އޮރަންގުޓަން ކިޔާވައްތަރުގެ ރާމާމަކުނުގެ ފަސް ބޭބީ މަކުނު، އިންޑިޔާގެ އޮޑީޝާ ސްޓޭޓްގެ ޖަންގައްޔަށް އެއްލާލާފައިވާ ފަދަ ގޮތަކަށް ތިއްބާ ފެނިއްޖެ އެވެ. މިހިސާބަކީ މިވައްތަރުގެ މަކުނުނުގެ ނެޗުރަލް ހެބިޓެޓް ނުވަތަ ގުދްރަތީ ގޮތުން އެސޮރުމެން އުޅޭ ހިސާބާ އެތައްހާސް ކިލޯމީޓަރު ދުރު ހިސާބެއްކަމަށް ވެއެވެ.އެހެން ކަމުން މިމަކުނު ތަކަކީ ބަޔަކު ސިއްރުން އެއްތަނުން އަނެއްތަނަށް ގެންދަން އުޅެފަ ދޫކޮށްލާފައިވާ މަކުނު ތަކެއްކަމަށް ބެލެވޭކަމަށް ކަމާބެހޭ އޮފިޝަލުން ބުނެއެވެ. މަކުނުތަކަށް އަމިއްލަޔަށް އޮޑީޝާ އާއި ހަމަޔަށް ދެވޭނެ އެއްގޮތެއްވެސް ނޯންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ވެސްޓް ބެންގޯލް ބޯޑަރާ ކައިރިން ހައިވޭ އަކާއިވެސް ކައިރިން ބޭބީމަކުނުތައް ފެނުނު ހިސާބަކީ މާ ގަސްތައް ބޯ ހިސާބެއް ނޫން ކަމަށް ވެއެވެ.އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި މަކުނުތައް އެތަނުގައި ތިބެފައިވަނީ ދޭއް ނުވަތަ ތިން ދުވަހުއެވެ.
މިފަދަ އޮރަންގުޓަން ރާމާ މަކުނަކީ އެންމެ ބިޔަކޮށްތިބޭ ވައްތަރުގެ މަކުނެވެ.އޮޑީޝާގެ ޖަންގަލިތެރޭން ބޭބީ އޮރަންގުޓަންތައް ފެނުނު އިރު ތިބީ ދޮންކެޔޮކާން ކަމަށް ވެއެވެ.އެސޮރުމެން ފެނުމާއި ގުޅިގެން ކައިރި ހިސާބުތައް އެތައް މޭލަކަށް ބެލިއިރުވެސް އިތުރު ކުޑަ، ނުވަތަ ބޮޑު މަކުނެއް ފެނިފައިނުވާކަމަށް ފޮރެސްޓް އޮފިޝަލުން ބުނެފައި ވެއެވެ.އެހެން ކަމުން އެފަސް ބޭބީ މަކުނު އެހިސާބަށް ދޫކޮށްލާފައިވަނީ އިންޓަރނޭޝަނަލް ސްމަގްލިންގ ގްރޫޕަކުން ޓްރެފިކް ކުރަން އުޅެ ނާކާމިޔާބް ވުމުން ހައިވޭ އަކާއި ކައިރިޔަށް ދޫކޮށްލީ ކަމަށް ބެލެވޭ ކަމަށް ފޮރެސްޓް އޮފިޝަލުން ބުނެފައި ވެއެވެ.
ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އޮރަގުންޓަން ރާމާ މަކުނަކީ އިންޑިޔާ ގެނޭޓިވް ޖަނަވާރެއް ނޫން ކަމަށް ވެއެވެ. މިވައްތަރުގެ މަކުނަކީ އިންޑޮނީޝިޔާ އަދި މެލޭޝިޔާ އަށް ނިސްބަތްވާ ވައްތަރެއް ކަމަށް ވެއެވެ. ބޭބީ މަކުނު ތައް ލޯކަލް ގްރޫޕަކަށް ފެނިގެން ފޮރެސްޓް އޮފިޝަލުންނަށް އެންގުމުން މަކުނުތައް ސަލާމަތް ކޮށްފައިވަނީ އަންގާރަ ދުވަހު ކަމުގައި ވެއެވެ. މަކުނުތައް ތިބިތަނުން ނަގައިގެން ނަންދަންކަނަން ޒޫލޮޖިކަލް ޕާކަށް ގެންދިއުމުގެ ކުރިން ފަސްޓް އެއިޑް ދީފައިވާކަމަށް ވެއެވެ.އަދި އެތަނަށް ގެން ދިއުމަށްފަހުވެސް ބައިތިއްބާފަތިބީ ކަރަންޓީނުގައި ކަމަށް ވެއެވެ.
![]()
