ބާރުގަދަ ތޫފާން ”ޑުޖުއާން“ ޖަޕާނަށް އަރައި ހިނގި އެކި ހާދިސާތަކުގައި ހަތަރު މީހުން މަރުވެއްޖެ

Loading

September 22, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބާރުގަދަ ”ޑުޖުއާން“ ތޫފާން ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އުތުރުން ކައިރި އެހެން ޕްރީފެކްޗާތަކަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ވަރަށް ވައިގަދަވެ ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި ހަތަރު މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. މި ތޫފާނުގެ ސަބަބުން 50ހާހެއްހާ މީހުންގެ އާބާދީ އަކަށް ކަރަންޓް ކެނޑި އެތައްސަތޭކަ ފްލައިޓް މެދުކަނޑާލާފައިވެއެވެ.


ތޫފާންގެ ސަބަބުން ހާލުގައި ޖެހިދާނެ ކަމަށް ބެލެވޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުވާން އެންގުނު ނަމަވެސް އަންގާރަ ދުވަހުއިރުމަތީ އައްސޭރިފަށާ ދުރަށް ތޫފާން ޖެހުމާއިގުޅިގެން ހާލަތު ރަނގަޅުވާން ފެށުމުން އެއަމުރު ވަނީ ވީއްލާފަފައެވެ.
ތޫފާން އެންމެ ބާރުގަދަވީ ހޯމަ ދުވަހުއެވެ.އެއާއި އެކު މީހުންގެ ފުރާނަޔަށް ގެންލުން ވެދާނެ ކަމަށް ބުނެ 1.9 މިލިއަން މީހުންގެ އާބާދީ އަކަށް ވަނީ ރައްކާތެރި ޝެލްޓަރ ތަކަށްދާން އަންގާފައެވެ.
ތޫފާނާއި ގުޅިގެން މީހުން މަރުވެފައިވަނީ ކަނަގާވާ އަދި ޗީބާ ޕްރިފެކްޗަރުންނެވެ.މިދެ ޕްރީފެކްޗަރުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ. މިހާދިސާތަކުގައި ހަމީހުން ގެއްލިފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ޑުޖުއާން ތޫފާނުގައި ގަޑިއަކު 130ކިލޯމީޓަރު ބާރުމިނުގައި ވައިޖެހިފައި ވެއެވެ.
ޑުޖުއާން ތޫފާނުގެ ކުރިންވެސް ޕެސިފިކް ސަރަހައްދަށް ވަނީ ގާތްގާތުގައި ތޫފާންތަކެއް އަރާފައެވެ.މި ތޫފާން ގެ ބާރު މިހާގަދަ ވެފައިވަނީ ”ސުޕަރ އެލްނީނޯ“ ގެ ސަބަބުން ކަމަށް ވެއެވެ.
ޑުޖުއާން ތޫފާނަކީ މިއަހަރު ޖަޕާނަށް ކުރިމަތިވި 25ވަނަ ތޫފާން ކަމަށް ވެއެވެ.އަދި ތޫފާން ކުރިމަތިވީ ފަސްދުވަހުގެ ޗުއްޓީ އަކާއި ދިމާކޮށް ކަމުން ޗުއްޓީއަށް ރޭވި ފެސްޓިވަލްތަކާއި މިޔުޒިކް ޝޯތަކުގެ އިތުރުން ގޭމްޝޯ ތައްވަނީ ކެންސަލް ކުރަން ޖެހިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް