އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި ވަނީ ބޮޑުކޮށްފައެވެ. މި އަގަށް ބަދަލުގެނައުމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.44 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.07 ރުފިޔާއަށެވެ.
ޕެޓްރޯލްގެ އިތުރުން ޑީސަލް ވިއްކާ އަގަށްވެސް އެސްޓީއޯއިން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޑީސަލް ލީޓަރަކުން 0.48 ލާރި ވަނީ ބޮޑުކޮށްފައެވެ. ދެން ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 9.19 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކީ 8.71 ރުފިޔާއަށެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށްބޮޑަށް ދަށްވެފައި އޮތުމަށްފަހު ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އުފުލުމާއި ގުޅިގެންނެވެ. ކޮވިޑް-19 ބަލިމަޑުކަމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައި އޮތްއިރު އެސްޓީއޯއިންވެސް ވަނީ ރާއްޖޭގައި ވިއްކާ ތެލުގެ އަގުހެޔޮކޮށްފައެވެ.