ހަވާލުވިއިރުވެސް އެހާ ގިނަ ދުވަހު އެ މަގާމުގައި ހުރުމުގެ ޝައުޤުވެރިކަމެއް ވެސް ނެތް: މަޢުރޫފް

މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތްއިރުވެސް އެ މަގާމުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުންފުޅު ނެތްކަމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މަޢުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަޢުރޫފް ވިދާޅުވީ، އޭނާ މި މަޤާމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްސަ ފުރުސަތެއްގެ ބޭނުން ހިއްޕެވުމަށްޓަކައި ކަމަށެވެ. އަދި ހަވާލުވެވަޑައިގަތީ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެއްވޭނެކަމުގެ އުންމީދުގައި ކަމަށާއި، މީގެތެރޭން ގިނަ ކަންކަން ހާސިލުވެވަޑައިގެންފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލެ […]
މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލައެއް ބަލަނީ

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. ޚަބަރު ލިބިފައިވާގޮތުގައި ފުލުހުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ ފުލުހުންނަށް ދޭ ކޮއްތު ފައިސާއެވެ. ފުލުހުންގެ ކޮއްތު ފައިސާ ވަކިވަކި ފުލުހުންނަށް ދިނުމުގެ ބަދަލުގައި އާއްމުކޮށް އޮންނަނީ ބިޑް އުސޫލުން ކޮއްތު ހަމަޖައްސާ ގޮތަށެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަރޑްސް ކޮމާންޑް (ޕީއެސްޑީ)ން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓަރއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފި

55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް، މެލޭޝިއާގެ ހެކްސްޓަރ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މި އެއްބަސްވުން ބާތިލުކޮށްފައިވީނަމަވެސް އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ. އެއްބަސްވުން ބާތިލުކުރި ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނީ، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިގެންފައި ނުވުމެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން […]
ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ އަންހެނަކަށް ފަރުވާދެނީ

ލ. ގަމުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ އަންހެނަކަށް ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހެނދުނު 9.00 ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދީފައިވަނީއެ ސައިކަލުގައި ދަތުރުކުރި ދެ އަންހެނުންނަށެވެ. މިދިޔަ ހަފުތާ ނިމެނިކޮށް، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައިވެސް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައެވެ.
މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ސިންގަޕޫރާއެކު މަސައްކަތްކުރަނީ

މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ސިންގަޕޫރާއެކު މަސައްކަތް ކުރައްވާނެކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމުގައި މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ސިންގަޕޫރުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން މިކަމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ، މި ބިޒްނަސް ފޯރަމުގައި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހިއްސާކުރެއްވިކަމަށެވެ. މިގޮތުން، އެ ޤައުމުގެ ބޮޑުވަޒީރާއެކު […]
މާލޭގެ ގެއަކުން ވަގަށްނަގާފައިވާ ފަސްދޮޅަސް ހާހަށްވުރެ ގިނަ ރުފިޔާގެ މުދާ ފުލުހުން ހޯދައިފި

މައްޗަންގޮޅީ ގެއަކުން ވައްކަންކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށްނެގި ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހެޅި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެތެރޭން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، […]
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫން ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި، ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، ޖުލައި 2ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަދޫ ގެއެއް ބަލައިފާސްކޮށްފައިވާކަމަށެވެ. މިގޮތުން، […]
ވެލާނާ އެއަރޕޯޓުގެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ޝައިޚް ޢިމްރާން ވިދާޅުވެއްޖެ

ބޭރުގެ ކުންފުންޏަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށްދިނުމާ ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރަމުން ދާކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިންގެ އަތުގައި އޮތް އެންމެ އަގުބޮޑު، އަދި އިސްތިރާޖީގޮތުން އެންމެ މުހިންމު އެސެޓް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ކުންފުންޏަކަށް 25 އަހަރަށް ކުއްޔަށްދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގައެވެ. […]
”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ޕްރޮގްރާމް ފަށައިފި

ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހިންގާ ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ފަށައިފިއެވެ. ޖުލައި މަހުގެ 5ވަނަ ދުވަހުން ފެށިގެން 12ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކެންޕޭނަކީ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. މި ޕްރޮގްރާމުގެ އަމާޒަކީ، ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ބައިވެރިވުމަށް ހިތްވަރުދިނުމާއި، އެކަމުގައި އެހީތެރިކަންދީ، އަދި ސިޔާސީ މަގާމުތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމުގައި […]
ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދައިފި

ރާއްޖޭން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ. މިއީ އެ ކުންފުނިން އުފެއްދި ސާމްޕަލް ބެޗެކެވެ. މި ދަޅުތައް އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ. ދިވެހި ސަރުކާރުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޟީލް ނަޖީބަށް ވަނީ އެ ކުންފުނީގެ ފަރާތުން މި ދަޅުމަސް ވެދުމަށްއަރުވާފައެވެ. މިއީ ރާއްޖެއާ ޗައިނާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ތަޢާރަފުވެގެންދިޔަ […]