ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ހ. ރަބީޢީމަންޒިލް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައި ވަނީ މިރޭ 09:59 ގައިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ޢަބްދުﷲ ޝާހިދަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ.
![]()
