އޭއައި ތަރައްގީ ކުރުން މަޑުޖައްސާނުލައިފިނަމަ އެކަމުގެ ނުރައްކާ މުޅިއިންސާނިއްޔަތަށް އެބައޮތް

Loading

September 13, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންސާނާގެ ސިކުނޑިއަށްވުރެ ކުރިއަރާފައިވާ އާދަޔާޚިލާފަށް ތޫނުފިލި ކޮމްޕިއުޓަރު ނިޒާމުތަކާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވަމުންދާތީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ޓެކްނޮލޮޖީ ތަރައްޤީކުރުން ކޮންމެ ވެސް މިންވަރަކަށް މަޑުޖައްސައިލުމަށް އޭއައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ އެންތުރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ އޭއައި ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.

އޮންލައިން ކޮށް ހާމަ ކުރެއްވި ލިއުއްވުމެއްގައި އަމޯޑޭ ވިދާޅުވީ އޭއައި މޮޑެލްތަކަށް ލިބިފައިވާ ޤާބިލުކަން ތަރައްޤީކުރަންޖެހޭ ކަމާމެދު ސުވާލެއް ނުއުފައްދަވާ ކަމުގައެވެ. ނަމަވެސް ދުވެލި މަޑުޖައްސައިނުލާ ކުރިޔަށްދާނަމަ އެކަމުގެ ނުރައްކާ ވަރަށް ސީރިއަސް ކަމަށެވެ.އެހެން ކަމުން މިމައްސަލައާއި މެދު ވިސްނާ ފިޔަވަޅު އެޅުމުގެ ފުރުސަތު ކުންފުނިތަކާއި ސަރުކާރުތަކަށް ލިބިދޭން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
އެންތުރޮޕިކް އާއި އެންމެ ގާތުން ވާދަކުރާ އޯޕަންއޭއައިގެ ވެރިޔާ ސޭމް އޮލްޓްމަން އާއި މަހުޖަނު އީލޯން މަސްކް ވެސް ވަނީ މިކަމުގައި އަމޯޑޭ އާއި އެއްބަސްވާކަމަށް ބުނެފައެވެ.
ހިފެހެއްޓުމެއްނެތި އޭއައި ޑިވެލޮޕް ކުރަމުން ދާނަމަ އެކަމުން ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭ ގޮތުން އެކިފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެންތުރޮޕިކް ކުންފުނިން ދާދި ފަހުން ވަކިވި ރިސަރޗަރެއްކަމަށްވާ ޖޭކަބް ކޯޒޯން ، ޓީވީ ޕްރޮގްރާމް އެއްގައި ބުނެފައިވާ ގޮތުގައި މިހާރު އޭއައި ކުރިޔަށް ދާގޮތަށްދާނަމަ ވަރަށް ކައިރި މުސްތަގްބަލެއްގައި އަހަރުމެން އެންމެނަށް މަރާ ކުރިމަތިލާންޖެހުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައެވެ.ލޯރާ ކުއެންސްބަރގް ގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކޯޒޯން ބުނީ އޭއި ކުންފުނި ތަކުގައި މަސައްކަތް ކުރާ މީހުން ތިބީ ހަގީގަތުގައިވެސް ވަރަށް ބިރުން ކަމުގައެވެ.އަދި ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެތެރޭގައިވެސް މުޅި ”ހިއުމެނިޓީ“ އަށް ކުރިމަތިވެދާނެ ބޮޑު ނުރައްކާތެރިކަމާމެދު ”ޖެނުއިން“ ކޮށް ކަންބޮޑުވެފައިކަމަށް އޭނާ ބުނެފައި ވެއެވެ. އޭއައި ގެ ސަބަބުން މުޅި އިންސާނިއްޔަތު އެއްކޮށް ނެތިގެން ހިގައިދާނެ ކަމުގެ ބިރު، އޭއައި ކުންފުނިތައް އުފައްދާ އަދި އެޓެކްނޮލޮޖީ ތަރައްގީ ކުރަމުންދާ ފަރާތްތަކުގެ މެދުގައި އެބައޮތްކަމަށް ބުނުމަކީ އެއްގޮތަކަށްވެސް ”އެގްޒަޖަރޭޝަން“ ނުވަތަ ބޮޑުކޮށްލައިގެން ބުނާ ވާހަކައެއްނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.
ހޮނިހިރު ދުވަހު ހާމަކުރި ލިއުމުގައި އެންތުރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ ވަނީ އޭއައި ބޭނުންކުރުމުގައި އިސްކަންދޭންޖެހޭ ތިން ޕޮއިންޓެއް ފާހަގަ ކުރައްވާފައެވެ.މިގޮތުން އޭއައި މޮޑެލްތައް ޑިވެލޮޕް ކުރާ ފަރާތްތަކުން އަމިއްލަޔަށް މޮނިޓަރ ކުރަމުން ގެންދިއުމާއި، އިންޑަސްޓްރީ ލެވެލްގައި ރެގިއުލޭޓް ކުރުމާއި އަދި މުޅިދުނިޔޭގެ ފެންވަރުގައި ރެގިއުލޭޓް ކުރުން މުހިންމު ކަމަށް އޭނާ ވިދަޅުވެފައި ވެއެވެ.

އަމޯޑޭ މި ފަދަ މޭރުމަކުން ޚިޔާލުފާޅުކުރައްވާފައި މި ވަނީ އޭއައި ތަރައްޤީކުރާ މިންވަރު މަޑުޖައްސައިލުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އެންތުރޮޕިކް ކުންފުނިން ގޮވާލާފައި ވަނިކޮށެވެ. އޭގެ ފަހުން، ޖުލައި މަހުގެ ތެރޭގައި، އޭއައި ކުންފުނިތަކުގައި ވަޒީފާ ޢަދާ ކުރާ 1،000އަށްވުރެ ގިނަ މުވައްޒަފުން ވެސް ވަނީ އޭއައި ތަރައްޤީކުރުން މަޑުޖެއްސޭނެ ގޮތެއް ހަދައިދިނުމަށް އެދި އެމެރިކާގެ ސަރުކާރަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.
މައުލޫމާތު: ބީބީސީ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް