ޕޯސްޓުމޯޓަމް ހެދުމަށްޓަކައި ޢަބްދުއްރަޙުމާނުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

އއ. މާޅޮހުގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު، ޕޯސްޓުމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މަހުގެ 13ވަނަ ދުވަހު ނިޔާވި ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙުޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުނެއެެވެ. އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޒަޚަމްތަކަކާއެކު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި އޮއްވައެވެ. އޭރު އެގޭގައި ދިރިއުޅެމުންދިޔައީ […]

އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެ އިދާރާއިން ނެރުނު އެޑްވައިޒަރީގައި ވަނީ، މި ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މި ދުވަސްތަކުގައި ވައި ގަދަވެ ކަނޑު ގަދަވާނެކަމަށާއި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ އިދާރާއިން ލަފާކޮށްފައިވާގޮތުން، މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ބާރުވެ، އަދި ވިލާގަނޑުގައި އިތުރަށް ވައި […]

ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު އާންމުކުރަން ފަށައިފި

ދަރިންނަށް ސާބިތު ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު ފެމިލީ ކޯޓުން އާންމުކުރަން ފަށައިފިއެވެ. މިގޮތުން މިއަދު ފެމިލީ ކޯޓުން ވަނީ މިފަދަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަނަވަރު، ފޮޓޮއާއެކު އާންމުކޮށްފައެވެ. ހުކުމާ އެއްގޮތަށް ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހުންގެ ގޮތުގައި ބަލައި، އެމީހުންގެ ވަނަވަރު އާންމުކޮށް އިޢުލާންކުރަން ޢާއިލާއާ ބެހޭ ގަވައިދު ހުއްދަކުރެއެވެ. މި ގަވައިދުގެ ދަށުން، ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު ކޯޓުތަކުން އާއްމުކުރަން ފެށީ މިދިޔަ […]

މާލޭން މީހަކު ގެއްލިގެން ހޯދަނީ

މާލޭން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މާލެ، ގ. ގާރނެޓް، ޙަސަން ޔާމީން (30 އަހަރު)، ޖުލައި 11 ވަނަ ދުވަހުގެ 21:25ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ޚަބަރެއްވެފައި ނުވާކަމަށް، ޖުލައި 14 ވަނަ ދުވަހުގެ 20:30ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި، އޭނާ ހޯދުމުގެ މަސައްކަތް އެ ޚިދުމަތުން މިހާރު ކުރަމުންދާކަމަށާއި، އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން […]

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ، އިސްލާމިކް ފައިނޭންސް އަދި ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު، އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ހަދިޔާކުރަން ބޭނުންވާ ފޮތްތަކާބެހޭ މަޢުލޫމާތު library@islamicaffairs.gov.mv އަށް މެއިލްކުރުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު އެ ވުޒާރާއިން ހަމަޖައްސައިދޭނެ ކަމަށެވެ. މި ފުރުސަތު 2025 ޖުލައި […]

ވަޠަނީ ޚިދުމަތަށް ބައިވެރިން ހޮވުމުގެ ފުރަތަމަ ބުރު ބާއްވައިފި

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިވެރިން ހޮވުން މިއަދު މާލެ ސިޓީގައި ބާއްވައިފިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީގޮތުންނާއި އަދި ނަފްސާނީގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަޚުލާޤު ރަނގަޅު، ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މިއަދު މާލެ ސިޓީގައި މިބައި ކުރިއަށްގެންގޮސްފައިވާއިރު، މި މަރުޙަލާ އެންމެ […]

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އަޅަނީ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް، ބޭރުގެ އިންވެސްޓަރުންނާ ވާހަކަދައްކަވާފައިވާކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިހާރު ހުރި ސިނަމާ ކަމަށްވާ އޮލިމްޕަހުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފިލްމު އުފައްދާ މީހުންނަށް ދަތިތަކާ ދިމާވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަރާމާތަށް އޮލިމްޕަސް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް […]

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި 1100 އެކްސިޑެންޓު

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުން އެކަނިވެސް 1101 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށާއި، މި އެކްސިޑެންޓުތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، ފުލުހުންނަށް އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 215 އެކްސިޑެންޓެވެ. ދެވަނައަށް އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ މޭ މަހު […]

ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ: ވަޒީރު

ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މީގެކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވަމުންދާތީ އާއްމުން ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. އެމަނިކުފާނު […]

އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފީނަން ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް، ނިޔާވެފައި އޮއްވާ ފެނިފައިވަނީ މާމިިގިލީ ރޯޅި، ލޫޠު އަޙްމަދެވެ. އޭނާ ގެއްލިގެން ހޯދަންފެށީ، ރައްޓެހި ކުދިންތަކަކާއެކު ފީނަން ފޭބި ފަހުން ޚަބަރެއް ނުވެގެންނެވެ. ޚަބަރު ލިބިފައިވާގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ، ފީނަން ފޭބި ސަރަހައްދާ ކައިރި ހިސާބެއްގެ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ މާމިގިލީ ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. […]