އިސްރާއީލަށްޓަކައި ހަނގުރާމަކޮށް އެމެރިކާގެ މިލިޓްރީ ތިންވަނަ ދުނިޔޭގެ ފެންވަރަށް ވެއްޓޭކަށް ބޭނުމެއް ނޫން

Loading

Facebook
Twitter
WhatsApp

އެމެރިކާ މިލިޓްރީންގެ ތެރޭގައި ދެބަސްވުންތައް ދުވަހަކުވެސް ފެނިފައިނުވާ މިންވަރަށް މިއަދު ފެންނަމުން އެބަ ދެއެވެ. ފެންނަ ފެނުމުގައި މިލިޓްރީގެ އިސް ވެރިންނާއެކު ސިފައިންގެ ވެރިޔާ ހުންނެވީ ރައީސް ޓްރަމްޕްގެ އަމުރަށް ކިޔަމަންނުވާ ހިސާބުގައެވެ. މިކަމާ ބެހޭ ޕެންޓަގަންގެ ކްލާސިފައިޑް ލިއެ ކިއުންތަކެއް އެމެރިކާގެ މީޑިއާއަށް ވަނީ ލީކް ވެފައެވެ. މުޅި ދުނިޔެއަށް ކުއްލި ހައިރާންކަމެއް އެ ލިއެކިއުންތަކުން ގެނެސް ދެއެވެ. އަހަރެމެންނަށް އީރާނުގެ ހަނގުރާމައިގާ ނާކާމިޔާބު ވެއްޖެއެވެ. ހަނގުރާމަ ކުރިއަށް ގެންދާނަމަ އެމެރިކާގެ މިލިޓްރީއަށް ލިބެމުންދާ ގެއްލުންތަކުން އެމެރިކާގެ މިލިޓްރީ ހާލަތު ތިންވަނަ ދުނިޔޭގެ ފެންވަރަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު ހީވެއެވެ.

ކުރުކޮށް ބުނާނަމަ މެސެޖް ވަރަށް ސާފެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ނުގެންދެވޭނެއެވެ. އިސްރާއީލަށްޓަކައި އަހަރެމެން ހަނގުރާމަކުރާކަށް ނުޖެހޭނެއެވެ. މިލިޓްރީ އިސްވެރިންގެ ބަޣާވަތުގެ މެސެޖްގައި ބުނެފައިވެއެވެ. މި ހަނގުރާމައިން ދުރުހެލިވުމަށް ރައީސް ޓްރަމްޕް އަށް މިލިޓްރީ އިސްވެރިން ގޮވާލާފައި ވެއެވެ. ލީކް ވެފައިވާ ލިއެކިއުންތަކުން އެމެރިކާގެ މިލިޓްރީ އޮތީ ރައީސް ޓްރަމްޕް އާއި މުޅިން ތަފާތު ވިސްނުމެއްގައިކަން ހާމަވެގެން ދެއެވެ. ހަމައެކަނި އީރާނު ހަނގުރާމައިގައެއް ނޫނެވެ. މިލިޓްރީ އާއި ސަރުކާރުގެ ތެރޭގައެވެ. އަހަރެމެން އަތުގައި ހަނގުރާމަ ކުރާނެ މިސައިލެއް ނެތެވެ. ޕެންޓަގަން އޮފިޝަލުން ބުނެފައިވެއެވެ. އަތުގައިހުރި ހަތިޔާރު އިސްރާއީލަށްޓަކައި ހުސްކޮށް ނުލެވޭނެއެވެ. ސިފައިން މަރުވަމުންދާއިރު ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުންނެވެ. މިއީ އީރާނާއެކު އެއްބަސްވުމަކަށް އައިސް މި ހަނގުރާމައިން ދުރުވެ ގަންނަން ވީ ވަގުތެވެ. ރައީސް ޓްރަމްޕްއަށް ނުފޮރުވުނު ހަގީގަތަކީ އެމެރިކާގެ ސިފައިންގެ އިސް ވެރިންގެ ދެކޮޅުވެރިކަމެވެ. އިސްރާއީލުގެ ހަނގުރާމަ އަހަރެމެން ލައްވާ ނުކުރެވޭނެކަން ޖޮއިންޓް ޗީފް އޮފް ސްޓާފް އެވަނީ ސަރީހަބަހުން އަންގާފައެވެ. މިއީ ބަޣާވެތެކޭ ނޫނީ ނުބުނެވޭނެއެވެ. ރައީސް ޓްރަމްޕް އަށް އެހެން ގޮތެއް ނެތެވެ. ރައީސް ޓްރަމްޕް މިއަދު 2 އިއުލާނެއް ކުރެއްވިއެވެ. ފުރަތަމަ އިއުލާނަކީ އަހަރެމެން ފަހަތަށް ޖެހިލައިފިނަމަ ރަޝިޔާއާއި ޗައިނާއިން އެމެރިކާގެ ދުވަސް ދުއްވާލާނެއެވެ. ދެވަނަ އިއުލާނަކީ ހަގީގަތުގައިވެސް އެމެރިކާއިން ވެނެޒޫލާގެ ތެޔޮ ވަގަށް ނަގައިފީމެވެ. އަހަރެމެން މިހާރު ހުންނާނީ ވެނެޒޫލާއިން ވަގަށް ނެގި ތެލުން އެމެރިކާގެ އިމަރޖެންސީ ރިޒާވް ފުރާލާފައެވެ. މެދު އިރުމަތީގެ ތެޔޮ އަހަރެމެންނަށް ބޭނުމެއް ނޫނެވެ. އީރާނުގެ ސުޕްރީމް ލީޑަރ ވިދާޅުވެފައިވާ ފަދައިން އެމެރިކާގެ ވެރިން އަދި އިސްރާއީލުގެ ވެރިންނަކީ ބޮޑެތިޖިނާއީ ކުށްވެރިންނެވެ. އަދި މުޅި އިސްލާމީ އުންމަތުގެ އެންމެބޮޑެތި ދުޝްމަނުންނެވެ. މިއީ އިސްލާމީ ގައުމުތަކުން އެކަން ގަބޫލު ކުރަންވީ ދުވަހެވެ. މެދުއިރުމަތީގެ ގައުމުތަކުން އެމެރިކާއަށް ލެނބިގެން ތިބޭކަށް ނުޖެހޭނެއެވެ. އެމެރިކާ ސިފައިން ގަލްފުގެ ސަރަހައްދުން ފައިބައިގެންދާން ޖެހޭނެއެވެ. އެމެރިކާއާއި އިސްރާއީލުން އުންމީދުކޮށްގެންތިބީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފަސޭހަކަމާއެކު ނިންމާ ލެވިދާނެކަމަށެވެ. އަހަރެމެންގެ ބާރު ހުރި މިންވަރު އެ ގައުމުތަކަށް އަންދާޒާ ކުރަންވެސް ނޭނެގުނެވެ. މިހާރު އެތިބީ ހަނގުރާމައިގެ ނާކާމިޔާބީގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހިފައެވެ. އީރާނުގެ ނޭވީންގެ ބަޔާނެއްގައި ބުނެފައިވެއެވެ. ހަނގުރާމައިގެ ޚަބަރުތައް ނިއުޅެމުންދާއިރު ޔޫ އެސް އެސް އަބްރަހަމް ލިންކަންއިން އަމިއްލައަށް މަރުވާން ވެގެން ސިފައިންގެ 6 މީހުން ކަނޑަށް ފުންމާލި ކަމަށް ވެއެވެ. އޭގެތެރެއިން އެއްބަޔަކު ވަނީ ސަލާމަތް ކޮށްފައެވެ. ސަލާމަތް ކުރެވުނު ސިފައިންނާ ދެކޮޅަށް އެމެރިކާގެ މިލިޓްރީން ވަރަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އަޑުތަކެއްވެސް މީޑިއާއަށް ފެތުރިފައި ވެއެވެ. އީރާނުގެ ސިވިލައިޒޭޝަން އެންމެ ރެއަކުން އެއްކޮށް ނައްތާލައްވާނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމަކީ ވަރަށް ނުރައްކާތެރި ވިދާޅުވުމެކެވެ. އެއީ ރާބޮއިގެންހުރި މީހަކު ބުނި ވާހަކައެއް ނޫނެވެ. އެވިދާޅުވުން ހަގީގަތަކަށް ހެދުމަށްޓަކައި ލިބިފައި ހުންނަންޖެހޭއެންމެހާ ނިއުކްލިއަރ ވަސީލަތްތައް ލިބިފައިހުރި ދުނިޔޭގެ ސުޕަރ ޕަވަރގެ އެމެރިކާގެ ރައީސްގެ ވިދާޅުވުމެކެވެ. އެއީ ޖަޕާނުގެ ހީރޯޝިމާއަށާއި ނާގަސާކީއަށް ވައްޓާލި ނިއުކްލިއަރ ބޮމަށް ވުރެން އެތައް ގުނަބާރުގަދަ ވަސީލަތްތަކެކެވެ. ރައީސް ޓްރަމްޕްއަށް ބޭނުންވަނީ ހަމައެކަނި ފަސްދޮޅަހަކަށް މިނިޓްގެ ވަގުތުކޮޅެކެވެ. މީގެކުރިން އެމެރިކާގެ ރައީސަކު އެ ވަރުގެ ނުރައްކާތެރި އަދި ގައުމެއް އެއްކޮށް ފަނާކޮށަލާނެ ބިރުވެރި އިންޒާރެއް ދީފައެއް ނުވެއެވެ. އިންސާނީދަރިފަސްކޮޅެއް ނައްތާލެވިދާނެ ވަސީލަތްތައް ލިބިފައިހުރުމާއެކު އެފަދަ ކަމަކަށް ބާރުއެޅުމާއި އެކަންކުރަން ގަސްދުކޮށް އިއުލާން ކުރުމަކީ ގަތުލު އާންމެއް ހިންގުމާ އެއްފަދަ ޖިނާއީ ކުށެއްކަން 1948 ގެ ޖެނީވާ ކޮންވެންޝަނުން އެއްފަދަ ކުރެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނުގެ ހީރޯޝިމާއާއި ނާގަސާކީއަށް ނިއުކްލިއަރ ބޮން އެޅުމަށް ބޭނުންކުރެއްވި ބަސްފުޅުގައި ޖަޕާނުގެ ދަރިފަސްކޮޅު ނައްތާލަން ގަސްދުކުރެއްވި ވާހަކަ ރައީސް ހެރީ ޓުރޫމަން ވިދާޅެއް ނުވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޖަޕާނުގެ މިލިޓްރީ ބާރުވެރިކަން ނައްތާލަންގަސްދުކުރެއްވި ކަމަށެވެ. ރައީސް ޓްރަމްޕްގެ ސްޓޭޓްމެންޓްގައި އެތައް ފަހަރަކު ވިދާޅުވެފައިވަނީ އީރާނުގެ 92 މިލިއަން އާބާދީ އާއެކު އެގައުމު ވުޖޫދުން ފޮހެލާނެކަމަށެވެ. 92 މލިއަން އިންސާނުން މާރާލުމުގެ ކުޅަދާނަކަމާއި ވަސީލަތްތައް ރައީސް ޓްރަމްޕް އަށް ހުރީ ލިބިފައެވެ. އެ ވިދާޅުވި އަންގާރަ ދުވަހުގެ ރޭ އެކަން ނުކުރެއްވުމަކީ އެމަނިކުފާނުގެ މަގްސަދު ބަދަލުވުން ކަމުގައި ނުބެލެވޭނެއެވެ. މިސާލަކަށް އެމެރިކާއަށް ހަމަލާދީ ދުނިޔޭގެ ޗާޓުން ފޮހެލައްވާނެ ކަމަށް ރަޝިޔާގެ ރައީސް ސާފުބަހުން އިންޒާރު ދެއްވައިފިނަމަ ޔުނައިޓެޑް ނޭޝަންސް ފަދަ ދުނިޔޭގެ ބާރުގަދަ މުއައްސަސާތަކުން ހަމަހިމޭނުން އޮންނާނެ ހެއްޔެވެ ؟ މި ހުރިހާ ހާދިސާއެއްވެސް ދަސްކޮށްދެނީ ދުނިޔޭގެ އަދުލު އިންސާފަކީ އަޅުގަނޑުމެންގެ ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވާފަދައިން ބޮޑުމީހާއަށް ބޮޑު އިންސާފު އަދި ކުޑަމީހަޢަށް ކުޑަ އިންސާފެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް