ޓުރަމްޕު އަނެއްކާވެސް ބިރުދައްކަން ފަށައިފި!

Loading

Facebook
Twitter
WhatsApp

ވޮޝިންޓަނާއި ތެހެރާނާ ދެމެދު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރިއަށްދިޔަ ނަމަވެސް، އީރާނުގައި ނިއުކްލިއާ މަސައްކަތް ކުރާ ކަމަށް ޝައްކުކުރެވޭ ބާކީ ހުރި ތަންތަނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، އަލުން އަސްކަރީ ފިޔަވަޅުތަކެއް އަޅައިފާނެ ކަމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފްލޮރިޑާގައި ހުންނަ އޭނާގެ މާ-އަ-ލާގޯ އެސްޓޭޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމަލާދޭން ބާކީ ހުރީ އެންމެ ތަނެއް ނުވަތަ ދެ ތަން ކަމަށާއި، 10 މިނެޓުގެ ތެރޭގައި އެމެރިކާއަށް އެ ތަންތަން ހަލާކުކޮށްލެވިދާނެ ކަމަށެވެ. އަދި އީރާނުގައި ނިއުކްލިއާ މަސައްކަތް ކުރާ ކަމަށް ޝައްކުކުރެވޭ މަރުކަޒެއް ކަމަށްވާ ”ޕިކްއެކްސް މައުންޓަން“ ގެ ނަން އޭނާ ވަކިން ޚާއްސަކޮށް ފާހަގަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ ތެހެރާނާއެކު އެއްބަސްވުމަކަށް އައުމަށް ވޮޝިންޓަނުން އަވަސްއަރުވާނުލާ ކަމަށެވެ. މީގެއިތުރުން، އެމެރިކާއިން މީގެ ކުރިން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން ނިއުކްލިއާ އޮނިގަނޑު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަފުތާގެ ކުރީކޮޅު އަސްކަރީ އޮޕަރޭޝަންތައް އަލުން ފަށައިފާނެތޯ ސުވާލުކުރުމުން، ޓްރަމްޕް ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހެއްދެވިއެވެ. އެހެންނަމަވެސް، ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އީރާނަށް ދުވަހަކުވެސް ނުދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ހުކުރު ދުވަހު ތެހެރާނުގައި ބޭއްވި މަޝްވަރާތަކަށްފަހު، ހޮނިހިރު ދުވަހު ދޯހާގައި ގަތަރުގެ މެދުވެރިންނާ އީރާނުގެ މަންދޫބުން ބައްދަލުކޮށް، ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދަނިކޮށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް