ވިނަރެސް ޓަވަރުން މިއަދު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ

މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މިއަދު އިރުއޮއްސި 6.30 އެހާކަންހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން ބުނީ، ވިނަރެސް ޓަވަރު 8ން ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށެވެ.
އަސްކޮއި ގުރޫޕުގެ މައްސަލަ ދަނީ ބަލަމުން: ފުލުހުން

އަސްކޮއި ޙައްޖު އެންޑް ޢުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން، ޢުމްރާއަށް ގެންދާނެކަމަށް ބުނެ ބަޔަކަށް އޮޅުވާލި މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންގެ ޚިދުމަތުގެ ކްރައިމް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ. އަސްކޮއި ގުރޫޕުން ވަނީ ޢުމްރާއަށް ގެންދާނެކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، މި މަހުގެ 24ވަނަ ދުވަހު ފުރަން އޮތް ދަތުރު ފަސްކުރެވިފައިވާކަމަށް ބުނެ މެސެޖު ފޮނުވާފައެވެ. […]
ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ: މޫސުމާބެހޭ އިދާރާ

ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދުގެ މެންދުރުފަހު 2.00ން އިރުއޮއްސި 6.00ގެ ނިޔަލަށެވެ. މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން އިއްޔެ ނެރުނު އެޑްވައިޒަރީގައި ވާގޮތުން، މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ބާރުވެ، […]
ޞިއްޙީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި ޢަބްދުލްކަރީމް އަވަހާރަވެއްޖެ

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި، ޢަބްދުލްކަރީމް އާދަމް އަވަހާރަވެއްޖެއެވެ. ޢަބްދުލްކަރީމް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ، 18 ޖޫން 1961ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓު (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. އޭގެ ފަހުން، 16 ޖުލައި 2009ގައި އުމުރުފުޅުން 65 އަހަރު ފުރުމާ ގުޅިގެން ރިޓަޔަރ ކުރައްވަންދެން ޚިދުމަތްކުރައްވަމުން ގެންދެވީވެސް ޞިއްޙީ ދާއިރާގެ އެކި މަޤާމުތަކުގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް […]
ދަތުރު ފަސްކުރެވިފައިވާކަމަށް ބުނެ އަސްކޮއި ގުރޫޕުގެ ވެރިޔާ ފިލިކަމުގެ ތުހުމަތު

މި މަހުގެ 24ވަނަ ދުވަހު ޢުމްރާއަށް ދިއުމަށް އޮތް ދަތުރު ފަސްކުރެވިފައިވާކަމަށް ބުނެ، އަސްކޮއި ޓްރެވަލް ސަރވިސްގެ ވެރިޔާ ފިލާފައިވާކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ. މި ވާހަކަތައް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން ހާމަކުރަމުންދާއިރު، އެކަކު ބުނެފައިވަނީ، ގަލްފުގައި އުފެދިފައިވާ ހަމަނުޖެހުންތައް މަޑުޖެހިލަންދެން ދަތުރު ފަސްކުރެވިފައިވާކަމަށް އެ ގުރޫޕުގެ ވެރިޔާ މެސެޖުކޮށްފައިވާކަމަށެވެ. އަސްކޮއި ގުރޫޕުގެ ވެރިޔާގެ ފޮޓޮއަކާއެކު ކޮށްފައިވާ މި ޕޯސްޓުގައި ވަނީ، ޕޯސްޓުކުރި ފަރާތުން އަސްކޮއި ގުރޫޕާއެކު މި މަހުގެ 24ވަނަ ދުވަހު ޢުމްރާއަށް ފުރުމަށް […]
ޕޯސްޓުމޯޓަމް ހެދުމަށްޓަކައި ޢަބްދުއްރަޙުމާނުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

އއ. މާޅޮހުގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު، ޕޯސްޓުމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މަހުގެ 13ވަނަ ދުވަހު ނިޔާވި ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙުޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުނެއެެވެ. އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޒަޚަމްތަކަކާއެކު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި އޮއްވައެވެ. އޭރު އެގޭގައި ދިރިއުޅެމުންދިޔައީ […]
އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެ އިދާރާއިން ނެރުނު އެޑްވައިޒަރީގައި ވަނީ، މި ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މި ދުވަސްތަކުގައި ވައި ގަދަވެ ކަނޑު ގަދަވާނެކަމަށާއި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ އިދާރާއިން ލަފާކޮށްފައިވާގޮތުން، މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ބާރުވެ، އަދި ވިލާގަނޑުގައި އިތުރަށް ވައި […]
ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު އާންމުކުރަން ފަށައިފި

ދަރިންނަށް ސާބިތު ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު ފެމިލީ ކޯޓުން އާންމުކުރަން ފަށައިފިއެވެ. މިގޮތުން މިއަދު ފެމިލީ ކޯޓުން ވަނީ މިފަދަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަނަވަރު، ފޮޓޮއާއެކު އާންމުކޮށްފައެވެ. ހުކުމާ އެއްގޮތަށް ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހުންގެ ގޮތުގައި ބަލައި، އެމީހުންގެ ވަނަވަރު އާންމުކޮށް އިޢުލާންކުރަން ޢާއިލާއާ ބެހޭ ގަވައިދު ހުއްދަކުރެއެވެ. މި ގަވައިދުގެ ދަށުން، ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު ކޯޓުތަކުން އާއްމުކުރަން ފެށީ މިދިޔަ […]
މާލޭން މީހަކު ގެއްލިގެން ހޯދަނީ

މާލޭން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މާލެ، ގ. ގާރނެޓް، ޙަސަން ޔާމީން (30 އަހަރު)، ޖުލައި 11 ވަނަ ދުވަހުގެ 21:25ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ޚަބަރެއްވެފައި ނުވާކަމަށް، ޖުލައި 14 ވަނަ ދުވަހުގެ 20:30ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި، އޭނާ ހޯދުމުގެ މަސައްކަތް އެ ޚިދުމަތުން މިހާރު ކުރަމުންދާކަމަށާއި، އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން […]
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ، އިސްލާމިކް ފައިނޭންސް އަދި ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު، އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ހަދިޔާކުރަން ބޭނުންވާ ފޮތްތަކާބެހޭ މަޢުލޫމާތު library@islamicaffairs.gov.mv އަށް މެއިލްކުރުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު އެ ވުޒާރާއިން ހަމަޖައްސައިދޭނެ ކަމަށެވެ. މި ފުރުސަތު 2025 ޖުލައި […]