ތިލަފުށިން ގެއްލުނު ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މި ޖެނުއަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެން ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާ ކަމަށާއި، ނިޔާވެފައިވަނީ އޭނާ ގެއްލުނު ދުވަހު ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އެއީ ކޮން ހާދިސާއެއްކަން އަދި ހާމަކޮށްފައި ނުވިނަމަވެސް، ފުލުހުން ބުނީ ތަޙުޤީޤު ކުރިއަށްދާ ވަރަކުން މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. ޚަބަރު ލިބޭގޮތުގައި […]
އަންނަ އަހަރުން ފެށިގެން އެސްއެސްސީގައި ޤުރުއާން މާއްދާ ހިމަނަނީ

އަންނަ އަހަރުން ފެށިގެން އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން މާއްދާ ހިމެނުމަށް ތަޢުލީމީ ވުޒާރާއިން ނިންމައިފިއެވެ. މިކަން އިޢުލާންކުރައްވާފައި ވަނީ، ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްވި ޚިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ޤުރުއާނާއި ޤުރުއާނުގެ ޢިލްމަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ. 2027ވަނަ އަހަރު ބާއްވާ އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން މާއްދާ ހިމެނުމަށް ނިންމާފައިވާއިރު، މަޖުބޫރު މާއްދާތަކުގެ ގޮތުގައި ދިވެހި ބަހާއި އިސްލާމް […]
ބޯހިޔާވަހިކަމަށް އެދި ހުށަހެޅުން އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާގޮތަށް ފަސްކޮށްފިއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން ބުނެފައިވަނީ އެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އަންނަ އާދިއްތަ ދުވަހަށް މިކަން ލަސްކޮށްފައި މި ވަނީ، ކުރިއަށް އޮތީ ހަފުތާ ބަންދު ކަމަށް ވާތީ، ދިމާވެދާނެ ދަތިތަކެއް ހުރުމުން ކަމަށެވެ. މި އިޢުލާނުގައި ބުނެފައި […]
އައިނު ފިހާރަތަކާއި ކުލިނިކުތަކުން ހަދާ އައިނަށް އާސަންދަ ދެނީ

ކުލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދިނުމަށް ނިންމާފައި ވާކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ. އެންސްޕާއިން ރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކުލިނިކުތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ ލޮލުގެ ޑޮކްޓަރުން ދޭ ސިޓީތަކަށް އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ. އެންސްޕާއިން ބުނީ، މިކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި، އަންނަ މަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން […]
ބަނގުުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލު ބަޔަކު ހައްޔަރުކޮށްފި

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލު 6 މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ޑިސެންބަރު 28ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި މީހުން […]
ޔޫޕީއެޗްސީ ސެންޓަރުގައި ކުޑަކުދިންގެ ކުލިނިކެއް

މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުޑަކުދިންގެ ބަލިތަކާގުޅޭ ސެންޓަރެއް ހުޅުވައިފިއެވެ. މި ކުލިނިކުން ކުޑަކުދިންގެ ޞިއްޙަތާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ކުއްޖާ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި، ފަނީބޭހާއި ވިޓަމިން-އޭގެ އިތުރުން ވެކްސިން ދިނުންވެސް ހިމެނެއެވެ. ޚިދުމަތް ދޭ ދުވަސްތަކާއި ގަޑިތައް: މީގެ އިތުރުން، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާންދިނުމާ ގުޅޭ ކައުންސެލިންގ ގެ މި ޚިދުމަތާއި، އެޕޮއިންމަންޓް ހަދައިގެން އަންނަ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ […]
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާ ގުޅޭ ބައެއް ކަންކަން ޖަނަވަރީގައި ތަންފީޒުކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާ ގުޅޭ ބައެއް ކަންކަން، އަންނަ ޖަނަވަރީގައި ތަންފީޒުކުރަން ފަށާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ފަންތިތަކުގެ ވިޔަފާރިވެރިންނާއެކު މި ޑިސެންބަރު 17ވަނަ ދުވަހު ކުރެވުނު މަޝްވަރާގައި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައި ވާކަމަށެވެ. މި މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް […]
މަސްތުވާތަކެތީގެ ތުހުމަތުގައި ހިޔާ ފުލެޓަކުން ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފުލެޓުގެ އެޕާޓުމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ހައްޔަރުކުރީ އެ އެޕާޓުމަންޓުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، […]
ސަރުކާރު މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެންނަނީ

ސަރުކާރު މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގައި 2010ގައި އެކުލަވައިލި މިންގަނޑަށް އަލުން ޢަމަލުކުރަން ފެށުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވާފައި ވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި ގޮތަށް ނިންމެވީ ފަހަކަށް އައިސް ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގައި މުޖްތަމަޢުން ބަލައިގަންނަ މިންވަރަށްވުރެ ދަށްވެފައި ވާކަމުގެ […]
ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ކިނބުލެއް ހިފައިފި

ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ކިނބުލެއް ހިފައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކިނބޫ ހިފާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ”ރަންމުތް“ ނަމަކަށް ކިޔާ ދޯންޏަކުންނެވެ. ްެއެމްއެންޑީއެފުން މަޢުލޫމާތުދޭގޮތުގައި ގުރައިދޫގެ ހުޅަނގު ދެކުނުފަރާތުން 1.5 ނޯޓިކަލް މޭލު ބޭރުން ހިފި މި ކިނބުލުގެ ދިގުމިނުގައި 6 ފޫޓު ހުއްޓެވެ. އަދި އެ ކިނބޫ މިހާރު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް އޭތި ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.