ފަރަންސޭސި ރައީސް މެކްރޯން ޤަތަރަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން 2 ދުވަހުގެ ފުރަމާން ދަތުރު ފުޅެއްގައި ޤަތަރަށް ވަޑައިގެންފިއެވެ.މިދަތުރު ފުޅުގައި އަންގާރަ ދުވަހު މެކްރޯން ޤަތަރަށް ވަޑައިގަތުމާއި އެކު ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ ވަނީ ފުރިހަމަ ސްޓޭޓް އޮނަރސް އާއި އެކު މަރުހަބާ ވިދާޅުވެފައެވެ.


މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ދެބޭފުޅުން ވަނީ ލުސައިލް ޕެލަސްގައި ބައްދަލް ކުރައްވާ ފްރާންސާއި ޤަތަރާއި ދެމެދު އޮތް ގުޅުން ތަކުގެ އިތުރުން އެނަރޖީ ސެކިއުރިޓީ،ޑިފެންސް އަދި ރީޖަނަލް ސެކިއުރިޓީ ގެ އިތުރުން އިންވެސްޓްމަންޓް ގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފަ އެވެ.
ހަމަދް އިންޓަރނޭޝަނަލް އެއާޕޯޓުން ރައީސް މެކްރޯން އަށް މަރުހަބާ ދަންނަވާފައިވަނީ ޑެޕިއުޓީ ޕްރައިމިނިސްޓަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާސް ޝެއިޚް ސައޫދު ބިން އަބްދުއްރަހްމާން ބިން ހަސަން އަލް ތާނީ އެވެ.އޭގެ ކުރިން މެކްރޯން ދަތުރު ކުރެއްވި ބޯޓަށް ވަނީ ފައިޓަރ ޖެޓްތަކެއް އެސްކޯޓް ދީފައެވެ. އަދި ލުސައިލް ގަނޑުވަރަށް ވަޑައިގެންފައިވަނީ ސްޓޭޓް މޮޓަކޭޑް ޕްރޮސެޝަން އެއްގައެވެ.
ޤަތަރަށް ވަޑައިގެންނެވުމުގެ ކުރިން މެކްރޯން ވަނީ ގަލްފް ގެ އެހެން ބައެއްގައުމުތަކަށްވެސް ދަތުރު ކުރައްވާފައެވެ.އޭގެ ތެރޭގައި ޔުނައިޓަޑް އެރެބް އެމިރޭޓްސް، ކުވެއިތު އަދި ބަހުރެއިން ހިމެނެއެވެ.މިދަތުރު ފުޅު ތަކުގައި ހަކަތައިގެ ސަޕްލައިގެ ޔަގީންކަން އެގައުމުތަކުގެ ލީޑަރުން ދެއްވިކަމަށް ޚަބަރުތައް ބުނެއެވެ.
ފަރަންސޭސި ޕްރެޒިޑެންސީން ހާމަކޮށްފައިވާ ގޮތުގައި ޔޫއޭއީ އާއި ބަހުރެއިނުން، ކޮންމެ ގައުމަކުން މަހަކު 100،000ޓަނުގެ ޑީސަލް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ސައޫދީ އަރަބިއްޔާއިން ދޭނެ ކަމަށް ވައުދުވެފައިވާ އަދަދާއި އެކު މަހަކު ޖުމްލަ 295،000 ޓަނުގެ ޑީސަލް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އެލީސީ ގަނޑުވަރުން ބުނެފައި ވެއެވެ.މިއީ ފްރާންސްގައި ބޭނުންކުރެވޭ ޑިސަލްގެ 10 އިންސައްތައަށް ވުރެ ކުޑަތަންކޮޅެއް އިތުރު މިންވަރެކެވެ.އަދި ކުރިއަށް އޮތް ނޮވެމްބަރުމަހު ފްރާންސުން ތެލަށް ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަނެއްކޮޅުން ފްރާންސްގައި ސަރުކާރާދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ތަންތަން ލޫޓުވާ ހުޅުޖަހާ ހެދުމުގެ ހަރަކާތް ތަކަކަށްފަހު މެކްރޯން ވަނީ އާދީއްތަދުވަހު ގައުމާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.މެކްރޯން ވިދާޅުވީ ގަލްފް ގައުމުތަކަށް އޭނާ ދަތުރު މިކުރައްވަނީ ގައުމަށް ބޭނުންވާ ފިއުލްގެ ސަޕްލައި ޔަގީން ކުރެއްވުމަށް ކަމުގައެވެ.
ފްރާންސްގައި އާންމުން ހަޅުތާލު ކުރަމުން ގެންދަނީ ފިއުލްގެ އަގުބޮޑު ވުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާތީ އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އަދި ފިހާރަތަކާއި އެހެންވެސް ތަންތަން ހަލާކުކޮށް ދަނީ ލޫޓުވަމުންނެވެ.
މިދަރުފުޅުގައި ރައީސް މެކްރޯންގެ އަރިހުގައި ބިޒްނަސް ލީޑަރުންގެ ވަފްދެއް ބައިވެރިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް