ބިދޭސީން ތިބޭ ގޮޅިތައް ބަންދުކުރަން ނިންމައިފި

    ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ހިންގާ ގޮޅިތަކުގެ ތެރެއިން ބިދޭސީން ބައިތިއްބައިގެން ހިންގާ ގޮޅިތައް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބިދޭސީން ގޮޅިތަކުން ބޭރުކުރުމަށް ގާނޫނުގެ ތެރެއިން ވަކި މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަންތަނަށް ދިވެހިން ހަމަނުޖައްސައިފިނަމަ އެ ގޮޅިއެއް ބަންދުކުރާނެ ކަމަށެވެ. ބިދޭސިންގެ ބަދަލުގައި ދިވެހިން […]

ރައީސްގެ އަނބިކަބަލުން ފަޒުނާ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގަ ގޮތުގަ

ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި އެވެ. ފަޒުނާ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދާކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނު( އެމްޖީޖީއޭ)ން ނެވެ. އެ އެސޯސިއޭޝަނުންވަނީ ފަޒްނާ ހަޒްމަތު ސޫޓް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. އެކަމަނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން އެމްޖީޖީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ  އެކަމަނާ މިހާރު ގެންދަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި […]

އަލަށް ދަޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރަންފަށައިފި

  ރާއްޖޭގައި އަލަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ”ސްޓާޓް އަޕް“ ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ތަކެތި ދޫކުރަން ފަށައިފިއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ މި ޕެކޭޖް ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށް ކަމަށެވެ. ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ރާއްޖޭގެ 44 ރަށެއްގައި ކުރިއަށްގެންދެއެވެ. އެގްރޯނެޓުން ބުނީ މި 44 ރަށުގެ  ދަނޑުވެރިން ތެރެއިން މިހާތަނަށް %50 އަށްވުރެ ގިނަ ރަށްރަށުން މި ޕެކޭޖް ބޭނުންވެގެން […]

ޅ. އަތޮޅުގައި އަލަށް ހެދި ރިސޯޓް އޮގަސްޓްގައި ހުޅުވަނީ

    ޅ. ތިލަމާފުށީގައި އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލް ކުންފުނިން ހެދި ރިސޯޓު އަންނަ އޯގަސްޓް މަހުގައި ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ. އާއިލީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މިރިސޯޓަކީ ލަ މެރީޑިއެން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ ނަމުގައި ބްރޭންޑް ކޮށްގެން ތަރައްގީ ކޮރި ރިސޯޓެކެވެ. އެއްކޮޓަރި އާއި ދެ ކޮޓަރީގެ ވިލާތަކުގެ އިތުރުން މޫދުގައި ތަރައްގީ ކޮށްފައިވާ ވޯޓާ ވިލާތަކާއި ބީޗް ވިލާތައް ވެސް ހުންނަ މި ރިސޯޓުގައި އެކި ފަންތީގެ 154 […]