ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަދު ފަށަނީ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާނެއެވެ. މި މައުރަޒު މިއަހަރު މި ބާއްވަނީ 6 އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިރުޝާދާއެކު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށްގެންދާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ންނެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ނައިބު ޢަބްދުﷲ ސިޔާޒް ވިދާޅުވީ، މައުރަޒުގައި […]

ޔުމްނުގެ ބަޔާން ނަގަން މެލޭޝިޔާ ފުލުހުންގެ އެހީ ހޯދަނީ

މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޙައްވާ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިޔާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ އެ ޚިދުމަތުން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ޢާއިލާގެ އެއްބާރުލުން ލިބުމާއެކު އޭނާގެ ބަޔާން ނެގުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އިތުރު ފަރުވާއަށް އޭނާ ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހުން މެލޭޝިޔާއަށް ގޮސް ތިބިކަމަށެވެ. […]

ސްކޭމްތަކުގެ ސަބަބުން ގެއްލުނު ތިންލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމްތަކުގެ ސަބަބުން ގެއްލުނު ތިންލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ. އެ ސެންޓަރުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި، މި އަހަރުގެ މޭ މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހާ ދެމެދު ސްކޭމްގެ 45 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި ސްކޭމްތަކުގެ ސަބަބުން ގެއްލިފައިވާ ޖުމްލަ 481,520.67 (ހަތަރުލައްކަ އަށްޑިހައެއްހާސް ފަސްސަތޭކަ ވިހި ރުފިޔާ، ފަސްދޮޅަސް ހަތްލާރި)ގެ ތެރޭން 383,610.08 (ތިންލައްކަ އަށްޑިހަތިންހާސް ހަސަތޭކަ ދިހަ ރުފިޔާ، […]

ހަޔާތުގެ ދަތުރަކީ ކުރު އެއްޗެކެވެ.

ހަޔާތުގެ ދަތުރަކީ ކުރު އެއްޗެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ހެނދުނު އިރުއަރައެވެ. އަހަރެމެން އަވަދިނެތި އުޅެނިކޮށް އިސާހިތަކު އެ އިރު އޮއްސިދާނެއެވެ. ހަފުތާ ފެށެއެވެ. އަހަރެމެން މަސައްކަތުގައި މަޝްޣޫލުވަމެވެ. ދެން ފެންނަނީ ކުއްލިއަކަށް ހަފުތާ ބަންދު އަންނަތަނެވެ. އަހަރުތައް ފާއިތުވެދަނީ ލޮލުފިޔަ ޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވަގުތުތައް ފާއިތުވެދަނީ ހީވެސްނުކުރާހައި އަވަސްމިނުގައެވެ. އަހަރެމެން ލޯބިވާ ކިތައް މީހުން ވަކިވެ ހިނގައްޖެހެއްޔެވެ؟މައިންބަފައިންނެވެ.އެކުވެރިންނެވެ. އެކުގައި ހޭދަކުރެވުނު ވަގުތުތަކެވެ.އުފާވެރި ހަނދާންތަކެވެ.އެކުގައި ހިއްސާކުރި ހިތާމަތަކެވެ.އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ގައިމުވާ […]

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ފައިގައި ޓެގު އެޅުވުމަށްފަހު ބަންދުން ލުއި ދެނީ

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރޭން ލުއިދިނުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ އޮފީހުން އިއ ނެރުއްވި ނޫސްބަޔާނެއްގައެވެ. ލުއިދިނުމަށް ނިންމާފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރޭން، އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާ ކުރުމަށްފަހު ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ. މިގޮތުން ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ […]

ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ބާއްވައިފި

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ބާއްވައިފިއެވެ. އަންގާރަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ޙަފުލާއަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީންގެ އިސްނެންގެވުމުގެ މަތިން ބޭއްވި ޙަފުލާއެކެވެ. މި ޙަފުލާ ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. މި ޙަފުލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި އެކި މީޑިއާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ. […]

ބާސެލޯ ނަސަންދުރައަކީ މާލެ ސިޓީގެ ތަރައްޤީގެ އާ ބާބެއް: ޢާޒިމް

ބާސެލޯ ނަސަންދުރަ ހުޅުވުމަކީ މާލެ ސިޓީގެ ތަރައްޤީގައި ފެށުނު އާ ބާބެއްކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ”މިފަދަ މަޝްހޫރު ބައިނަލްއަޤްވާމީ ބްރޭންޑެއް މާލެ ސިޓީގައި ޤާއިމްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މިއީ ހަމައެކަނި މާލޭގެ މަލަމަތި ޒީނަތްތެރި ކޮށްދޭނެ ތަނެއް ނޫން. މިއީ މާލެ ސިޓީގެ ތަރައްޤީގެ ތަސައްވުރު […]

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭ ބައެއް މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ. މި މަސައްކަތުގައި މިއަދު ސާފުކޮށްފައިވަނީ ކާނޭޝަންމަގާއި، ކާނޭޝަންހިނގުމާއި، ނީލޯފަރުހިނގުމާއި އަދި ކޮއިމަލާހިނގުމުގެ ކާނުތަކެވެ. ކާނުތަކަށް ކުނިއެޅި ބެދިފައި ހުރުމުގެ ސަބަބުން މަގުތަކުގައި ފެން ހަރުލައި ފެންބޮޑުވުމުގެ މައްސަލަތައް ދިމާވަމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

ބީރުބަލް ވަޒީރުގެ ކާޅު ގުނުން

މޫސުން ރީތި ދުވަހެއްގައި އަކްބަރު ރަސްގެފާނާއި ބީރުބަލް ވަޒީރު ގަނޑުވަރުގެ ބަގީޗާތެރޭގައި ހިންގަވަމުން ވަޑައިގަތެވެ. ބީރުބަލް ވަޒީރަކީ ވިސްނުންފުޅު ތޫނު އަވަސް ޖަވާބަށް ވަރަށް މޮޅު ބޭފުޅެކެވެ. އެހެންކަމުން އެކި ކަހަލަ ބުއްދިވެރި ސުވާލު ބީރުބަލާ ކުރެއްވުމަށް ރަސްގެފާނު ލޯބިފުޅުކުރައްވައެވެ. ހިންގަވަމުންގޮސް ވަކި ހިސާބަކަށް ވަޑައިގެންނެވުނުފަހުން ރަސްގެފާނު ބީރުބަލަށް ވިދާޅުވިއެވެ. ”ވަޒީރެވެ! މި ސަހަރުގައި ކިތައް ކާޅު އުޅޭނެހެއްޔެވެ؟“ ބީރުބަލް ދެންނެވިއެވެ. ”މާތް ރަސްގެފާނެވެ. މި ސަހަރުގައި އުޅޭ ކާޅުގެ އަދަދަކީ 1971އެވެ.“ ބީރުބަލް ވަޒީރުގެ ޖަވާބުން […]

ރައީސުލްޖުމްހޫރިއްޔާ މުލީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. މުލީ ވައިގެބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. ރައީސް މ. މުލީ ވައިގެބަނދަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން ރާއްޖޭގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވެސް ބައިވެފައިވެއެވެ. މި ރަސްމިއްޔާތުގައި މި ވައިގެބަނދަރު އެޅުމުގެ މަސައްކަތްކުރި ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މ. މުލީ ރައްޔިތުންގެ ފަރާތުން ވަނީ […]