އިތުރު އެއާޕޯޓްތަކެއް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

  އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެއާޕޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކަކާއި ހަރަދުތައް ހދ. މަކުނުދޫ – 23.3 މިލިއަން ޑޮލަރު ށ. ބިލަތްފަހި – 23.6 މިލިއަން ޑޮލަރު ބ. ތުޅާދޫ – 21.9 މިލިއަން ޑޮލަރު ތ. ވިލުފުށި – 33.3 […]

އެއްމެދު އިމާރާތުގެ ބިލު ތަސްދީގު ކުރައްވައިފި

  އެއްމެދު އިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް،  މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގައްދޫ ކައުންސިލް ރައީސް މިނިވަންވެއްޖެ

    ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަކުރި ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު (އެމްޑީ)އަށް ދައުލަތުން އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްފި އެވެ . ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލާފައިވަނީ މީގެކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ އެވެ. […]

އެފްއެސްއެމްގެ މުއައްޒަފުންނަށް ދެން މުސާރަދޭނީ މިނިމަމްވޭޖާ އެއްގޮތަށް: އެމްޑީ

  ތެލުގެ ވިޔަފާރިކުރާ ފިއުލް ސަޕްލައި މޯލްޑިވްސް( އެފްއެސްއެމް)ގެ މުވައްޒަފުންގެ މުސާރަ މި މަހު ލިބޭނީ މިނިމަމް ވޭޖާއި އެއްގޮތަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ. އެފްއެސްއެމް ރީބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގަސަމް ވިދާޅުވީ ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް އަމަލުކުރަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އެކުންފުނިން މިހާރު ކޮށްފައިވާކަމަށެވެ. “ އެގޮތުން ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް ގެންނަ ބަދަލާއިއެކު އެފްއެސްއެމްގެ 185 މުވައްޒަފުންގެ މުސާރައަށް ހެޔޮ […]

ކުޑަކުދިންގެ ހިޔާގެ މުއައްޒަފުންނަށް ދިން ނޯޓިސް ބާތިލުކޮށްފި

    ޖެންޑާ މިނިސްޓްރީގެ ދަށުން މާލެސިޓީ ވިލިގިލީގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފިއެވެ. ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ނޯޓިސް ދިނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.   ޖެންޑަރ މިނިސްޓްރީން އޭރު ބުނީ ހިޔާގެ މުއައްޒަފުން ވަކިކުރަން ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ […]

ރަށުގައި އެއްގަމު އުޅަނދު ދުއްވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލް ތަކަށް ދީފި

    ރަށްރަށުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށް ދުއްވޭނެ ޖުމްލަ އަދަދު ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދީފިއެވެ. އުޅަނދު ދުއްވޭ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފައިވަނީ އަލަށް އެކުލި “ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު“ގެ ދަށުންނެވެ. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން  ގެޒެޓްކޮށްފައިވާ މިގަވާއިދަކީރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި އެކަން ތަންފީޒްކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން […]

ލޯބިވެރިޔާގެ ފިރިމީހާ ގެއަށް އައުމުން ހަދާނެގޮތް ނޭގި ފަސްވަނަ ބުރިން ފުންމާލި މީހަކު މަރުވެއްޖެ

    ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެންމީހާގެ ފިރިމީހާ ގެއަށް ދިއުމުން ހަނދާނެ ގޮތްނޭގިގެން ގެއެއްގެ ފަސްވަނަ ބުރިން ފުންމާލި ފިރިހެނަކު މަރުވެއްޖެ އެވެ. އިންޑީއާގެ ޖައިޕޫރުގައި ހިނގި މިހާދަސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މަރުވެފައިވަނީ 29 އަހަރުގެ މޮހޮސިން ނަމަކަށް ކިޔާ ފިރިހެނެއްކަމަށާ އޭނާ ފުންމައިލީ އަންހެންމީހާގެ ފިރިމީހާގެ އަތުގައި ނުޖެހެން ކަމަށެވެ. މޮހޮސިން ފުންމައި ލުމާއެކު އޭނާ ސަލާމަތް ކުރުމަށް އެއަންހެން މީހާ އަވަހަށް ތިރިއަށް ފައިބާ ބިންމަށްޗަށް […]

ނަރުހުގެ މަރާއި ގުޅިގެން ދިވެހި އަންހެނެއް ހައްޔަރުކޮށްފި

    އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން އައި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައާއި ގުޅިގެން  އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ މިއަދު ހައްޔަރުކޮށްފި އެވެ.   ފުލުހުން ބުނީ ނަރުސް މީހާގެ މަރާ ގުޅިގެން  ކޯޓު އަމުރެއްގެ ދަށުން އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އަންހެން މީހާ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މޭރީ މަރުވި ވަގުތު އޭނާގެ ދަރިފުޅު ހުރީ ދިވެހި އަންހެންމީހާގެ ކައިރީގައެވެ. މި […]

ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމަށް އަންގައިފި

Maldives Dhivehi News

  ކުޑަކުދިންނަށް ކިޔަވައދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. އުގަންނައިދޭ ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގައި މިކަމާގުޅޭ ގަވާއިދު ”ސްކޫލްތައް ފިޔަވާ، ކިޔަވައިދޭ އެނޫންތަންތަން ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ ގަވާއިދު“ ވަނީ މިހާރު ގެޒެޓްގައި އާއްމުކޮށްފައެވެ. މިގަވާއިދުގެ މަގްސަދަކީ، ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމާއި ހިންގުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ. މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ތަންތަން: ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން […]

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީވާ ފަސް މަޝްރޫއު ހޮވައިފި

Maldives Dhivehi News

  ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި އެހީ ފޯރުކޮށްދޭނެ ފަސް މަޝްރޫއު އިއުލާން ކޮށްފިއެވެ. ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި މި އަހަރުގެ ހަތަރުވަނަ ކްއާޓާއަށް ޕްރޮޕޯޒަލް ހުށަހެޅި މަޝްރޫއުތަކުގެ  ތެރެއިން ފަސް މަޝްރޫއު ކަނޑައަޅާފައިވާ ކަމަށެވެ. މި ގޮތުން ހޮވުނު ފަސް މަޝްރޫއަކީ: 1. ނ. ހެނބަދޫ ގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން – ހާމިދު ރަޝީދު 2. ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން – […]