ނަޑެއްލާއިން ގެއްލުނު މީހާ ފެނިއްޖެ

ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަމީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުންދިޔައީ ހދ. ނޮޅިވަރަމް ސުހާނީ، އާދަމް އިބްރާހީމް (34އ) އެވެ. އޭނާ ފެނިފައި ވަނީ މިއަދު ހަވީރު 4.45ހާއިރު، ނަޑެއްލާ ކައިރީގައި އޮންނަ ފަޅު ރަށަކުން ކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭނާ ގެއްލިގެން ހޯދަންފެށީ އިއްޔެ (11 މޭގައި) ނަޑެއްލާއަށް ގާތްކުރި ”އިތުބާރު“ ނަމަކަށްކިޔާ ދޯންޏަކުން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ […]

މުޅި ރާއްޖެއަށް ހުދު ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. އެ އިދާރާއިން މިއަދު މެންދުރުފަހު ނެރެފައިވާ ހުދު ސަމާލުގައި ވާގޮތުން، މިއަދު މެންދުރުފަހު 1.15އިން ފެށިގެން އިރުއޮއްސި 6.15އާ ދެމެދު މުޅި ރާއްޖެއަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، މިއަދު މެންދުރުފަހު 1.00އާ […]

ހަލިމަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު އައިސީޔޫގައި

ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރާ ހަލިމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭން މާލެއަށް އަންނަން އޮންނަ ފަޅީގައި، ރޭ ގާތްގަނޑަކަށް 7.10 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އައިސީޔޫގައި ފަރުވާދެމުންދަނީ ފިޓްނަސް އިންސްޓްރަކްޓަރެއް ކަމަށްވާ ޢާއިޝަތު ޝަޒީއަށެވެ. އޭނާ އިނީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައެވެ. އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ. އެއީ ޝަޒީގެ އިތުރުން ދެ ފިރިހެނުންނެވެ. އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށްފަހު […]

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ވާނީ ފިޔަވަޅުއަޅާފައި: ފިޒިއޯ ކްލިނިކް

ހުޅުމާލޭ ފިޒިއޯ ކްލިނިކުގައި ކުޑަކުއްޖަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލާގައި މިހާރު ވާނީ ފިޔަވަޅުއަޅާފައި ކަމަށް އެ ކްލިނިކުން ބުނެފިއެވެ. އެ ކްލިނިކުން މިހެން ބުނެފައިވަނީ މިއަދު ހިނގައިދިޔަ ހާދިސާއާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ. ”މިކަމުގައި ބައިވެރިވި ދެ މުވައްޒަފުންނާއި އެތަނުގައި އެވަގުތު ހުރި އެހެން މުވައްޒަފަކު ވާނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފުލުހުންނަށް ވަގުތުން މައްސަލަ ހުށަހަޅައި، ކަމާގުޅޭ ހުރިހާ ފުޓޭޖްތަކެއް ވާނީ ތަހުގީގަށްޓަކައި އެބޭފުޅުންނަށް ހުށަހަޅާފައެވެ.“ އެ ކްލިނިކުގެ ބަޔާނުގައި ވެއެވެ. މިކަން ތަހުގީގުކުރުމުގައި […]

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ: މޫސުމާބެހޭ ގައުމީ އިދާރާ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން މަޢުލޫމާތު ދޭގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މީގެއިތުރުން ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާބެހޭ މަޢުލޫމާތު އަދާހަމަކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން އެ އިދާރާގެ ޑިއުޓީ ފޯކާސްޓަރ ނަންބަރު 3323084 އަށް […]

ފިޒިއޯ މޯލްޑިވްސް ކްލިނިކަށް ގެންދިޔަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތު

ފިޒިއޯ މޯލްޑިވްސް ކްލިނިކަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ މުވައްޒަފަކު އަނިޔާކުރި ކަމުގެ ތުހުމަތު، ކުއްޖާގެ އާއިލާއިން ކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އެތަނަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ މުވައްޒަފުުންގެ ފަރާތުން ވަނީ އަނިޔާތަކެއް ލިބިފައެވެ.މި ހާދިސާއާގުޅޭ ވީޑިއޯއެއް އެމްވީ ކްރައިސިސްގެ ފޭސްބުކް ޕޭޖުގައި ވަނީ ހިއްސާކޮށްފައެވެ.ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި ކުއްޖާއާމެދު ހަރުކަށި ގޮތަކަށް މުޢާމަލާތުކުރާ މަންޒަރު ފެނެއެވެ. އަދި ކުއްޖާގެ ގައިގައިވެސް އޭނާ އަތްލާތަން ފެނެއެވެ. އޭރު މުވައްޒަފުގެ އަތުގައި ކަތުރެއްފަދަ […]

ކުޑަކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް: ޑރ. ޝަފީޢު

ކުޑަކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިގޮތުން އެމަނިކުފާނު ވަނީ ކޮންމެ ސްކޫލަކީ ކުދިންނަށް އަމާން، ރައްކާތެރި އަދި އުފާވެރި ސްކޫލަކަށް ހައްދަވައި ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަންކަން ހާސިލުކުރެވޭނީ މުދައްރިސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި ބެލެނިވެރިން، މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ހެޔޮގޮތުގައި، […]

ޒީ….4

(ކުރީގެ އަދަދާ ގުޅޭ) ޒީއަށް ނޯޓު ލިބުނު ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އަހަރެން އުންމީދުކުރީ ރަށަށް ގޮސް ގުޅާލާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޒީގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެން މާޔޫސްވާން ފެށިއެވެ. ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވާން ފެށިއެވެ. އެކަނި މާގިނައިން ވަގުތު ހޭދަކުރެވެން ފެށިއެވެ. އާންމުކޮށްވެސް ހިކިކޮށް ހުންނަ އަހަރެން އިތުރަށް އަނަރޫފަވާން ފެށިއެވެ. އެކަމުން ދުރުވެ ހިތްހަމަޖައްސައިލުމަށް އަހަރެން ބައްޕަމެންނާއެކު ފިހާރައިގައި މަސައްކަތް ކުރަންފެށީމެވެ. މީހުންގެ ތެރޭގައި އުޅެން ފެށުމުން […]

ރަހަފަތް: ތަރުކާރީ މަސްބަތް

ބޭނުންވާ ތަކެތި:2 ޖޯޑު ހަނޑޫ1 ޖޯޑު ވަޅޯމަސް (ކޮށާފައިހުރި)1 ކެރެޓު (ކޮށާފައި)1 އަލުވި (ކޮށާފައި)6 ތަރުކާރީތޮޅި (ބުރިކޮށްފައި)1 ފިޔާ (މެދު ސައިޒުގެ)3 ލޮނުމެދުގިތެޔޮމިރުސް ފަޅިއެއް2 ހިކަނދިފަތް1 މޭޒުމަތީސަމުސާ އަސޭމިރުސް (ނުމުގުރާ)1 ސައިސަމުސާ ލޮނު1/2 ޖޯޑު ކާށި ބޯކިރު1/2 ސައިސަމުސާ ރީނދޫލުނބޯ ކިބައެއްގެ ހުތް1 މޭޒުމަތީސަމުސާ ތެޔޮ ނުވަތަ ގިތެޔޮ ތައްޔާރުކުރާނެ ގޮތް:ހަނޑޫ ދޮވެފައި ފެން ފުރާނާލުމަށްފަހު ބަހައްޓާށެވެ.ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. ތެއްޔެއްގައި ތެޔޮ ނުވަތަ ގިތެޔޮ ހޫނުކުރުމަށްފަހު ފިޔާ، ލޮނުމެދު، ހިކަނދިފަތް އަޅައިގެން މެދުގިނީގައި މީރުކޮށްލާށެވެ. […]

މައިދައިތަ

އަހަރެންނަށް ކަންފަތްދެވުނީ ކައިރީގައިހުރި ދައްތައަކު ފޯނުން ދައްކަމުންދިޔަ ވާހަކައަކަށެވެ. އެކޮޅުން ވާހަކަދެއްކީ ކާކުކަން ނޭނގުނުނަމަވެސް އެއީ ދައްތައާ އާއިލީ ގުޅުމެއް އޮތް، މަޖާ މިޒާޖެއްގެ މީހެއްކަން އެނގުނެވެ. ކައިރީގައި ތިބޭ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެންނަކީ އަހަރެންނާ ނުބެހޭ ވާހަކަތައް އަޑުއަހާހިތްވާ މީހެއް ނޫނެވެ. ގިނަފަހަރަށް އެކަހަލަ ވާހަކަތައް އަހަރެންނަށް އަޑެއް ނުވެސް އިވޭނެއެވެ. ދެއްކީ ކޮން ވާހަކައެއްކަން ނޭނގޭތަނުގައި ދެކެވުނީ ކޮންކަމަކާބެހޭ ވާހަކައެއް ކަމެއްވެސް ނޭނގޭނެއެވެ. ނަމަވެސް އެދައްތަ ދައްކަމުންދިޔަ ވާހަކަ އަހަރެންގެ ސަމާލުކަމަށް […]