އުރެދުމާއި ފާފަ ކުޑަ ނިކަމެތި އެއްޗެއް ކަމުގައި ނުހެދުން:

Loading

Facebook
Twitter
WhatsApp

ހަމަކަށަވަރުން އުރެދުމާއި ފާފަތަކަކީ ޝައިޠާނާގެ ވަރުގަދަ ޙީލަތްތެރިމަކުގެ ތެރެއިން ވާކަމެކެވެ. އެކަމުގެ ސަބަބުން އިންސާނާ ހަމަކަށަވަރުން އިސްތިޣުފާރާއި ތައުބާއާއި އަދި الله سبحانه وتعالى ގެ ޙަޟްރަތަށް ރުޖޫޢަވުމުން ޣާފިލުކޮށްފާނެތެވެ. އަލްބުޚާރީ رحمه الله އައްތަވްޙީދޭ ކިޔުނު ފޮތުގެ ކީރިތިޤުރުއާނުގެ މިއާޔަތް ހިމެނޭ الفتح: ١٥ މާނައީ: ”އެބައި މީހުން އެދެނީ، މާތް الله ކަޑައަޅުއްވާފައިވާ ގޮތް ބަދަލުކުރުމަށެވެ. ނެރުއްވި ޙަދީޘުފުޅެއްވެއެވެ. ޙަދީޘް أن رسول الله قال: أَذْنَبَ عَبْدٌ ذَنْبًا فَقَالَ: أي رَبِّ، أَذْنَبْتُ ذَنبًا فَاغْفِرْلِي فَغَفَرَلَهُ ، ثُمَّ مَكَثَ مَاشَاءَ اللهُ أَنْ يَمْكُثَ ثُمَّ أَذْنَبَ ذَنْبًا آخَرُ فَقَالَ: أي رَبِّ أصَبْتُ ذَنْبًا فَاغْفِرلِى فَغَفَرَ الله لَهُ، ثُمَّ مَكَث مَاشَاء الله أَنْ يَمْكُثَ ثُمَّ أَذْنَبَ ذَنْبًا آخَرُ، فَقَالَ: رَبِّ أصَبْتُ ذَنْبًا فَاغْفِرلِى فَقَالَ اللهُ: عَلِمَ عَبْدِى أَن له رَبًّا يَغْفِرُ الذُّنُوْبَ وَيَأْخُذُبِهِ قَدْ غَفَرْتُ لِعَبْدِي فَلْيَفْعَلْ ماَشَاء. މާނައީ: ހަމަކަށަވަރުން ރަސޫލުالله ޙަދީޘް ކުރެއްވިއެވެ. އަޅަކަށް ފާފައެއް ކުރެވިއްޖެނަމަ ފަހެ، ބުނާނެތެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ފާފައެއްކޮށްފީމުއެވެ. ފަހެ، މިއަޅާއަށް އެފާފަ ފުއްސަވާދޭވެ! ފަހެ، އޭނާއަށް މާތް الله އެފާފަ ފުއްސަވައި ދެއްވައެވެ.

ދެން މާތް الله އިރާދަކުރައްވާ ދުވަހަކަށް ފާފަޔަށް އަރައިނުގެން ހުރެފައި، ދެން އެހެންފާފައެއް އަނެއްކާ ކޮށްފިއެވެ. ފަހެ، އޭނާ ބުނާނެތެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަނެއްކާ ވެސް ފާފައަކަށް އެރިއްޖެއެވެ. ފަހެ މިއަޅާއަށް ފާފަ ފުއްސަވާށިއެވެ. ފަހެ، الله سبحانه وتعالى އޭނާގެ ފާފަ ފުއްސަވާދެއްވަތެވެ. ދެންވެސް އެކަންމަތީ ދެމިހުރުމަށް މާތް الله އިރާދަކުރައްވާ ދުވަހަކަށް ހުރެފައި، އަނެއްކާވެސް ފާފައެއް ކޮށްފާ ދަންނަވާނެތެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަ ފުއްސަވާދެއްވާށެވެ. ފަހެ މާތް الله ފުއްސަވާދެއްވަތެވެ. ފަހެ، الله سبحانه وتعالى ދަންނަވާނެތެވެ! ތިމަން އިލާހުގެ އަޅު ކުރާ ފާފަތަކަށް ޢުޤޫބާތްދެއްވާ އަދި ފުއްސަވާާ ކަލަކު ވޮޑިގެންވާކަން އޭނާ ދަނެއެވެ. ހަމަކަށަވަރުން ތިމަން الله ގެ އަޅާ ތައުބާވުމުން ތިމަން الله އޭނާގެ ފާފަ ފުއްސަވަމެވެ. ފަހެ، އޭނާ އެދޭކަމެއް ކުރާށެވެ! އަދި މި ޙަދީޘުން، ކަޑައެޅިގެން ފާފަކުރުމަށް ހުއްދަ، މާތް الله ގެ ޙަޟްރަތުން ލިބުނީކަމަށް ނުބެލެވޭނެއެވެ. އަދި، ކިއެއްތަ މިޙަދީޘުފުޅުން ދަލީލުކުރާ ގޮތުގައި ހަމަކަށަވަރުން އެކަލާނގެ ފާފަފުއްސަވާދެއްވަނީ، އަޅާ ފާފައެއް ކުރެވުމުން ތައުބާވުންމަތީ ދެމިހުރެއްޖެ ކަމުގައިވާނަމައެވެ.

އަދި އިބްނު ބައްޠާލު ވިދާޅުވެއެވެ. މިޙަދީޘުން އިނގޭގޮތުގައި ފާފަކުރުން މަތީ ދެމިހުންނަ މީހާ ﷲ އިރާދަކުރައްވާ ގޮތަކަށް ކަންތައްކުރާނެކަމެވެ. އޭނާ ފާފަކުރުމުން ﷲ ޢަޛާބު ދެއްވަން އިރާދަކުރައްވައިފިނަމަ، ޢަޛާބު ދެއްވާނެތެވެ. އަދި އޭނާ ކުށަށް ތައުބާވުމުން އެކަލާނގެ އިރާދަކުރައްވައިފިނަމަ، އޭނައަށް ފުއްސަވާދެއްވާނެކެވެ. އެހެނީ ތައުބާވެ ޝަރުޠުތަކަކީ އެކުރާ ފާފައެއް ކުރުން ހުއްޓާލާ ތައުބާވެ، އެފާފައަކަށް ދެވަނަ ފަހަރު އަރައިނުގަތުމަށް ޢަޒުމުކަނޑައަޅާ، އަދި އެކުރެވުނު ކުށުގެ މައްޗަށް ހިތާމަކުރުމެވެ. (فتح البارى لابن حجر 21/89)

އަދި މިޙަދީޘްފުޅުން އިންސާނާ ފާފަކުރުމަކަށް ކަޑައެޅިގެން ހުއްދަ ދެއްވީ ކަމަކަށް ނުބެލެވޭނެއެވެ. އަދި އެހެނެއްކަމަކު، މިޙަދީޘުން ދަލީލުކުރަނީ އެކަލާނގެ އަޅާ ފާފައެއް ކުރެވުމުން އެކަލާނގެ ޙަޟްރަތަށް ތައުބާވުން މަތީ ދެމިހުރުމުން އެ ފާފައެއް މާތް الله ފުއްސަވާދެއްވާނެކަމެވެ. އަދި މިޙަދީޘްފުޅުން ހެކި ލިބޭގޮތުގައި އިންސާނާއަށް ފާފައެއް ކުރެވިއްޖެއްޔާ އެފާފަޔާ ދޭތެރޭ އެހާފަރުވާ ކުޑަނުކޮށް، އަދި އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އަވަހަށް اللهގެ ޙަޟްރަތަށް ރުޖޫޢަވެ އަދި ތައުބާވުމެވެ. އަދި އެކުރެވުނު ފާފަ އެއީ ކިތަންމެ ކުޑަކަމުގައި ނަމަވެސްއެވެ.

ޙަދީޘް وعن عائشة رض الله تعالى عنها قالت : قال لي رسول الله z يا عائشة إِيَّاكِ وَمُحْقِرَاتِ الْأَعْمَالِ فإن لها من الله طالبا (رواه ابن حبان فى صحيحه 5568) މާނައީ: މާތް الله ރުއްސުންލެއްވި عائشة رضى الله عنها ވިދާޅުވިއެވެ. ތިމަން ކަމަނާ އަރިހުގައި ރަސޫލުالله ދެންނެވިއެވެ. ”އޭ ޢާއިޝާއެވެ! ކަނބުލޭގެ ކުދިފާފަތަކުން ރައްކައުތެރިވާށެވެ! ފަހެ ހަމަކަށަވަރުން އެ ޢަމަލުތަކަށް اللهގެ ޙަޟްރަތުން ޖަވާބުދާރީ ކުރުވޭނެއެވެ. (ޔަޢުނީ އެކަމަކީ އަހަރުމެން ކުޑަ ކަމެއްކަމުގައި ދެކުނުކަމުގައި ވިޔަސް، މާތް اللهގެ ޙަޟްރަތުގައި ބޮޑުއެއްޗެކެވެ.) (دشرح ابن ماجد السندى: 4233)

عَبْداللهِ بن مسعود رضى الله تعالى عنه عن النبى z قال: إِنَّ الْمُؤْمِنَ يَرى ذُنُوبَهُ كَأنَّهُ قَاعِدٌ تَحْتَ حَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ ، وَإِنَّ الْفَاجِرَ يَرَى ذُنُوبَهُ مَرَّ عَلَى أَنْفَهُ فَقَالَ بِه هَكذا – قال أبُوشِهَابُ بيده فوق أَنْفِهِ (صحيح البخارى- باب التوبه : 6308)

މާނައީ: މާތް الله ރުއްސުންލެއްވި عبدالله بن مسعود ގެ އަރިއަހުން ކީރިތި ރަސޫލާ ޙަދީޘްފުޅުކުރެއްވިކަމަށް ވިދާޅުވިއެވެ. “ ހަމަކަށަވަރުން މުއުމިނަކު އޭނާގެފާފަތައް އޭނަ ދެކޭނީ ހަމަކަށަވަރުން އޭނާ ފަރުބަދައެއްގެ ދަށުގައި އިށީނދެ އިންދާ އެފަރުބަދަ އޭނަގެ ބޯ މައްޗަށް ވެއްޓި ދާނެކަމަށް ބިރުހީވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ނުބައި ފާޖިރު މީހާ އޭނާގެ ފާފަ އޭނަދެކޭނީ ނޭފަތުކައިރީގައި ހުރަސްކޮށްފަދާ މެއްސެއް ފަދައިންނެވެ. ފަހެ، އޭނާ އެއެއްޗާ ދިމާލަށް މިގޮތަށް ހަދާލާނެތެވެ. (އަތުން ފޮޅާލާނެތެވެ) އަބޫޝިހާބު ވިދާޅުވިއެވެ. އެމެހި ނޭފަތު ކައިރިޔަށް އައުމުން އަތުން ފޮޅާލާނެއެވެ. (އޭގެ މާނައަކީ މާބޮޑުކަމަކަށް ނުދެކޭނެއެވެ.)

ފަހެ، އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުގެ މަޤްޞަދަށްބަލާއިރު، ހަމަކަށަވަރުން އެނގޭއެއްޗަކީ ފާފަ ކިތައްމެ ކުޑަ އެއްޗެއް ކަމުގައި ވީނަމަވެސް، އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެ ފާފަޔަށް ސަމާލުވެ އަދި ވީހާވެސް އަވަހަށް އަޅާ ފާފަޔަކަށް ހުށަހެޅިއްޖެނަމަ، އަވަހަށް ތަޢުބާވުމަށް އަވަސް ވެގަތުމެވެ. އަދި ޝައްކެއްނެތެވެ. ފާފަޔަކާ ދޭތެރޭ ވިސްނާ ބެލުން އެމީހެއްގެ ހިތުގައި އީމާނުގެ ބިންގާ އެޅިފައިވާގޮތުން ތަފާތުވާނެއެވެ.

عَنْ أَنَس رَضِىَ اللهُ تَعَالَى عَنْهُ قال إِنَّكُمْ لِتَعْلَمُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنَكُمْ مِنَ الشَّعْرِ , إِنْ كُنَّا نَعْدُّهَا عَلَى عَهْدِ النَّبِّى z من الموبقات (صحيح البخاري: 6492)

މާނައީ: މާތް الله ރުއްސުންލެއްވި އަނަސްގެފާނުގެ އަރިހުން ކީރިތި ރަސޫލާz ވިދާޅުވިކަމަށް ރިވާކުރައްވަތެވެ. ”ހަމަކަށަވަރުން ތިޔަބައި މީހުން ކުރާނެޔޭ ޢަމަލުތަކެއް އެ ޢަމަލުތައް ތިޔަބައި މީހުން ލޯތަކަށް ފެންނާނީ އިސްތައްޓަކަށްވުރެ ހިމަ ނުވަތަ ކުޑަ އެއްޗެއްގެ ގޮތުގައެވެ. (ކުދިފާފަތައް) ހަމަކަށަވަރުން ކީރިތި ނަބިއްޔާގެ ދުވަސްވަރުގައި ތިމަންނާމެން ދެކުނީ ނުވަތަ ގުނާއުޅުނީ އެއީ ހަލާކުވެދާނެ ޢަމަލުތަކުގެ ތެރެއިންނެވެ. (އެހެނީ ސަޙާބީން މާތް اللهއަށް ބިރުވެތިވާލެއް ބޮޑުކަމުން ކުދިފާފަތައްދެކެނީ ބޮޑު ނުރައްކައުތެރި އެއްޗެއްގެ ގޮތުގައެވެ.)

އަދި ކުރީގެ ޅެންވެރިއަކު ވިދާޅުވެއެވެ:

خل الذنوب صغيرها وكبيرها ذاك التقى – وأصنع كماش فوق أرض الشوك يحذر مايرى

لاتحقرن صغيرة إن الجبال من الحصى

މާނައީ: އެއްތަނަށް ބައްދަލުވުމަށް ކުދިފާފަތަކާއި އަދި ބޮޑު ފާފަތައް ދޫކޮށްލާށެވެ! އަދި އަހަރެން ހަދާގޮތަކީ ގަޔަށް ހެރޭގޮތަށް ކަށިހުންނަ ބިމެއްގައި ހިންގާފަދާ މީހާ ޢަމަލު ކުރާފަދައިން ފެންނަ އެކަށިތަކަށް ރައްކައުތެރިވަމެވެ. ހަމަކަށަވަރުން ކަލޭ ކުޑައެއްޗެއް (ފާފަ) ނިކަމެތި ނުވަތަ ކުޑަ އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ. ހަމަކަށަވަރުން ފަރުބަދައަކީ ކުދި ހިލަަތަކުން ވާއެއްޗެކެވެ.

ابن القيم رحمه الله تعالى ވިދާޅުވިއެވެ. އިބްލީހަށް ލަޢްނަތްލެއްވި އަދި މާތް الله ގެ ރަޙްމަތުން ފައްސާލެވުނީ އެންމެ ސަޖިދައެއް ދޫކޮށްލުމުގެ ސަބަބުންނެވެ. އަދި އާދަމުގެފާނު ސުވަރުގެއިން ބޭރުކުރެވުނީ ފަރީކުޅުއްވި އެންމެ ކާއެތިކޮޅެއްގެ ސަބަބުންނެވެ. އަދި އަންހެނަކު ނަރަކަޔަށް ވެއްދެވުނީ އެންމެ ބުޅަލެއްގެ ސަބަބުންނެވެ.

وإن الرجل ليتكلم بالكلمات لايلقى لها بالا تهوى به فى النار بين المشرق والمغرب މާނައީ: އަދި ”ހަމަކަށަވަރުން މީހަކު ފަރުވާލެއްނުބަހައްޓާ އަނގައިން ބޭރުކުރާ އެންމެ ބަހެއްގެ ސަބަބުން ހުޅަނގާ ދެކުނުގެ ދުރުމިން ހުރި ނަރަކައިގެ ތެރެއަށް އޭނާ ވެއްޓިގެންދެއެވެ.“

އަދި މީހަކާ އިނދެގެން ހުރެ ޒިނޭކުރާ މީހާ އެންމެ ހިނދުކޮޅެއްގެ ޝަހްވަތެއްގެ ސަބަބުން ނުބައި ގޮތެއްގައި މެރުމަށް އަމުރުވެވުނެވެ. އަދި އޭނާގެ ބުރަކަށީގައި ހައްދުޖެހުމަށް ޤަޛުފުގެ ބަސް (ކަލެއަކީ ޒިނޭކުރާ މީހެކޭ ކިޔާފަގޮވުން) ނުވަތަ މަސްތުވާމީހާ ބޭނުންކުރާ ތިއްކެއްގެ މިންވަރުގެ ސަބަބުންވެސް އަމުރުވެވެއެވެ. އަދި ތިން ދިރުހަމުގެ ސަބަބުން ވައްކަން ކުރާމީހާގެ އަތްކެޑެއެވެ. ފަހެ، ތިބާ އެކަމަކުން އަމާންކަން ލިބި ނުގަންނާށެވެ! ކަލޭ ކުރާ އެންމެ ފާފައެއްގެ ސަބަބުން ނަރަކައިގަ ކަލޭ މަޑުކުރަންޖެހުން! وَلاَيَخَافُ عُقْبَاهَا (الشمس: 15) މާނައީ: ”އެކަމުގެ ނަތީޖާއާއި މެދު، މާތް الله ބިރުވެތިވެވޮޑިގެންނުވެއެވެ.“ (الفرائد 91)

އަދި އިބްރާހީމް ބިން އަދްހަމް رحمه الله عليه އަންނަނިވި ބައިތުތަކުން ފާފަ ސިފަކޮށްދެއްވައެވެ.

رأيت الذنوب تميت القلوب – ويورثها الذل إدمانها

وترك الذنوب حباة القلوب – وخير لنفسك عصيانها

وما أفسد الدين إلا ملوك – وأدبار سوء ورهبانها

وباعوا النفوس فلم يربحوا – ولم يغل بالبيع أثمانها

لقد رتع القوم في جيفة – تبين لذي اللب أنتانها

މާނައީ: (1) ތިމަންނައަށް ފެނުނީ ފާފައަކީ ހިތްތައްމަރާލާ އެއްޗެއްގެ ގޮތުގައި އަދި ފާފަކުޅައުމުގައި ދެވިހިފާފިކަމުގައި ވަންޏާ ހިތުގެ ކެކުޅުންތައް ނިކަމެތިކޮށްލައެވެ.

(2) އަދި ފާފަކުޅައުން ދޫކޮށްލުމީ އެއީ އޭ ހިތުގެ ދިރުމަކީ އަދި އެކަމުން ކަލޭގެ ނަފްސަށް ހެޔޮކަންބޮޑު އުރެދުންތަކަށްވުރެ.

(3) އަދި ދީނެއް ފަސާދަވެނުދެއޭ އެތަނެއްގެ ވެރީން ފަސާދަވުމުން މެނުވީ އަދި ޔަހޫދީންނާއި، ނަޞާރާއިންގެ ތެރޭގައި ހިމެނޭ ނުބައި އަޙްބާރުން (ދީނީ ޢިލްމުވެރީން) ރުހްބާނުންގެ ސަބަބުންމެނުވީ.

(4) އަދި އެބައި މީހުން އެމީހުންގެ ނަފްސުތައް ފައިދާނެތް އެއްޗަކަށް ވިއްކާލިއެވެ. އަދި ވިއްކާއެތީގެ އަގުތަކުން ސިއްރުން އެއްޗެއްވެސް ނުނެގޭ ގޮތުގައި

(5) ހަމަކަށަވަރުން މަރުވެ ކުނިވެފައިވާ އެތީގެ ސަބަބުން މީސްތަކުންނަށް އުނދަގޫކުރުވައިފިއޭ – އޭތީ ކުނިވެފައިވާ މިންވަރު ބަޔާންވެ އެނގިއްޖޭ ބުއްދީގެ އަހްލުވެރިންނަށް

ފަހެ މަޤްޞަދަކީ ހަމަކަށަވަރުން ފާފަތައް ކިތައްމެ ކުޑަކަމުގައިވިޔަސް އަދި ބޮޑުކަމުގައިވިޔަސް އެ ފާފަޔަކަށް އެރިއްޖެނަމަ، ވަގުތުން ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސް ވެގަންނަންޖެހެއެވެ. އަދި ފާފަ ކުޑަވިޔަސް އެއީ ދެރަ ނިކަމެތި އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން އަޅާ އުރެދުން މަދުކުރުމަށް އެދުމީ ފާފައެކެވެ. އެފަދައިން ހަމަކަށަވަރުން އޭނާ ހެޔޮކަންތައް އިތުރުކުރުމަށް އެދުމަކީ ވެސް ފާފައެކެވެ. ބުއްދިވެރި ދަންނަ މީހަކީ އޭނާގެ ލޯމައްޗަށް ހެޔޮކަންތައްތަކަކީ ކުޑަ އެއްޗެއް ކަމުގައި ދެކޭމީހާއެވެ. އަދި އޭނަގެ ގާތުގައި ފާފައަކީ ބޮޑުއެއްޗެއް ކަމުގައި ދެކޭމީހާއެވެ. އަދި ހަމައެހެންމެ އަޅާގެ ލޮލަށް އޭނާގެ ހެޔޮކަންތައްތައް ކުޑައެއްޗެއްގެ ގޮތުގައި ދެކޭނަމަ، اللهގެ ޙަޟްރަތުގައި ކުޑަ ވެދާނެއެވެ. އަދި ހަމަ އެގޮތަށް އެ އެއްޗެއް އަޅާގެ ހިތުގައި ކުޑަ އަދި މަތިވެރި އެއްޗެއްގެ ގޮތުގައި ދެކެފިއްޔާ މާތް الله ގެ ޙަޟްރަތުގައި މަދު އަދި ކުޑަ އެއްޗެއްގޮތުގައި ވެދާނެއެވެ. (موارج السا الكيبن 1/339)

އަދިވެސް އިބްނުލްޤައްޔިމު رحمه الله ވިދާޅުވިއެވެ. އުރެދުމަށް އުފާކުރުމީ އެކަމުން ދަލީލުކޮށްދެނީ އެކަމުގެ މައްޗަށް އޭނާ ހުރިވަރުގަދަ ޝައުޤުވެރިކަމެއްގެ ބޮޑުކަމެވެ. އަދި އޭނާޔަށް އުރެދުން މިންވަރު ނޭގުމެވެ. އަދި ނޭގުމަކީ އެކަމުގެ ނުރައްކަލުގެ ބޮޑުކަމާއި ނުބައި ނިމުމެއް ހުރިކަމެކެވެ. ފަހެ އޭނާ އެކަމަށް އުފާކުރުމުން އޭނާގެ މައްޗަށް އެކަން ފޮރުވާލައެވެ. އަދި އޭނާ އެކަމަށް އުފާކުރުން އޭނާގެ މައްޗަށް ގަދަފަދަވެގެންވެއެވެ. އެކަމުގެ ތެރެއަށް ވެއްޓުމަށްވުރެން ވެސް، އަދި މުއުމިނަކަށް ފާފައަކުން އޭނާގެ ލައްޒަތު ދުވަހަކުވެސް ފުރިހަމައެއްނުވާނެއެވެ. އަދި އޭނާއަކަށް އޭނާގެ އުފާ ފުރިހަމަ އެއްނުކުރެވޭނެ، ކިއެއްތަ އެކަމެއް ކުރުމަށް އިސްވެނުގަނެ އަދި އޭނާގެ ހިތްވާނީ ހިތާމައިން މަސްހުނިވެގެން ވެގެންނެވެ. އަދި އެހެނެއްކަމަކު އޭނާގެ ޝަޙްވަތް މަސްތުކުރުމުގެ ސަބަބުން އޭނާގެ ޝުޢޫރުތައް ފޮރުވައިދެއެވެ. (مراج السا الكيبن 1/249)

 

Loading

One Response

  1. އަޅުގަނޑަކީ ސަންދާނުގެ ލިއުންތައް ޢާންމުކޮށް ކިޔާމީހަކީމެވެ. އަދި ބައެއްލިއުންތަކުގައި ދިވެހިބަހުގެ ގަވައިދަށް ނުފެތޭގޮތަށް ހުންނަ ޖެމުލަތައް ފެނުމުންވަރަށްދެރަވެއެވެ. މިސާލަކަށް މި ލިއުމުގެ 15 ވަނަ ފޮޅުވަތުގައި ’ ފަހެ، الله سبحانه وتعالى ދަންނަވާނެތެވެ! ’ އަދި 33 ވަނަ ފޮޅުވަތުގައި ’ތިމަން ކަމަނާ އަރިހުގައި ރަސޫލުالله ދެންނެވިއެވެ. ’ އަނެއްކާވެސް 52 ވަނަ ފޮޅުވަތުގައި ’ ކީރިތި ރަސޫލާz ވިދާޅުވިކަމަށް ’ އޮތުން މިއީ ރަނގަޅުކުރަންޖެހޭ ކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް