މަރުވެ، ކުނިވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ

    މަރުވެ، ހަށިގަނޑު ކުނިވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ. ފުލުހުން  މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނުނީ މާލޭ މައްޗަންގޮޅީގައި ހުރި ފަޅު ގެއަކުންކަމަށެވެ. އެމީހާ ފެނުނީ ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ ގޭގެ ތެރެއިން މަރުވެފައި އޮތީ ފިރިހެނެކެވެ.  ނަމަވެސް އެއީ އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ސާފެއް […]

ގިނަ އަދެއްގެ މަސްތަކުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި

  މާލެ ސިޓީން ގިނަ އަދަދެއްގެ މަސްތަވާތަކެއްޗާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހުން ހަތްޔަރުކުރީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު […]

ވިއެމުގެ ތެރޭގައި ކޮނޑު ތާށިވެގެން ކުއްޖަކު މަރުވެއްޖެ

  އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ( އޭއީއެޗް)ގައި މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ކުޑަކުއްޖާގެ ކޮނޑު ތާށިވެގެން މިއަދު ފަތިހު މަރުވެއްޖެއެވެ. އޭއީއެޗްގައި ވިހެއި ކުޑަކުއްޖަކު މަރުވުމާއި ގުޅިގެން އެ ހޮށްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުން ( ޝޯލްޑާ ޑިސްޓޯޝިއާ)ގެ ސަބަބުން ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ. މަދުން ނަމަވެސް ދިމާވާ ޝޯލްޑާ ޑިސްޓޯޝިއާގެ ހާލަތުގެ ސަބުބުން މައިމީހާއާ ކުއްޖާގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު އޮވެ […]

އައްޑޫ ސިޓީއަށް ބޮޑުމަހެއް ލައްގައިފި

    މަރުވެފައިއޮތް  ބޮޑު މަހެއް އައްޑޫ ސިޓީއަށް ލައްގައިފި އެވެ. މި ބޮޑުމަސް ލައްގާފައިވަނީ މިއަދު ހެނދުނު އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ފުއްޓަރު ފަރާތާ ދިމާއަށެވެ. މަސް ކައިރިން ދުށް މީހަކު ބުނީ މި މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާ  މަސް ލައްގާފައިވާ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްއާއި ގުޅިގެން މި މަސް އެތަނުން ނެގުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.  

މާލޭގެ މިސްކިތްތަކުގައި ކެމެރާހަރުކުރަނީ

    މާލޭ މިސްކިތްތަކުގައި ކެމެރާހަރުކުރާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލްން ބުނީ މިސްކިތްތަކުގައި ކެމެރާ ހަރުކުރަނީ އެ ކައުންސިލުގެ  ފަރާތުން، މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 09:00 ގައި ބީލަން ރަޖިސްޓްރީ ކުރުމާއި މައުލުމާތު ސާފްކުރުން އެއިދާރާގައި އޮންނާނެ ކަމަށެވެ. އަދި އަގުހުށަހެޅުން މިމަހު 23 ގައި […]

ކަނޑު ދަތުރުކުރާފަރާތައް ސަމާލުވުމަށް އިލްތިމާސްކޮށްފި

  ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓުގާޑުން އިލްތިމާސްކުރައްވައިފިއެވެ. އެމްއެންޑީއެފުން ވަނީ ވައިގަދަވެ ކުރިމަތިވެދާނެ ހާދިސާއަކަށް ހުރިހާ ފަރާތްތަކުން ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ކަނޑު ދަތުރުކުރުމުގައި ސަމާލްވުމަށް އެމްއެންޑީއެފްން ވަނީ އިލްތިމާސްކޮށްފައެވެ.   ކުރިއަށް  އޮތް ތިން ދުވަހު ރާއްޖެ އަށް ވައިދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓްވެސްވަނީ ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ  ހއ.އަތޮޅާއި ހދ.އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ […]

މާލެ ސިޓީ ކައުންސިލްގެ އެސްޖީ އަކަށް އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ

      މާލެ ސިޓީގެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ރައީސް އަބްދުއްލާ ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު  ހަމަޖައްސައިފި އެވެ. އެސްޖީގެ މަގާމަށް މުޖުތަބާ ހަމަޖެއްސުމާ ގުޅިގެން އޭނާ ވަނީ އިއްޔެ އިން ފެށިގެން އޮފީހަށް ނިކުންނަވަން ފައްޓަވާފަ އެވެ. މާލެ ސިޓީ ކައުންސިލްގައި އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ އަގުލަބިއްޔަތު އޮތް އިރު މުޖުތަބާ އަކީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސް ދައުރެއް […]

ނަރުހަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލަ ފޮރުވުމުން ޓްރީ ޓޮޕްގެ ބައެއް ވެރިންނަށް ދައުވާކޮށްފި

      ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް ވެރިންނަށް ދައުވާކޮށްފިއެވެ.   ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޓްރީ ޓޮޕްގެ އިސް މަގާމުތަކުގައި ތިއްބެވި ތިން ފަރާތަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެ މީހުންނަށް ދައުވާ ކުރަން ފޮނުވީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މައުލޫމާތު އެ […]

ރަހީނުކުރި ކަމަށް ބެލެވޭ އަންހެންކުއްޖާ ފެނިއްޖެ

  ރޭ ދަންވަރު ހުޅުމާލެއިން ރަހީނު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ  އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ހުޅުމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12:50ހާ އިރު ކަމަށެވެ. އޭގެ ފަހުން މިއަދު ހެނދުނު 06:17ހާ އިރު އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. […]

ސަމާލުވޭ! ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑު ގަދަވާނެ

  ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ އަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މުސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެ އިދާރާއިން ބުނީވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި، ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މި ކޮޅިގަނޑުގެ ސަބަބުން ވައިގަދަވެ ކަނޑު ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށްވަނީ އިލްތިމާސްކޮށްފައެވެ.  ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް […]