އެމެރިކާގެ ރައީސް އަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕް: ވައިޓްހައުސް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކޮންގްރެސްގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަގުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓުން ކާމިޔާބު ކުރުމާއި ގުޅިގެން ވައިޓް ހައުސް އިން ތަފާތު ވާހަކަ އެއް ބުނެފިއެވެ. މިގޮތުން ވައިޓްހައުސް އިން ބުނެފައިވަނީ އެމެރިކާގެ ރައިސް އަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕް ކަމުގައެވެ.


ވޯޓުގެ ނަތީޖާމިހާތަނަށް ފެންނަ ގޮތަށް ބަލާއިރު ސެނެޓުގެ 54 ގޮޑި ޑިމޮކްރެޓުން ކާމިޔާބް ކޮށްފައިވާއިރު ރިޕަބްލިކަނުންނަށް ލިބިފައިވަނީ 44ގޮޑިއެވެ. ހައުސްގެ ނަތީޖާއަށް ބަލާއިރު ޑިމޮކްރެޓުންނަށް 228 ގޮޑި ކާމިޔާބު ކުރެވިފައިވާއިރު ރިޕަބްލިކަނުންނަށް ލިބިފައިވަނީ 139 ގޮޑިއެވެ.
މިއީ، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމާ ދެކޮޅަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އެތައް މިލިޔަން މީހުން ނިކުމެ ދިން ވަރުގަދަ ތާރީހީ ރައްދެކެވެ. ގިނަ ޒަމާންތަކެއް ވަންދެން ރިޕަބްލިކަން ޕާޓީގެ ކޮންޓުރޯލު ގެ ދަށުގައި އޮތް ޓެކްސަސް، އަޔޯވާ، އަދި ދެކުނު ކެރޮލައިނާ ފަދަ ސްޓޭޓްތަކުގެ ގޮނޑިތައް ވެސް ޑިމޮކްރެޓުން ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ބަދަލުކޮށް،ފުރިހަމަ އަގުލަބިއްޔަތެއް ކަށަވަރުކޮށްފައެވެ.

ވޯޓުލީ މީހުންގެ މި ނިންމުމުގެ މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލުމާއި އިގުތިސާދީ މައްސަލަތަކެވެ. މީގެއިތުރުން ފެބުރުއަރީ މަހު އީރާނާ ދެކޮޅަށް ގައިރުގާނޫނީ ހަނގުރާމައެއް ފެށުމަށް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން ތެލުގެ އަގު އުފުލި، އާންމުންގެ ރުޅިވެރިކަން އިތުރުވެފައި ވުމެވެ.
އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި، ވޯޓުލީ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މި އިންތިހާބު ދުށީ ޓްރަމްޕަށް ދިން އިންޒާރެއްގެ ގޮތުގައެވެ. އަދި، ގިނަ ބަޔަކު ތިބީ ގައުމުގެންދާ މިސްރާބާ މެދު ނުރުހިފައެވެ.

ތާރީހީ ކާމިޔާބީތަކަށް ބަލާއިރު، މިޗިގަން ސްޓޭޓުން ސެނެޓުގެ ގޮޑި ކާމިޔާބު ކުރައްވާފައިވަނީ މުސްލިމް ބޭފުޅެއް ކަމަށްވާ އަބްދުލް އަލް ސާއިދުއެވެ.ކެންސަސްއިން ގާތްގަނޑަކަށް ގަރުނެއް ފަހުން ޑިމޮކްރެޓިކް ކެންޑިޑޭޓަކު ސެނެޓު ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ. މީގެއިތުރުން، ޓެކްސަސްގެ ގަވަރުނަރު ކަމުގެ ގޮނޑި ވެސް ޑިމޮކްރެޓުން ކާމިޔާބުކުރިއެވެ. މި އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ އަތުން ސެނެޓުގެ ހަ ގޮނޑި ގެއްލިފައިވާއިރު، ހައުސްގެ އަށް ގޮނޑިއަށް ވުރެ ގިނަ ގޮނޑި ވަނީ ޑިމޮކްރެޓުންގެ ބާރުގެ ދަށަށް ގޮސްފައެވެ.

މި ނަތީޖާއާ ގުޅިގެން ޓްރަމްޕް ވަނީ، ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތް ކަމަށާއި، ނަން އޮތް ނަމަ ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބުން ބަލިވީ އީރާން ހަނގުރާމައިގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ނަމަވެސް، ޑިމޮކްރެޓިކް ސެނެޓަރު ޖޯން އޮސޮފް ވިދާޅުވީ، މިއީ ޓްރަމްޕުގެ ކޮރަޕްޝަނާއި ނާގާބިލުކަމަށް ރައްޔިތުން ދިން ރައްދެއް ކަމުގައެވެ. މީގެއިތުރުން ،ވޯޓުލީ މީހުންގެ %70 މީހުން ބޭނުންވަނީ ކޮންގްރެސް މެދުވެރިކޮށް ރައީސްގެ ބާރުތައް ހިފަހައްޓައި ފާރަވެރިވުމަށް ކަމުގައި ސާވޭތަކުން ވަނީ ދައްކާފައެވެ.
އިންތިހާބަށް ކައިރި ވަމުން އައި އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިޑްޓަރމް އިންތިހާބް ރިޕަބްލިކަނުންނަށް ކާމިޔާބް ވެއްޖެ ނަމަ އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5ހާސް ޑޮލަރު ދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް މިކަމަށް އެތައް ޓްރިލިއަން ޑޮރަރު އަރާނެ ކަމަށާ މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން އޭރުވެސް ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް