ސަޢުދީގެ އެއާޕޯޓަކަށް ހަމަލާދީ 12 މީހުން ޝަހީދުކޮށްލައިފި!

Loading

Facebook
Twitter
WhatsApp

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި 12 މީހުން ޝަހީދުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ސިވިލް އޭވިއޭޝަންގެ ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ބުނެފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ އެތެރޭގެ އުދުހުންތަކަށް ޚިދުމަތްދޭ ޓާމިނަލް 3 އަދި 4 ހިމެނޭ އެއާޕޯޓުގެ ކޮމްޕްލެކްސް އަށެވެ.

ސަޢުދީ އިސްވެ އޮންނަ ކޯލިޝަނުން މި ހާދިސާގެ ޒިންމާ އަޅުވާފައިވަނީ އަވަށްޓެރި ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ޙޫތީ ހަނގުރާމަވެރިންގެ ބޮލުގައެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، ހަރުކަށި ރައްދެއް ދޭނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.ޝަހީދުވި މީހުންގެ ތެރޭގައި ސަޢުދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން ފަލަސްޠީނު، އެމެރިކާ، މިޞްރު، އުރުދުން، ސޫރިޔާ އަދި ސޫދާނުގެ ރައްޔިތުން ހިމެނެއެވެ. އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެކި ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.ޙޫތީ ހަނގުރާމަވެރިންނާއި ސަޢުދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާއަކީ، އީރާނު ހަނގުރާމަ ފެށުނު ފަހުން ޚަލީޖުގެ ޢަރަބި ޤައުމަކަށް އަމާޒުވި އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު ޝަހީދުވި ހަމަލާއެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހަނގުރާމަވެރިންނާ ދެކޮޅަށް ސަޢުދީން ދޭ ހަމަލާތަކުގައި ވޮޝިންގޓަނުން ބައިވެރިވުމާމެދު ވިސްނަމުންދާ ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، އެމެރިކާގެ ރައްޔިތަކު ޝަހީދުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައި، ފްލައިޓްތައް އެހެން ދިމާލަކަށް ބަދަލުކޮށްފައިވާއިރު، ބައެއް ޤައުމުތަކުން ވަނީ އެ އެއާޕޯޓަށް ދަތުރުނުކުރުމަށް އެ ޤައުމުތަކުގެ ރައްޔިތުންނަށް އިންޒާރު ދީފައެވެ.މި ހަމަލާ ދީފައިވަނީ ސަރަޙައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ އެއާޕޯޓްތަކަށާއި، އަސްކަރީ މަރުކަޒުތަކަށާއި، ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ތަކުރާރުކޮށް ހަމަލާތައް ދަނީ ދެމުންނެވެ.ސަޢުދީގެ ވައިގެ ސަރަޙައްދު ބޭނުންނުކުރުމަށް ބައިނަލްއަޤްވާމީ އެއާލައިންތަކަށް ޙޫތީން ވަނީ އިންޒާރު ދީފައެވެ. މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފެދި، މުޅި ސަރަޙައްދަށް އިތުރު ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް