މާލެއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. މިގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ. އިއްޔެއިން ފެށިގެން މެދުނުކެނޑި މާލެއަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އެކި ވަގުތުތަކުގައި އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.
އިއްޔެ ހެނދުނު ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު މީހާ އަދި ނުފެނޭ

އިއްޔެ ހެނދުނުގެ ވަގުތެއްގައި ގދ. ގަމުން ޑިންގީއެއްގައި ފުރި، ގދ. ގައްދޫ، ކޯޒީރައުންޑް، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ގައްދޫ ކައުންސިލުން ބުނީ،އޭނާ ގެއްލިގައިވާކަން ކައުންސިލަށް ރިޕޯޓުކުރި ވަގުތުން ފެށިގެން ގައްދޫގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެކްޓިވޭޓްކޮށްފައި ވާކަމަށެވެ. އަދި، ސިފައިންނާއި، ފުލުހުންނާއި، ގައްދޫ ކައުންސިލާއި، ގައްދޫގެ އެކި ޓީމުތަކާއި އަދި އަޔާޑާ މޯލްޑިވްސް ގުޅިގެން، ކުރިއަށްދާ ސަރޗް އޮޕަރޭޝަންވެސް މެދުނުކެނޑި ކުރިއަށްދާކަމަށް ގައްދޫ ކައުންސިލުން ބުނެއެވެ. ގަމުން […]
ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ސާމާނު އޮޔާހިނގައިދާނެތީ ސަމާލުވުމަށް އެދިއްޖެ

ޖުލައި 10ވަނަ ދުވަހު، ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ވަނީ، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ”އޯޝަން އެކްސްޕްރެސް“ ނަމަކަށްކިޔާ މި ބޯޓަކީ 8 ދިވެހީންނާއި 4 ބިދޭސީންނާއެކު މާލޭން ލ. ހިތަދުއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ […]
އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ ރޭ ދަންވަރުގެ ވަގުތެއްގައި

ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި ބުރާސްފަތި ދުވަހު ރޯވި އަލިފާންގަނޑު، ރޭ ދަންވަރުގެ ވަގުތެއްގައި ކޮންޓްރޯލްކޮށްފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ މި ގުދަނުގައި ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރުއެވެ. މި ހާދިސާގައި ރޯވެފައިވަނީ އެ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު އިރުއޮއްސި 6.41ގައި ކަމަށެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު […]
ބުރާސްފަތި ދުވަހު ކަނޑުމަތީގެ 7 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައި: އެންއެންޑީއެފް

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާއިރު، ޖުލައި 10ވަނަ ދުވަހު ކަނޑުމަތީގެ 7 ހާދިސާއެއް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އިން ބުނެފިއެވެ. ޖުލައި 10ވަނަ ދުވަހުގެ މެންދުރު 12:00ން ފެށިގެން އެދުވަހުގެ 22:30އާ ހަމައަށް އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަނޑުމަތީގެ ހާދިސާތަކުގެ ތެރޭގައި:
އެންސިސް ގުދަނުގައި ރޯވުމާ ގުޅިގެން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދުން ބޯވަމުންދާތީ ސަމާލުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ދުން ބޯވަމުންދާތީ ދުރު ފެންނަ މިންވަރު ދަނީ ދަށްވަމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ޞިއްޙީ ނުރައްކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ޒަރޫރީ ބޭނުންތަކުގައި ނޫނީ އެ ސަރަހައްދަށް ނުދިއުމަށާއި، ދުން […]
ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެ

މިދިޔަ މޭ މަހުގެ 27ވަނަ ދުވަހު، ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލު ދުއްވަން އިނީ ހާދިސާގައި އަނިޔާވި އަންހެންމީހާއެވެ. އޭނާއަށް، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ފަހުން ވަނީ އިމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދީފައެވެ. ޚަބަރު ލިބިފައިވާގޮތުގައި، ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު […]
ސޯޝަލް މިނިސްޓްރީގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް ފަރުމާކުރުމަށް ޕީޖީގެ ފަންނީ އެހީ ހޯދަނީ

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ، މަޢުލޫމާތު އާންމުކުރުމަށް ބޭނުންކުރާ ޕޯޓަލް އަލުން ފަރުމާކުރުމަށްޓަކައި ފަންނީ އެހީތެރިކަން ހޯދުމާގުޅޭ ފަހުމުނާމާއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ، ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު)ގެ 57ވަނަ މާއްދާގައި ބަޔާންކުރާ ”ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް“އެވެ. އެ މިނިސްޓްރީން ބުނީ، މި ޕޯޓަލް އަލުން ފަރުމާކުރުމުގެ މަގުސަދަކީ، ދަފުތަރު ހަރުދަނާކޮށް، އެ ފަރާތްތަކުގެ […]
މުސްލިމުންގެ ގަބުރުތައް ކޮނެގެން ނެގުން ހުއްދައެއް ނޫން، މިއީ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް: ފަތުވާ މަޖިލިސް

މުސްލިމުންގެ ގަބުރުތައް ކޮނެ، ގަބުރުސްތާނުގައި އާންމު ބޭނުމަށް ތަންތަން ހެދުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއް ނޫން ކަމަށާއި، މި ކަމަކީ ވަޢީދުގެ ބަސްފުޅު (އިންޒާރުގެ ބަސްފުޅު) އައިސްފައިވާ ކަމެއް ކަމަށް، ދިވެހިރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ. ޖޫން މަހުގެ 24 ވަނަ ދުވަހު ޝާއިއުކުރައްވައި، މިއަދު ހިއްސާކުރައްވާފައިވާ މި ފަތުވާގައި ވަނީ މިކަމުގެ ހުރި ބިރުވެރިކަމާއި ނުބައިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވާ އެތައް ހަދީސްތަކެއް ބަޔާންކުރައްވާފައެވެ. ގަބުރުތައް ކޮނެގެން ނަގައި، އެހެން ތަންތަނަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ […]
ޢަރަބިއްޔާގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ: ވަޒީރު

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ނިންމާލެވޭނެކަމަށް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެ ސްކޫލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ، މިއީ ޒަމާނި ވަސީލަތްތަކާއެކު ބިނާކުރާ ސްކޫލެއް ކަމަށެވެ. މިގޮތުން، އެ ސްކޫލުގައި 42 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ހުންނާނެކަމަށެވެ. މީގެ އިތުރުން އެ އިމާރާތުގައި […]