް ލިބުމުން މުޅިވެރިކަން އަމިއްލަފުޅުކުރަށްވަން މަސައްކަތްކުރެއްވިއެވެ. އެކަން މަގުފަހިކުރުމުގެ ގޮތުން ގައުމުގައި ތިބި އަނގަގަދަ މިތުރުންތަށް ހަދިޔާބަދިޔާ ދީގެން ޕާޓީއަށް އިތުރުކުރެއްވިއެވެ. ފުރަތަމަ އޭރުގެ ޑީއާރުޕީ ގައި ހުންނެވެ ބަސްމޮށުން މޮޅު ޖާނުންވެސް ބިޔަ ބޭފުޅެކެވެ. އަދި ޚާއްސަގޮތެއްގައި ރީކޯމުސަ ގެ މުށުތެރޭގައި ރައީސް ނަޝީދު  ވީކަހަލައެވެ. ވެރިކަމުގައި ތިބެމެ މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔަކަމީ ޙަގީގަތެކެވެ.

ޕާޓީވެރިކަމަށް ގެނައުމަށް ޖާނާއި މާލުން ގުރުބާންދިން ގިނަމީހުންގެ ލަފާހޯދުމާއި ލަފައެއްދީފިނަމަ އަޑުއެހުންވެސް ފަހަކަށް އައިސް ރައީސް ނަޝީދު ދޫކޮށްލެއްވިއެވެ. އަދި ބަސްމޮށުންވެސް ޖަދަލުކުރުމުގެ ބަހުރުވަޔަށް ބަދަލުކޮށް އެބޭފުޅާގެ ވިސްނުންފުޅާ އެއްގޮތަށް ޖަދަލުކުރެވޭ ”މޮޅު“ ފެންވަރުގެ މީހުންގެ ބަސްގަބޫލުކޮށް ގައުމުގެ މެޖޯރިޓީއާއި ދެކޮޅަށް ތެދުވެ މީހާ އޮޅިގެން ދިއުމުގެ ނަތީޖާއަކީ ރައްޔިތުންނިކުމެ ވެރިކަމުން ދުރުކުރުމެވެ.

ރައީސްނަޝީދުގެވެރިކަން މިފަދަ ގޮތެއްގައި ނިމިދިއުމުން ހިތާމަކުރަމެވެ. ނަމަވެސް މިއީ އެކަންވާނެގޮތެވެ. މަގުމައްޗަށްނިކުމެ މުޒާހަރާ ގާނޫނު ހޯދިކަމަށް ދަޢުވާކުރިމީހުންކަމުގައިވާއިރު އަހަރެމެނަށް ދަސްވީކޯއްޗެއްތޯއެވެ. ލިބުނުތަޖުރިބާ ބޭކާރުގޮތުގައި ބޭނުން ކުރުމުގެ ނަތީޖާހިތިނޫންތޯއެވެ؟ ރައީސްނަޝީދުގެވެރިކަމަކީ އެތަށްބައެއްގެ ގުރުބާނީ ކަމުގައިވީއިރު އަމިއްލައެދުމުން ތަތްތެޅިފައިވާ ގޯތިތަކުގެ ވެރިންނާއި ބީއެމްޑަބްލިއޫ ކާރުގެވެރިންނާއި މުންޑު ސޭޓުމެން މިމީހުންނަކީ ކިހާއެމްޑީޕީގެ މީހުންތޯވެސް ސުވާލުކުަރީމެވެ. ރައީސް ނަޝީދުވެރިކަން  2012 ގައިނިމުނުއިރު އެމްޑީޕީއަށް ވެރިކަންގެއްލުމުގެ ޒިންމާނަގާނެގީ ކާކުހެއްޔެވެ. ޔަގީނުންވެސް ތާރީޚު ހެކިދޭނީ ކުރީގެ ރައީސް ނަޝީދަކީ ވެރިކަން ކުރެވޭފަދަ ގާބިލުކަންނެތް އެކްޓިވިސްޓެއްގެގޮތުގައިކަން ޔަގީނެވެ. މިހާރު މަޖިލިސްގައިވެސް މިފެންނަން ފެށީ ހަމަ އެމަންޒަރުތަކެވެ. ކިތައްމެ ފޮރުވަން އުޅުނަސް އެމްޑީޕީގެ ވަރަށްގިނަ ބޭފުޅުން އަލުން ކުރިގައެޖެއްސްވި ސަކަރާތް އަލުން ޖަހާކަށް ބޭނުމެއްނުވެއެވެ. ބޭނުންވަނީ ސޯލިހާއެކު ކޯލިޝަންގެ ނަންވެސް ބާއްވައިގެން ވެރިކަމުގެ ޓާމެއް ނިންމާލުމަށެވެ. ނިމިދާނެގޮތް އަނެއްކާވެސް ބަލަންހުރީމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް

// Function to insert the first ad after the 2nd paragraph function insertFirstAdvertisement() { var adContainer = document.querySelector('.elementor-element-c6809bc'); var firstAdHtml = ` `; var paragraphs = adContainer.querySelectorAll('p'); if (paragraphs.length >= 2) { paragraphs[1].insertAdjacentHTML('afterend', firstAdHtml); } } // Function to insert the second ad after the final paragraph function insertSecondAdvertisement() { var adContainer = document.querySelector('.elementor-element-c6809bc'); var secondAdHtml = ` `; var paragraphs = adContainer.querySelectorAll('p'); var lastParagraph = paragraphs[paragraphs.length - 1]; if (lastParagraph) { lastParagraph.insertAdjacentHTML('afterend', secondAdHtml); } } // Call the function to insert advertisements insertFirstAdvertisement(); insertSecondAdvertisement();