ރަހަފަތް: ޕޮޓޭޓޯޗިޕްސް ބޯކިބާ

ބޭނުންވާ ތަކެތި:2 ދަޅު މަސް1 ޖޯޑު ގަނޑުކުރި ޕޮޓޭޓޯޗިޕްސްގިތެޔޮމިރުހެއްބޮޑު ފިޔައެއް6 ލޮނުމެދުލުނބޯކިބައެއްގެ ހުތް1 ސައިސަމުސާ ލޮނު1 ހިކަނދިފަތް6 ބިސްޗީޒް ސްލައިސް ތައްޔާރުކުރާނެ ގޮތް:ފިޔާ، މިރުސް، ލޮނުމެދު އަދި ހިކަނދިފަތް ހިމުންކޮށް ކޮށާލާށެވެ. އެއަށް ލުނބޯހުތާއި ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަސް އަޅައިގެން މަސްތައް ހިމުންވަންދެން މޮޑެލާށެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ޗިޕްސްތައް ގަނޑުފިލުވާލުމަށްފަހު އޭގެތެރެއަށް އަޅާލައި އެއްކޮށްލާށެވެ. މޮޑުނު މަސްގަނޑު ޓްރޭއެއްގައި ފަތުރާލުމަށްފަހު ޗީޒްފޮތިތައް އޭގެމަތީގައި އަތުރާލާށެވެ. 200 ޑގްރީގައި […]
ރަހަފަތް: މެންގޯ ބަނާނާ ސްމޫތީ

ބޭނުންވާ ތަކެތި:3 އަނބު4 ވައް ދޮންކެޔޮ2/1 ދަޅު ގެރިކިރު2 ތަށި ފެންއައިސްކިއުބު ތައްޔާރުކުރާނެ ގޮތް:އަނބު ކޮށާލުމަށްފަހު ދޮންކޭލާއި ގެރިކިރާއި ފެން އަދި އައިސްކިއުބު އެޅުމަށްފަހު މިކްސަރުން ގިރާލާށެވެ. ރޯދަވީއްލުމަށް މިއީ ވަރަށް ތާޒާކޮށްދޭ މީރު ބުއިމެކެވެ.
ރަހަފަތް: ފްރުޓްކޮކްޓެއިލް ސްމޫތީ

ބޭނުންވާ ތަކެތި:1 ދަޅު ފްރުޓްކޮކްޓެއިލް5 ދޮންކެޔޮވައްބައިދަޅު ގެރިކިރު2 ތަށި ފެން (ފްރުޓް ދަޅުގައި ހުންނަ ފެން ނާޅާނަމަ، އަޅާނަމަ 1 ތަށި ފެން)އައިސްކިއުބު ތައްޔާރުކުރާނެ ގޮތް:ހުރިހާ ތަކެތި މިކްސަރަށް އެޅުމަށްފަހު އައިސްކިއުބު އަޅައިގެން ގިރާލާށެވެ. ރޯދަވީއްލުމަށް މިއީ ވަރަށް ތާޒާކޮށްދޭ މީރު ބުއިމެކެވެ.
ރަހަފަތް: ޕޮޓޭޓޯ ލަޒަނިޔާ

ބޭނުންވާ ތަކެތި:2 އަލުވި (ބޮޑު)1 ދަޅު މަސް1 ފިޔާ6 ލޮނުމެދު4/1 ގިތެޔޮމިރުސް1 ހިކަނދިފަތް2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް1 ސައިސަމުސާ ޗިލީ ސޯސް2 ސައިސަމުސާ ލޮނު1 ސައިސަމުސާ ވިނެގާރގާނާފައިހުރި ޗީޒް ނުވަތަ 6 ޗީޒް ސްލައިސް1 ސައިސަމުސާ ފުށް3/1 ޖޯޑު ކިރު1 ސައިސަމުސާ އަސޭމިރުސް1 ސައިސަމުސާ ބަޓަރު2 ސައިސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:އަލުވިތައް ތުނިތުނިކޮށް ވަށްފޮއްޗަށް ކޮށާލާށެވެ. އެއަށްފަހު އަލުވިތަކުގެ މައްޗަށް ކިރިޔާ ހުންނަވަރަށް ފެން އަޅާފައި 2/1 ސަމުސާ ލޮނު އަޅައިގެން ކައްކާލާށެވެ. ކައްކާނީ އަލުވިތައް ޗަސްނުވާވަރަށެވެ.ފިޔައާއި […]
ރަހަފަތް:ޔޯގަޓް ކޭކު

ބޭނުންވާ ތަކެތި:2/1 ޖޯޑު ޕްލެއިން ޔޯގަޓް4/1 ސައިސަމުސާ ބޭކިންގ ސޮޑާ4/3 ޖޯޑު ހަކުރު6 ސައިސަމުސާ ސަންފްލާވަރ ތެޔޮ4/1 ޖޯޑު ކިރު4/3 ޖޯޑު ފުށް6 ސައިސަމުސާ ކޮކޯޕައުޑަރު2/1 ސައިސަމުސާ ބޭކިންގ ޕައުޑަރުމިލްކް ޗޮކްލެޓެއްތައްޔާރުކުރާނެ ގޮތް:ތައްޓެއްގައި ޔޯގަޓާއި ބޭކިންގ ސޮޑާ އެއްކޮށްފައި މިނިޓެއްހާއިރު ބަހައްޓާށެވެ. އެއަށްފަހު އޭގެތެރެއަށް ހަކުރާއި ތެލާއި ކިރު އަޅައި އެއްކޮށްލާށެވެ. އޭގެތެރެއަށް ފުށާއި ކޮކޯ ޕައުޑަރާއި ބޭކިންގ ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ”5X“3 ހުންނަވަރުގެ (މައިކްރޯވޭވްއަށް ލެވޭކަހަލަ) ތައްޓަކަށް ފުށްގަނޑު އަޅާލާފައި މައިކްރޯވޭވްގައި 3 […]
ރަހަފަތް:ރޯތޮރާ ސަޓަނި

ބޭނުންވާ ތަކެތި:1 ޖޯޑު ތޮރާ (މަށައި ތުނިކޮށް ކޮށާފައި)ބައި ދަޅު މަސްބައިޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)ގިތެޔޮމިރުސްލުނބޯ ކިބައެއްގެ ހުތްބައިޖޯޑު ބޯކިރުބައި ސައިސަމުސާ ލޮނު ތައްޔާރުކުރާނެ ގޮތް:ފިޔައާއި މިރުސް، ހުތާއި ލޮނު އަޅައިގެން މޮޑެލާށެވެ. އެއަށް މަސްކޮޅު އަޅައިގެން މޮޑެލުމަށްފަހު ތޮރާކޮޅު އަޅާލާފައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބޯކިރުފޮދު އަޅާލާފައި އެއްނުކޮށް ބަހައްޓާށެވެ.ބަތް ނުވަތަ ރޮއްޓާއެކު ކާލަން މި ސަޓަނި މީރުވާނެއެވެ.
ރަހަފަތް:ކަޓުލަސް ބޯކިބާ

ބޭނުންވާ ތަކެތި:1 ދަޅު މަސް300ގ އަލުވިބޮޑު ފިޔައެއް4 ލޮނުމެދުގިތެޔޮމިރުސް ފަޅިއެއްލުނބޯކިބައެއްގެ ހުތް1 ސައިސަމުސާ ލޮނު1 ބިސް ތައްޔާރުކުރާނެ ގޮތް:އަލުވި މަށާފައި ފެނުކައްކާލާށެވެ. ކެކުމުން ފެން ފުރާނާލާފައި ހިހޫކޮށްލަން ބަހައްޓާށެވެ. ރިހަޔަށް ކޮށާވަރަށް ކޮށާލާފައި ކައްކާލުމުން ހިހޫކޮށްލަން ފަސޭހަވާނެއެވެ. ފިޔައާއި ލޮނުމެދު އަދި މިރުސް ކުދިކޮށް ކޮށާލާށެވެ. ފިޔާގަނޑަށް ހުތާއި ލޮނު އަޅައިގެން މޮޑެލާށެވެ. ފިޔާގެ ދިޔަ ނުކުންނަވަރަށް މޮޑެލާފައި މަސްކޮޅު އަޅައިގެން މޮޑެލާށެވެ. އޭގެތެރެއަށް ކައްކާފައި ހުރި އަލުވި އަޅައިގެން ޗަސްކުރަމުން މޮޑެލާށެވެ. އަލުވި ވަކިން އެއްޗެއްގައި […]
ރަހަފަތް: ޕޮޓޭޓޯ ޕައި

ބޭނުންވާ ތަކެތި:3 އަލުވި (މެދު ސައިޒުގެ)4 ބިސްބޮޑު ފިޔައެއްގިޔެތޮމިރުސް ފަޅިއެއް ނުވަތަ ތޮޅިމިރުހެއް1 ދަޅު މަސްބައި ސައިސަމުސާ ލޮނު1 ޓޮމާޓޯ ތައްޔާރުކުރާނެ ގޮތް:އަލުވި ތުނިކޮށް ވަށްފޮއްޗަށް ކޮށާލާފައި ފެނުކައްކާލާށެވެ. ޓޮމާޓޯ ތުނިކޮށް ވަށްފޮއްޗަށް ކޮށާލާށެވެ. ފިޔައާއި މިރުސް ކުދިކޮށް ކޮށާލާފައި މަހާއި ލޮނު އަޅައިގެން މޮޑެލާށެވެ. ބިސް ތަޅާލާފައި އޭގެތެރެއަށް އަޅައި އެއްކޮށްލާށެވެ.ކެއްކި އަލުވިފޮތިތައް ތަބަކެއްގައި އަތުރާލާފައި މޮޑުނު މަސްގަނޑު އޭގެމަތީގައި ފަތުރާލާށެވެ. އެއަށްފަހު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. 230 ޑިގްރީގައި އަވަނުގައި 25-30 މިނިޓު […]
ރަހަފަތް:ހޮޓް ޓޫނާ މެކަރޯނީ

ބޭނުންވާ ތަކެތި:1 ޕެކެޓް ޕާސްތާ1 ބޮޑު ފިޔާ3 ލޮނުމެދު1 ކެޕްސިކަމް2 ހިކަނދިފަތް1 ދަޅު މަސް2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް3 މޭޒުމަތީސަމުސާ ޗިލީ ސޯސް1 ސައިސަމުސާ ލޮނު2 މޭޒުމަތީސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލާށެވެ. ގާތްގަނޑަކަށް 5 މިލިމީޓަރު ހުންނަވަރަށް ކެޕްސިކަމް ބުރިބުރިކޮށްލާށެވެ. ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ކެޕްސިކަމް 2 މޭޒުމަތީސަމުސާ ތެލުގައި މީރުކޮށްލާށެވެ. ބޭނުންނަމަ މަސްދަޅުގައި ހުންނަ ތެޔޮފޮދުގައިވެސް މީރުކޮށްލެވިދާނެއެވެ.ފިޔާގަނޑު މިލައިލުމުން ޓޮމާޓޯ ޕޭސްޓް، ޗިލީ ސޯސް އަދި 1 މޭޒުމަތީސަމުސާ ލޮނު […]
އަވައްޓެރިޔާ

ކައިވެނި ރޫޅުމާއެކު އަހަރެން ދެ ދަރިން ގޮވައިގެން ބަދަލުވީ ކުއްޔަށެވެ. އަމިއްލަ ރަށުގައި ގެދޮރެއް ނެތުމުން ދާނެ އެހެން ތަނެއްވެސް ނެތެވެ. އަހަރެންނަކީ މައިންބަފައިންގެ ހަމައެކަނި ދަރިއެވެ. ވަރަށް ޅައުމުރުގައި މައިންބަފައިން މާލެއަށް ހިޖުރަކުރުމާއެކު އަހަރެން އުފަންވީ މާލެއަށެވެ. މާލޭން ބޯހިޔާވައްސެއް ލިބޭނެކަމުގެ އުންމީދުގައި އެމީހުން ގަނަތެޅި އުމުރުހުސްވީފަހުން ބިންކޮޅެއް ލިބުނީ އާސަހަރާއިންނެވެ. އެތަނުގައި ބިނާއަކަށް ފެންނަށްހުރީ އެ ދެމީހުންގެ މަހާނަގަލެވެ. އެމީހުންނަށްފަހު އަހަރެންނެވެ. ކައިވެނިކުރީ މާލޭގެ ގެދޮރުހުރި މީހަކާއެވެ. ވަންނާނެ ހިޔާވައްސެއްގެ ބޭނުމަކު ނޫނެވެ. އަހަރެންނަށް […]