ތިޔަބައިމީހުން ހުވާތައް ރައްކައުތެރި ކުރާށެވެ!

ހުވަޔަކީ ﷲގެ ނަންފުޅު ގަނެ ނުވަތަ ﷲގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެއް ނަންގަނެ ތިމާގެ ބަސް ތައުކީދު ކުރުމެވެ. މިވެނި ކަމެއް ކުރަން ހުވާކުރާ ކަމުގައި ވުމާއި މިވެނި ކަމެއް ނުކުރަން ހުވާ ކުރާ ކަމުގައި ވީނަމަވެހެވެ. ހުވާ ބެހިގެންވަނީ ތިން ބާވަތަކަށެވެ. އެއީ ޤަޞްދަކާއި ނުލައި ކުރާ ހުވާ. ހުވާ ކުރުމުގެ ޤަޞްދުގައި ކުރާ ހުވާ. ދޮގު ހުވާ، މިއެވެ.   ޤަޞްދަކާއި ނުލައި ކުރާ ހުވަޔަކީ: އާދައިގައި ވާހަކަ ދައްކައި އުޅޭއިރު ހުވާ ކުރުމުގެ […]

ދުނިޔެ ނިމުމާއި އާޚިރަތުގެ ފެށުން (2)

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން އަނެއް ޢަލާމާތަކީ، ޖާހިލުކަން ފެތުރިގެން ދިއުމާއި، ޢިލްމުވެރިކަން ފިލައި ދިއުމޭ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ޢިލްމު ފިލައި ދިއުމެވެ. އެހެން ޢިބާރާތަކުން ނަމަ، ޝަރުޢީ ޢިލްމު ފިލައި ދިއުމެވެ. މިއާ ޚިލާފަށް ދުނިޔަވީ ޢިލްމު ދާނީ ކުރިއަށެވެ. ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢަމްރު ބުނުއްޢާޞް ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަމޭގެފާނު އެއްސެވީމެވެ. ”إِنَّ […]