އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓުމާ ދިމާލަށް

Loading

Facebook
Twitter
WhatsApp

އީރާނުން އަމިއްލައަށް ކަނޑައަޅާފައިއޮތް ބެލިސްޓިކް މިސައިލް ދަތުރުކުރާ އަމާޒުގެ ދުރުމިން އުވާލައި އީރާނާ ދެކޮޅަށް އެމެރިކާއިން ހަމލާ ދޭންފަށާތާ ގިނައިރެއް ނުކޮށް ދުނިޔެ ހައިރާންކޮށްލާނެކަން އީރާނުން އިއުލާން ކޮށްފިއެވެ.


އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވިދާނެގޮތެއް ހޯދުމަށް މެދުވެރިން ބޭނުންކޮށްގެން ކުރަމުންގެންދާ މަޝްވަރާތަކުގައި މީގެ ކުރިން މޭޒުމައްޗަށް ގެނައުމަށްވެސް އީރާނުން ދެކޮޅުހަދަމުންގެންދިޔަ ނިއުކްލިއަރ މަޝްރޫއުގެ ވާހަކަތައްވެސް ދެކެވިދާނެ ހާލަތެއް މެދުވެރިކުރެވިދާނެކަމަށް އީރާނުން ހާމަކުރުމާއެކު ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިދާނެކަމަށް އުންމީދު ލިބިއްޖެކަމުގައި އެ މަޝްވަރާތަކުގެ ފުރިހަމަ މައުލޫމާތު އެނގޭ ބައެއް ޑިޕްލޯމެޓިކް ފަރާތްތަކުން ބުނެފިއެވެ.
މަޝްވަރާތަކުގައި އެންމެ އިސް މެދުވެރިއެއްގެ ދައުރު އަދާކުރަމުންގެންދާ ގަތަރުން މިހާރު ގެންދަނީ އީރާނުގެ އެޓޮމިކް ހަރަކާތަތަކާ ބެހޭގޮތުން އީރާނުން ހުށައަޅާފައިވާ ޕްރޮޕޯޒަލް ދިރާސާ ކުރަމުންނެވެ. އެޓޮމިކް ހަރަކާތްތަކުގައި އީރާނުން ދީފާނެ ކޮންމެ ލުޔެއް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެކަމަށް މައުލޫމާތު އެނގޭ ޑިޕްލޯމެޓުން ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް ބުލޫމްބާރގަށް ކިޔާދީފައިވެއެވެ.
އީރާނުގެ އެޓޮމިކް ހަރަކާތަތަކާ ބެހޭމާގިނަ މައުލޫމާތުތަކެއް އެނގިފައިނުވާނަމަވެސް އަދި އީރާނުން ނިއުކްލިއަރ ބާރަކަށް ވުމުގެ އެއްވެސް އެދުމެއް ނެތްކަމާއި އިސްލާމް ދީނުގެ ގިއުގަނޑުތެރޭގައި ފަނާކުރަނިވި ހަތިޔާރު އުފެއްދުން ހުއްދަނުކުރެވޭކަމަށް ދީނީ ހައިސިއްޔަތުން އެގައުމުގެ ސުޕްރީމް ލީޑަރ ފަތުވާ ނެރެފައިވީނަމަވެސް ފެބްރުއަރީ ހަނގުރާމަ ފެށުމުގެ ކުރިން އަދި އަބަދުވެސް ރައީސް ޓްރަމްޕްގެ އެންމެ ބޮޑު ބިރަކަށް ވެފައި އޮތީ އީރާނަކީ ނިއުކްލިއަރ ބާރަކަށް ވެގެންދިއުމެވެ. އީރާނުގެ ނިއުކްލިއަރ އާއި ބެހޭ މައުލޫމާތުތައް ހާމަކޮށްދިން ފަރާތަކަށް އެމެރިކާއިން މިހާރު އޮތީ ވިހި މިލިއަން ޑޮލަރުގެ އިނާމެއްވެސް ހުށައަޅާފައެވެ. އީރާނުން އެގައުމުގެ ނިއުކްލިއަރ މަޝްރޫއު ހިންގަމުން ގެންދާގޮތް ޔޫ އެންގެ ހަކަތައަށް ފާރަލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އޭޖެންސީއަށް ހާމަކޮށް ދީފިނަމަ ހަނގުރާމަ ހުއްޓާލުގެ ވާހަކަތަކައިގެން ކުރިއަށްދިއުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ގަތަރުން ދެކެއެވެ. މެދުއިރުމަތީގެ ސުލްހައަށްޓަކައި ނިއުކްލިއަރ މަޝްރޫގައި މީގެ ކުރިންވެސް ތެހެރާނުން ވާހަކަދައްކަން ތައްޔާރުކަމުގައި ނިއު ޔޯރކްޓައިމްސް އާއި ރޮއިޓާރސްގެ ޚަބަރުގައި ބުނެފައިވެއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްލުމުގެ ސަބަބުން ދުނިޔޭގެ ބާޒާރު ހަކަތައަށް ޖެހި އިގްތިސާދީ ކާރިސާއަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
އެމެރިކާގެ މިޑްޓާރމް އިލެކްޝަން ނާކާމިޔާބު ވުމަށްފަހު މެދުއިރުމަތީގެ ހާލަތު ފިނިކުރުމާބެހޭގޮތުން ރައީސް ޓްރަމްޕް ވަނީ ގަތަރުގެ އަމީރަށް ފޯނުން ވާހަކަ ދައްކަވާފައެވެ. ހަނގުރާމަ ހުއްޓާލުމާބެހޭ ގޮތުން ދެކެވޭ ކޮންމެ ވާހައެއް ކޮޅެއްގައި ނުޖެހި ހުއްޓެން ދިމާވާ މައިގަނޑު ސަބަބަކީ އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓު ފަހަރަށް އެމެރިކާއިން ނޭވަލް ބްލޮކޭޑެއް ކުރިމަތިކުރަމުން ގެންދާތީއެވެ.
ހޮރްމުޒް ކަނޑުއޮޅީގެ އިރުމަތީ ފަރާތުން ދަތުރު ނުކުރަން އީރާނުން އަންގާފައިވަނިކޮށް ދާދިފަހުން އެމެރިކާ ނޭވީންގެ ސަޕޯރޓާއެކު ދަތުރުކުރަމުންދިޔަ 2 ތެޔޮ ޓޭންކަރ ވަނީ މައިންގައި ޖެހި އަލިފާން ރޯވެފައެވެ. އެ 2 ތެޔޮ ޓޭންކަރ ދިޔައީ އައި އާރ ޖީ ސީ އަށް އޮޅުވާލުމަށްޓަކައި ބައްތިތައް ނިވާލައި އަދި އެ ޓޭންކަރު ތަކުގެ އައިޑެންޓިފިކޭޝަން ނިޒާމްވެސް ނިއްވާލައިގެން ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.
ހަނގުރާމަހުއްޓުވޭނެ މަގެއް ފެނޭތޯ ގަތަރުން ދެކޮޅަށް ދުވެދުވެ ހުއްޓާ އެމެރިކާގެ މިޑްޓާރމް އިންތިޚާބުގައި ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާރޓީ ބޮޑުތަނުން ބަލިވުމާގުޅިގެން އެމެރިކާގެ ރައްޔިތުންވެސް އަޑުހަރުކޮށް ފާޅުގައި ހަނގުރާމައަށް ނުރުހޭކަން ފާޅުކުރަން ފެށުމުން ހަނގުރާމަ ހުއްޓުވަން ގަތަރުން ކުރަމުންގެންދާ މަސައްކަތަށް ކޮންމެވެސް ވަރަކަށް މަގު އަލިވެއްޖެ ކަހަލައެވެ. ބައެއްތަޖުރިބާކާރުން ދެކޭގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރާއެކު ރައީސް ޓްރަމްޕްއަށްވެސް ނިކުމެ ވަޑައިގެންނެވުނީ ދެން ދާންވީ ދިމާލެއްގެ ޗާޓު ކުރެހިފައިނެތް ހަތަރު އަނގޮޅިއަކަށެވެ. އަލުން ހަނގުރާމަ ފަށައިފިނަމަ ވަކި ޖިއޯގްރަފީ އަކަށް ބެލުމެއްނެތި އީރާނުގެ ހަމަލާތައް އަމާޒުވެ އެ ސަރަހައްދެއް ފަނާކޮށްލާނެކަމުގެ އިންޒާރު އީރާނުން ދެމުންގެންދާތީ އެންމެ ފުރަތަމަ ހަނގުރާމައިގާ އަނދައިގެންދާނީ ގަލްފުގެ ގައުމުތައް އެއީ އިތުރު ތަފްސީލަށް ބޭނުން އިންޒާރަކަށް ނުވާނެއެވެ. ގަލްފުގެ ގައުމުތަކުން ހަކަތަ އެކްސްޕޯރޓްކުރުން ހުއްޓުމަކީ މުޅި ދުނިޔެ އަނެއްކާވެސް އުއްބައްތީގެ ޒަމާނަށް ވާސިލް ވުންކަން އެންމެންނަށްވެސް އެނގޭނެއެވެ. އެ ހާލަތުގައި އެއްވެސް ގައުމެއް އިސްތިސްނާއެއް ނުވާނެއެވެ. އަދި އެއީ އެއްވެސް ގައުމަކަށް ލިބުނު ކާމިޔާބީއަކަށްވެސް ނުވާނެއެވެ.
އިރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާ އުފުލަން ޖެހިފައިވާ މާލީ ބޮޑު ގެއްލުމުގެ އިތުރުން އެމެރިކާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކުރިމަތި ވެފައިވާ ތަކްލީފްތަކަކީ ރިޕަބްލިކަން ޕާރޓީއަށް މިޑްޓާރމް އިލެކްޝަން ގެއްލިގެންދިއުމުގެ ހަގީގަތް ކަމުގައި އެމެރިކާގެ ނައިބުރައީސް ޖޭ ޑީ ވޭންސް ވިދާޅުވަމުން ގެންދަވާއިރުގައިވެސް ރައީސް ޓްރަމްޕް އެހުންނަވަނީ އީރާން ފުޑާލެވިދާނެ ހަމަލާތަކަކަށް ބަލަބަލައެވެ. އިސްރާއީލުގެ އިންތިޚާބު ނަތަންޔާހޫ އަށް ގެއްލިގެން ދިއުމަކީ އީރާނާ ދެކޮޅަށް ރައީސް ޓްރަމްޕް ކުރައްވަން އޮތް ފައިސަލާވެސް އޮޅުން ބޮޅުންތަކެއްގެ ތެރެއަށް ވެއްޓިގެން ދިއުން ކަމުގައި ގިނަ މީޑިއާ ތަކަކުން ބުނަމުންގެންދެއެވެ. އަދި އެންމެ މިސައިލެއްވެސް ބޭނުންނުކޮށް އީރާނުން އެމެރިކާއާއި އިސްރާއީލުގެ އިންތިޚާބު ގަޑުބަޑު ކޮށްލިގޮތަކާ ދޭތެރޭވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.
މެދުއިރުމަތީގައި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި އެންމެފަހުން ފާހަގަކުރެވިފައިވާ ޑިޕްލޯމެޓިކް ހަރަކާތްތަކުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ގެންދަވަނީ ސައޫދީ އެރޭބިއާ އާއި ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ތުރުކީ އަދި ކުވޭތާއި ސައިޕްރަސްއާއި ޖޯރޑްންއާއެކު ފޯނުން މަޝްވަރާކުރަމުން ކަމުގައި ދަ ޓެލެގްރާމްގެ ރަސްމީ ޗެނެލުން ހާމަކޮށްފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް