ބަންގްލާދޭޝްގައި އަނެއްކާވެސް އާންމުންގެ ހަޅުތާލެއް،މިފަހަރު މުސާރައިގެ މައްސަލަ

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝްގައި އަނެއްކާވެސް މަސައްކަތްތެރިންގެ ހަޅުތާލެއް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ.އެތައްހާސް ފެކްޓަރީ-މަސައްކަތްތެރިން ނިކުމެ މުޒާހަރާކުރަންފަށާފައިވަނީ ގާމެންޓް ފެކްޓަރީ ތަކުގައި މަސައްކަތް ކުރާ މީހުންގެ މިނިމަމްވޭޖް 12،500
ޓާކާ އިން 30،000ޓާކާ އަށް ބޮޑުކޮށް ދިނުމަށް އެދިއެވެ.


އެތައްހާސްބަޔަކު މަސައްކަތް ހުއްޓާލުމަށްފަހު ހޯމަދުވަހުވެސް މަގުތަކަށް ނިކުމެ މުޒާހަރާކުރަންފެށުމާއި އެކު ގިނަ އަދަދެއްގެ ފުލުހުންވަނީ އެމީހުންނާ ކުރިމަތިލާ ކަރުނަގޭހާ އަތުބޮންފަދަ ހަތިޔާރު ބޭނުންކޮށްގެން އެމީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.ނަމަވެސް އާންމުންވަނީ އިހްތިޖާޖްތައް ކުރިޔަށް ގެންގޮސް ތަންތަން ލޫޓުވުމާއި ހުޅުޖެހުމުގެ ހަރަކާތްތަކެއްވެސް ފަށާފައެވެ.
މުޒާހަރާތައް އެންމެ ބާރަށް ކުރުޔަށްދާ ޑާކާ އަދި ޢާޒީޕޫރުގައި ބޯޑަރގާޑް ފައުޖް ގެ ސިފައިން ނެރެފައިވާއިރު އާންމުންދަނީ ޕޮލިސް ޕޯސްޓްތަކަށް ވެސް ހަމަލާދީ އެތަންތަން ހަލާކު ކުރުމުގެ އިތުރުން ޕޮލިސް ވެހިކަލްތަކުގައިވެސް ހުޅުޖަހާ ހަދަމުން ކަމަށް ޚަބަރު ލިބެއެވެ.
މަސައްކަތްތެރިންގެ ހަޅުތާލު ފަށާފައިވަނީ ނޮވެމްބަރު 1ގައެވެ.ވެރިރަށް ޑާކާގެ އިތުރުން މީރުޕޫރު،ކޮނަބާރީއަދި ޢާޒީޕޫރުގައި ވަރަށް ގިނަ އަދެއްގެ މަސައްކަތްތެރިން ނިކުމެ މުޒާހަރާގައި ބައިވެރިވެފައިވެއެވެ.ރުޅިއައިސްފައިވާ މަސައްކަތްތެރިން ފެކްޓަރީ ތައް ހަލާކުކޮށް އަދި ފުލުހުންނާއި ދިމާލަށް ގާއުކަމުންދާ މަންޒަރުތައް ސޯޝަލް މީޑިޔާ ގައިވާ ވީޑިއޯ ތަކުން ފެނެއެވެ.
އެތައްބަޔަކު ނިކުމެ ބޮޑެތި ހައިވޭތަކާއި މައި މަގުތައް ބައްދާލައިގެން ތިބޭ މަންޒަރާއި އަދި ބެރިކޭޑްތަކަށް އަރާތިބޭ މަންޒަރުވެސް ފެނެއެވެ.ބައެއް ފެކްޓަރީ ތަކުގައިވެސް ރޯކޮށްފައިވާއިރު ރޯކޮށްފައިވާ ޓަޔަރުފަދަތަކެތިން މަގުތައް ބަންދުކޮށްފައި ވުމުން އަލިފާން ނިއްވާ ފަރާތްތަކަށްވެސް އެތަންތަނަށް ފޯރުމަށް ވަނީ ދަތިވެފައެވެ.
ރިޕޯޓްތައްބުނާ ގޮތުން މަގުތަކާއި ހައިވޭތައް މިގޮތަށް ބަންދުކޮށްލުމުން ދުވާލެއްގެ މައްޗަށްވެސް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިގެން ދާނެއެވެ.
ގާމެންޓް ފެކްޓަރީ ތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މުޒާހަރާކުރަންފަށާފައިވަނީ ސަރުކާރު މުވައްޒަފުންނަށް މިހާރު ލިބޭ މުސާރައިގެ ދެގުނަ އާއި އެއްވަރުގެ މުސާރަބޮޑުވުމެއް އިއުލޫނު ކޮށްފައިވަނިކޮންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް