އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ ކުރިން ޝެއިޚް ހަސީނާ އައު ޕާސްޕޯޓެއް ހަދަން ހުށަހަޅުއްވައިފި

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝް ގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ކުރިން ރާއްވަވާފައިވާ ގޮތަށް އަންނަ ޑިސެމްބަރުމަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ ކުރިން އައު ޕާސްޕޯޓެއް ހަދަން ހުށަހަޅުއްވައިފިއެވެ.ޕާސްޕޯޓާ އެކުއެކީ ނެޝަނަލް އައިޑެންޓިޓީ ކާޑު ހަދަންވެސް ނިއު ޑެލްހީގައި ހުންނަ ބަންގްލާދޭޝް ހައިކޮމިޝަން އަށް އެކަމަނާ ހުށަހަޅުއްވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.


ލަންޑަންގައި ހުންނަވާ ހަސީނާގެ ކައުންސެލް ސްޓީވަން ޕައުލްސް މެދުވެރިކުރައްވާ ހަސީނާގެ ވަކީލުން ވަނީ 9 ނޮވެމްބަރު ގެ ތާރީޚުގައި އެކްޓިންގ ހައިކޮމިޝަނަރ ޕްރީތީ ރަހްމާން އަށް ސިޓީ ލިޔެ، އެކަމަނާގެ ޕާސްޕޯޓް އާއި ނެޝަނަލް އައިޑެންޓީޓީ ކާޑު އިންޓަރިމް ސަރުކާރުން އުވާލާފައިވާތީ،އަލުން އެތަކެތި ހަދާ ދެއްވުމަށް އެދިފައެވެ. އަދި ޕާސްޕޯޓާއި އައިޑީކާޑު އައު ކުރަން ބޭނުންވަނީ ބަންގްލާދޭޝް ގެ ރައްޔިތެއްގެ ހައިސިސްޔަތުން އެކަމަނާއަށް ގާނޫނުތަކުން ލިބިދޭ ހައްގުތައް އަދާ ކުރެއްވުމަށް ކަމަށް ވިދާޅުވެފައި ވެއެވެ.
2024ވަނަ އަހަރުގެ އޮގަސްޓްމަހު އާންމުންގެ ނުރުހުން އަމާޒު ވުމާއި ގުޅިގެން ގައުމު ދޫކުރައްވާ ވަޑައިގެންނެވި ފަހުން ޝެއިޚް ހަސީނާ އުޅުއްވަމުން ގެންދަވަނީ އިންޑިޔާގައެވެ. ނަމަވެސް ޑިސެމްބަރުމަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.
2025ނޮވެމްބަރު މަހު ބަންގްލާދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ވަނީ ޝެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް ކަނޑައަލާފައެވެ.އެއީ މުޒާހަރާތަކުގައި ބައިވެރިވި ގިނަ ބަޔަކު، ފުލުހުންގެ ހަމަލާއިން މަރުވެފައިވާތީ އެވެ. ހަސީނާ ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އޭނާއާއި ދެކޮޅަށް ޝަރީއަތް ކުރެވުނީ އިންސާފުން ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.
ޝެއިޚް ހަސީނާގެ އަވާމީ ލީގް ޕާޓީ ބަންގްލާޑޭޝް ސަރުކާރުން ވަނީ އުވާލާފައެވެ.
ހަސީނާ ޑިސެމްބަރުމަހު އެނބުރި ގައުމަށް ވަޑައިގެންފިނަމަ ސަރުކާރުން އެންމެ ބޮޑު އިދިކޮޅު ލީޑަރަށް ހިމާޔަތް ދޭން ބޭނުންވާ މިންވަރު ހާމަވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް