މާޅޮހުގައި ދުވަސްވީ މީހަކަށް ހަމަލަދިނުން: ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މާލެ ގެންނަނީ

އއ. މާޅޮހުގައި ރޭ ދަންވަރު ހަލަމަދީ ޒަޚަމްކޮށްލި އަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އޭނާ ޒަޚަމްކޮށްލާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ދީފައިވަނީ ރޭ ދަންވަރު 1:50ހާއިރު ކަމަށާއި، އޭނާ ނިޔާވެފައިވަނީ، މާޅޮހު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، ރޭ ފަތިހު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށާއި، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ […]

ސްކޭމްގެ ތަފާތު 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ސްކޭމްގެ ތަފާތު 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މައްސަލާގައި ހިމެނޭ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 12ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުންނެވެ.ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އެކި ދުވަސް މަތިން، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް، […]

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 94ވަނަ ފުލެޓުގެ އެޕާޓުމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފުލެޓުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓުމަންޓެއްގައެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާއިރު، ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މަޢުލޫމާތުދެއެވެ. މި އެޕާޓުމަންޓުގައި 11 ބިދޭސީން ދިރިއުޅެމުން ދިޔަނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

ބުރާސްފަތި ދުވަހު ހެނދުނު ޑިންގީއެއްގައި ގދ. ގައްދުއާ އެ އަތޮޅު ގަމާ ދޭތެރޭ ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ފެނިއްޖެއެވެ. ގައްދޫ، ކޯޒީރައުންޑް، ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ފެނުނީ އެ އަތޮޅު ގަމުގެ ހޭޅިފަށުން ކަމަށް، ގައްދޫ ކައުންސިލުން މަޢުލޫމާތުދެއެވެ. މިއަދުގެ 11.44ގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާ ހޯދުމުގެ މަސައްކަތަށް ފުރި ޒުވާނުންގެ ޓީމެއްގެ މީހަކަށް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. ޒަކަރިއްޔާގެ ހަށިގަނޑު ގައްދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް، އެރަށު ކައުންސިލުން […]

ޑރ. އިބްރާހީމް މުޞްޠަފާ އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޞިއްޙީ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑޮކްޓަރ އިބްރާހީމް މުޞްޠަފާ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑރ. މުޞްޠަފާއަކީ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ހެއްދެވުމުގައި ރާއްޖެއާއި ރާއްޖޭންބޭރުގެ ބައެއް ޤައުމުތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. ޑރ. މުޞްޠަފާ ވަނީ، ތަޢުލީމީގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު […]

މާލެއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. މިގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ. އިއްޔެއިން ފެށިގެން މެދުނުކެނޑި މާލެއަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އެކި ވަގުތުތަކުގައި އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

އިއްޔެ ހެނދުނު ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު މީހާ އަދި ނުފެނޭ

އިއްޔެ ހެނދުނުގެ ވަގުތެއްގައި ގދ. ގަމުން ޑިންގީއެއްގައި ފުރި، ގދ. ގައްދޫ، ކޯޒީރައުންޑް، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ގައްދޫ ކައުންސިލުން ބުނީ،އޭނާ ގެއްލިގައިވާކަން ކައުންސިލަށް ރިޕޯޓުކުރި ވަގުތުން ފެށިގެން ގައްދޫގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެކްޓިވޭޓްކޮށްފައި ވާކަމަށެވެ. އަދި، ސިފައިންނާއި، ފުލުހުންނާއި، ގައްދޫ ކައުންސިލާއި، ގައްދޫގެ އެކި ޓީމުތަކާއި އަދި އަޔާޑާ މޯލްޑިވްސް ގުޅިގެން، ކުރިއަށްދާ ސަރޗް އޮޕަރޭޝަންވެސް މެދުނުކެނޑި ކުރިއަށްދާކަމަށް ގައްދޫ ކައުންސިލުން ބުނެއެވެ. ގަމުން […]

ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ސާމާނު އޮޔާހިނގައިދާނެތީ ސަމާލުވުމަށް އެދިއްޖެ

ޖުލައި 10ވަނަ ދުވަހު، ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ވަނީ، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ”އޯޝަން އެކްސްޕްރެސް“ ނަމަކަށްކިޔާ މި ބޯޓަކީ 8 ދިވެހީންނާއި 4 ބިދޭސީންނާއެކު މާލޭން ލ. ހިތަދުއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ […]

އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ ރޭ ދަންވަރުގެ ވަގުތެއްގައި

ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި ބުރާސްފަތި ދުވަހު ރޯވި އަލިފާންގަނޑު، ރޭ ދަންވަރުގެ ވަގުތެއްގައި ކޮންޓްރޯލްކޮށްފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ މި ގުދަނުގައި ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރުއެވެ. މި ހާދިސާގައި ރޯވެފައިވަނީ އެ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު އިރުއޮއްސި 6.41ގައި ކަމަށެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު […]

ބުރާސްފަތި ދުވަހު ކަނޑުމަތީގެ 7 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައި: އެންއެންޑީއެފް

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާއިރު، ޖުލައި 10ވަނަ ދުވަހު ކަނޑުމަތީގެ 7 ހާދިސާއެއް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އިން ބުނެފިއެވެ. ޖުލައި 10ވަނަ ދުވަހުގެ މެންދުރު 12:00ން ފެށިގެން އެދުވަހުގެ 22:30އާ ހަމައަށް އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަނޑުމަތީގެ ހާދިސާތަކުގެ ތެރޭގައި: