ހައްޖު މިޝަންގެ މެމްބަރުން ސައުދީއަށް ފުރާވަޑައިގެންފި

1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިޔާއަށް ފުރާވަޑައިގެންފިއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަންއިން ކުރަމުންދާނެ ކަމަށެވެ. ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން […]

ގިނަ އަދަދެއްގެ މަސްތުވާތަކެތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކޮށް 2 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަަމަށެވެ. މީގެ އިތުރުން ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ) […]

ރައުދުގެ ބަންދަށް 20 ދުވަސް ޖަހައިފި!

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އިތުރު 20 ދުވަސް މިއަދު ޖަހައިފިއެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައި ވަނީ މާރިޗު 24 ވަނަ ދުވަހުގެ ރޭ 6:20 އެހާ ކަންހާއިރުއެވެ. އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ ބަންދަަށް ޖެހީ ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް […]

ދައުލަތުގެ އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތް ހަދަނީ

ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭގޮތް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ަރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ. އެ ޕޮޑްކާސްޓުގައި ވާހަަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ނަމަ ރައްޔިތުންގެ ވޯޓަކުން ވަކި ކުރެވޭ ގޮތަށް ހަދައި […]

އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރު ކަމުން ވަކި ކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްުޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނެގި ވޯޓުގައި ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކި ކުރަން 67 މެންބަރުުން ވަނީ ވޯޓު ދެއްވާފައެވެ.އަދި ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 11 އަށް އަރައެވެ. މީގެ އިތުރުން ފަނޑިޔާރު މަަހާޒް މަގާމުން ވަކި ކުރަން 68 މެންބަރަކު ވޯޓު […]

ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނެސް މަނީލޯންޑާ ކުރި ބިދޭސީއަކަށް ދައުވާކުރަން ފޮނުވައިފި

ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީލޯންޑްރިންގ އަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި ބިދޭސީއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ ޝަހާދަތު ހޮސައިން، (34އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ 2025 ޖަނަވަރީ 21 ވަަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ. ފުލުހުން ބުނީ ޝަހާދަތު ހޮސައިންއަކީ 2014 ވަނަ އަހަރުން ފެށިގެން […]

މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެ: ރައީސް

 މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެ ހިޠާބުގައި ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފޮނުއްވާފައެވެ. ރައީސްގެ ހިޠާބުގައި ވިދާޅުވީ ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް […]

މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލާނެކަމުގެ އިންޒާރެއް

ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ޕާޓީގެ މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހުގެ 14ގެ ފަހުން އުވާލެވޭނެ ކަމަށެވެ.މެންބަރުންގެ އަދަދު ގާނޫނުގައި ބުނާ އަދަދަށްވުރެ މަދުވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ހަތަރު ޕާޓީއަކަށް ނޯޓިސް ފޮނުވާފައެވެ. އިލެކްޝަނުން ބުނީ އެ ހަތަރު ޕާޓީ އަކީ 3000 މެންބަރުންގެ ސޮއާ އެކު ރަޖިސްޓްރީ ކުރުމަށް ފަހު ޕާޓީން […]

42 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފ

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ. މަސްތުވާތަކެތީގެ މި މިމައްސަލައިގެ ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު އަހްމަދު ހުސައިނާއި މއ. ނޫރުއް، އަބްދުއްލާ ނަޝީދު އެވެ.އަބްދުއްލާ ނަޝީދު، އެ މައްސަލައިގައި ހައްޔަރުކުރީ މާޗް 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގަ އެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް 42 ކިލޯގެ ހެރޮއިން ފެނުނީ މ. ލަވްނެސްޓް ގޭގެ ތަޅުމުގެ ދަށުގައި ފޮރުވާފައި ހުއްޓަ އެވެ. ފުލުހުން […]

އައްޑޫ މާރާމާރީ: ޒަހަމްވި ޒުވާނާ މަރުވެއްޖެ

އައްޑޫ ސިޓީ ފޭދޫގައި ރޭ ފަތިހު ހިންގި މާރާމާރީގައި ބޮޑެތި ޒަހަމްތަކެއް ކޮށްފައިވާ ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ. މި މާރާމާރީއާއި ގުޅިގެން މަރުވެފައިވަނީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދެނިކޮށް މިއަދު ހެނދުނުގައެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ  ބުރަކަށީގައި ވަރަށް ފުން އަދި އަދި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ އޭގެ ސަބަބުން އޭނާގެ މެޔަށްވެސް ޒަހަމްތަކުގެ […]