އިންޑިޔާގެ ޕޫނޭ އިން ފުރައިގެން ގުވަހާޓީ އަށް ދިއުމަށް ދަތުރު ފެށި އިންޑިގޯ އެއާލައިންގެ މަތިންދާ ބޯޓެއްގެ ލޭންޑިން ގިއަރ ރަގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފުލް އިމަޖެންސީގައި އަނބުރާ ޕޫނޭގައި ބޯޓު ޖައްސައިފި އެވެ.
މި ހާދިސާގައި ބޯޓުގައި ތިބި 192 ފަސިންޖަރުންނާއި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ހިނގި ހާދިސާގައި ބޯޓު ޕޫނޭ އިން ފުރިތާ މާގިނަ އިރެއް ނުވެ އަނބުރާ ޖެއްސީ ލޭންޑިންގ ގިއަރ މައްޗަށް ނޭރުމުން ކަމަށް ވެއެވެ.މިހެން ދިމާވުމުން ޕައިލެޓް ވަގުތުން އެއާ ޓްރެފިކް ކޮންޓްރޯލް އަށް އެންގިއެވެ.އެއާއެކު އިދާރާތައް ގުޅިގެން ވަގުތުން ބޯޓު އަނބުރާ ޖެއްސުމުގެ އިންތިޒާމްތައް ހަމަޖެއްސިއެވެ.
ބޯޓު އަނބުރާ ޖެއްސި އިރު އެމްބިއުލައިންސް ތަކާއި ފަޔަރ ސަރވިސް ވެހިކަލް ތަކުގެ އިތުރުން އެހެންވެސް އިމަރޖެންސީ ރެސްޕޮންސް ޓީމްތައް ސްޓޭންޑްބައި ގައި ތިބިކަމަށް ވެއެވެ.ބޯޓު އަނބުރާ ރަންވޭގައި ޖެއްސުމުގެ ކުރިން ވަނީ ތިރިން ބުރެއް ޖަހާފައި ކަމަށް ވެއެވެ. މިހެން ހެދުމުގެ ބޭނުމަކީ ލޭންޑިންގ ގިއަރ ހުރީ ބޯޓުޖެއްސޭނެ ފަދަ ގޮތަކަށްތޯ ތިރީގައިތިވި ސްޓާފް އަށް ދައްކާލާ ގޮތެއް ނިންމުމެވެ.
ބޯޓު ޖެއްސުމާއި އެކު ތިން ފަޔާ ފައިޓިންގ ވެހިކަލް އާއި 2 އެމްބިއުލައިންސް ބޯޓު،ބޭ ނަމްބަރު 7 އަށް އެސްކޯޓް ކޮށްފައި ވެއެވެ. އަދި ބޯޓުގައި ނުރައްކަލެއް ނެތްކަން ޔަގީން ވުމުން އިމަރޖެންސީ ހާލަތު ވީއްލި ކަމަށް ވެއެވެ.ބޯޓުން ދަތުރު ކުރި 192 ފަސިންޖަރުން ގުވަހަޓީ އަށް ގެންދިއުމަށް އިންޑިގޯ-އެއާ އިން އެހެން ބޯޓެއް ހަމަޖައްސާދިން ކަމަށް ވެއެވެ.
![]()
