ދާއިމީ އުފާވެރިކަމުގެ ބަގީޗާ ލިބޭނީ ހަމައެކަނި މާތް ރަސްކަލާންގެ ކިބައަށް ސާފު އަދި ފުރިހަމަ ހިތަކާއިގެން ކުށްތަންވާ މީހުނަށެވެ. މީސްތަކުންގެ ތެރެއިން ތިމާ ހުނިޖެހިގެން ނެގޭދުވަހު އެއްވެސް މީހަކަށް އޭނާގެ ދަރިން ނުވަތަ މުދާތަކުގެ ހިޔާވެހިކަމެއް ނުލިބޭނެއެވެ. ފައިދާ އާއި ވަޢުދުވެގެންވާ ކަންތައްތައް ވަނީ އެކަލާންގެ ކިބަޔަށް ގިނަގިނައިން ކުއްތަންވެ އަބަދުވެސް ތިމާގެ ހިތުގެ އަޑީން އެކަލާންގެ ރަސްކަންފުޅު ހަނދާންކޮށް އެކަލާންގެ ރަސްކަންފުޅު ތިމާއަށް ނުފެންނަކަމުގައި ވިޔަސް ހައްދަވާ ބޮޑުކުރެއްވި ރަޙީމުވަންތަ ކަލާންގެ ކިބަފުޅަށް ހިތުގެ އަޑިން ތައުބާވާ ޙާލުގައި ރުޖޫޢަވޭވެ ޙާލުގައި ހުންނަ މީހުންނަށެވެ.
އަނެއްކޮޅުން ހަމައެކަނި އެމީހެއްގެ ހިތުގައި ކަނޑައެޅިފައިވާ ބަލި ހުރި މީހަކަށް މިކަންތަކެއް ނުލިބޭނެއެވެ. އެހެނީ އެބައިމީހުންގެ ލޯތަކުން ދުރުގައިވާ ކާއިނާތްތައް ފެންނަ އަދި ހިތުގެ އެންމެ ފުނުގައިވާ ޒައްރެއްގެ ކުދިކުދި ކަންތައްތައްވެސް ފެންނަ މީހަކަށް ވިޔަސް އެމީހެއްގެ އަމިއްލަ ނަފުސުގެ ތެރެއަށް ނުފެންނަ މީހާއެވެ. މިގޮތުން އެމީހާކަށް ނުފެންނަނީ އެމީހެއްގެ ލޮލަކަށް ނޫނެވެ. ނަމަވެސް އެމީހަކަށް ނުފެންނަނީ އެނާގެ މޭގައިވާ ހިތުންނެވެ. ހިތުން ރުހި ގަބޫލުކުރުމުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ. ވީއިރު، މިދުނިޔޭގައި އުޅޭއިރު މާތް ރަސްކަލާންގެ ރަސްކަންފުޅު ހަނދާން ކުރުމަށްޓަކައި އޭނާގެ ހިތު ތެރޭގައިވާ ދުނިޔޭގެ ދިރުން ނުބަލަހައްޓާނީ ކާކު ތޯއެވެ؟
އަޅުކަން ކުރުމަކީ ހަމަ އެކަނި އާދަކާދައިން ކަނޑައެޅިފައިވާ ކަނަތައްތަކެއް ކުރުމެއްނޫނެވެ. ނަމަވެސް އަޅުކަން ކުރުމަކީ ތިމާގެ މުޅި ދިރިއުޅުމުގައި މާތް ކަލާންގެ ކިބަފުޅަށް ބޯ ލަބައިގެން ކިޔަމަންތެރި ކަމާއިއެކު ދިރިއުޅެމުން ގެންދިއުމެވެ. މުޅި ދިރިއުޅުމާމެދު މީޒާންތައް ހަމަވާގޮތަށް ވިސްނައިގެން ރިވެތި އަޚުލާގެއްގެ ވެރިއަކަށްވެ އުޅުމެވެ.
މީގެ ތެރޭގައި ކުދިކުދި ކަންތައް ބޮޑެތި ކަންކަމަށް ނުހަދައި މާ ކުދި ކަންކަން ބޮޑެތި ކަމުގައި ހަދައިގެން ނުވާނެއެވެ. މީޒާންތައް ނުގެއްލޭގޮތެއްގައި އެމީހެއްގެ ނަފުސު ތަރައްގީ ކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ހަމައެކަނި މިގޮތުން މެނުވީ ވަޙުމްތަކުންނާއި ހިތާމަތަކުން ސަލާމަތްވެ އުފާވެރި އަދި ބާއްޖަވެރި ހަމަޖެހޭ ދިރިއުޅުމެއް މިދުނިޔޭގައި އަދި ކިޔެއްތަ ޢާޚިރަތުގައިވެސް ނުލިބޭނެއެވެ.
އަހަރެމެންނަކީ ހެޔޮބަސް ބުނާ ހެޔޮބަސް އަޑުއަހާ ގަބޫލުކުރާ ބައެއްކަމުގައި ލައްވާށިއެވެ. އާމީން!
One Response
އަޚުލާގެ ނެތް މީހަކު ޔަޢުނީ ލަދު ޙަޔާތެއް ނެތް މީހަކު ދެދުނިޔެއިން ގެއްލިދާނެއެވެ. ދާއިމީ އުފާވެރިކަން ލިބޭނީ މަދުބަޔކަށެވެ.