ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ބާއްވައިފި

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ބާއްވައިފިއެވެ. އަންގާރަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ޙަފުލާއަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީންގެ އިސްނެންގެވުމުގެ މަތިން ބޭއްވި ޙަފުލާއެކެވެ. މި ޙަފުލާ ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. މި ޙަފުލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި އެކި މީޑިއާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ. […]
ބާސެލޯ ނަސަންދުރައަކީ މާލެ ސިޓީގެ ތަރައްޤީގެ އާ ބާބެއް: ޢާޒިމް

ބާސެލޯ ނަސަންދުރަ ހުޅުވުމަކީ މާލެ ސިޓީގެ ތަރައްޤީގައި ފެށުނު އާ ބާބެއްކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ”މިފަދަ މަޝްހޫރު ބައިނަލްއަޤްވާމީ ބްރޭންޑެއް މާލެ ސިޓީގައި ޤާއިމްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މިއީ ހަމައެކަނި މާލޭގެ މަލަމަތި ޒީނަތްތެރި ކޮށްދޭނެ ތަނެއް ނޫން. މިއީ މާލެ ސިޓީގެ ތަރައްޤީގެ ތަސައްވުރު […]
މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭ ބައެއް މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ. މި މަސައްކަތުގައި މިއަދު ސާފުކޮށްފައިވަނީ ކާނޭޝަންމަގާއި، ކާނޭޝަންހިނގުމާއި، ނީލޯފަރުހިނގުމާއި އަދި ކޮއިމަލާހިނގުމުގެ ކާނުތަކެވެ. ކާނުތަކަށް ކުނިއެޅި ބެދިފައި ހުރުމުގެ ސަބަބުން މަގުތަކުގައި ފެން ހަރުލައި ފެންބޮޑުވުމުގެ މައްސަލަތައް ދިމާވަމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.
ބީރުބަލް ވަޒީރުގެ ކާޅު ގުނުން

މޫސުން ރީތި ދުވަހެއްގައި އަކްބަރު ރަސްގެފާނާއި ބީރުބަލް ވަޒީރު ގަނޑުވަރުގެ ބަގީޗާތެރޭގައި ހިންގަވަމުން ވަޑައިގަތެވެ. ބީރުބަލް ވަޒީރަކީ ވިސްނުންފުޅު ތޫނު އަވަސް ޖަވާބަށް ވަރަށް މޮޅު ބޭފުޅެކެވެ. އެހެންކަމުން އެކި ކަހަލަ ބުއްދިވެރި ސުވާލު ބީރުބަލާ ކުރެއްވުމަށް ރަސްގެފާނު ލޯބިފުޅުކުރައްވައެވެ. ހިންގަވަމުންގޮސް ވަކި ހިސާބަކަށް ވަޑައިގެންނެވުނުފަހުން ރަސްގެފާނު ބީރުބަލަށް ވިދާޅުވިއެވެ. ”ވަޒީރެވެ! މި ސަހަރުގައި ކިތައް ކާޅު އުޅޭނެހެއްޔެވެ؟“ ބީރުބަލް ދެންނެވިއެވެ. ”މާތް ރަސްގެފާނެވެ. މި ސަހަރުގައި އުޅޭ ކާޅުގެ އަދަދަކީ 1971އެވެ.“ ބީރުބަލް ވަޒީރުގެ ޖަވާބުން […]
ރައީސުލްޖުމްހޫރިއްޔާ މުލީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. މުލީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. ރައީސް މ. މުލީ ވައިގެބަނދަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން ރާއްޖޭގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވެސް ބައިވެފައިވެއެވެ. މި ރަސްމިއްޔާތުގައި މި ވައިގެބަނދަރު އެޅުމުގެ މަސައްކަތްކުރި ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މ. މުލީ ރައްޔިތުންގެ ފަރާތުން ވަނީ […]
އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ރ. އުގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރޭން މި މަހުގެ 14 ވަނަ ދުވަހު ނައްތާލާފައި ވަނީ 153 ފުޅި ބަނގުރަލާއި 37 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ 2025 ފެބްރުއަރީ 21ވަނަ ދުވަހުން ފެށިގެން އަހަރުގެ މިހާތަނަށް، އިފުރު އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތި […]
ހއ. އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 15.30ން ފެށިގެން 20.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ޙިކުމަތްތެރި ކަންޒުކަހަނބު (2)

ކަންޒުކަހަނބު މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން ކުރިއަށް ދާންފެށިއެވެ. ކަންޒުކަހަނބު ދަތުރުކުރަން އޮތީ ފަސޭހަ ރާސްތާއެއް ނޫނެވެ. ކުރު މަގުން ދަތުރުކުރާކަށް ކަންޒުކަހަނބު ޚިޔާލެއް ނުކުރިއެވެ. އެއީ ކަށި ގަސްތަކުން ފުރިފައިވާ މަގަކަށް ވީތީއެވެ. ކަންޒުކަހަނބު ރޭހުގައި ކުރިއަށްދަނިކޮށް މަކުނުވަލެއްގައި ހައްޔަރުވެފައި އޮތް ރޯފަންފުޅަންގަކާ ދިމާވިއެވެ. ކަންޒުކަހަނބު އެސޮރު މަކުނުވަލުން ސަލާމަތްކޮށްދިނެވެ. އަނެއްކާވެސް ކަންޒުކަހަނބު ހިނގައިގަތެވެ. މިފަހަރު ދިމާވީ ފެންބޮވައިގެންފައިވާ މުގޮށިމީދަލަކާއެވެ. ކަންޒުކަހަނބު އެސޮރަށް އެކި ކަހަލަ ބެރީ ގެނެސްދިނެވެ. ކަންޒުކަހަނބު ހިނގަމުން ކުރިއަދިޔައިރު ދޭތެރެއަކުން މަޑުކޮށްލައިގެން […]
ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން، ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 13.30ން ފެށިގެން 18.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ނި ވަގުތުގެ ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

މޫސުމާބެހޭ ގައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު 15.45ން ފެށިގެން 21.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. މިގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް […]