އިންޑޮނީޝިޔާގައި ސްކޫލުން ދޭ ކެއުން ކައިގެން ދެހާހެއްހާ ކުދިންނާއި މީހުން ބަލިވެއްޖެ 

Loading

September 4, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑޮނީޝިޔާ ގައި ސްކޫލުން ދޭ ކެއުން ކެއުމުގެ ސަބަބުން ދެހާހެއްހާ ކުދިންނާއި މީހުން ކާނާ ވިހަވެ، ބަލިވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. ފާއިތުވި ތިން ދުވަހު ކުދިންނާއި މީހުން ބަލިވެގެން ރިޕޯޓް ކޮށްފައިވާއިރު އެންމެ ފަހުން ފާހަގަވެފައިވާ ހާދިސާގައި ސެންޓްރަލް ޖާވާ ގެ ހައިސްކޫލެއްގައި 777މީހުންނާއި ކުދިން މިގޮތަށް ބަލިވެފައިވާކަން އެސްކޫލްގެ ހެޑް ޓީޗަރު ހާމަކޮށްފައި ވެއެވެ. އަދި ލާސެމް ކިޔާ ސަރަހައްދުގެ ހައިސްކޫލެއްގައިވެސް ބުދަދުވަހު 752ކުދިންނާއި މީހުން ބަލިވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. 

ސްކޫލް ހެލްތު އޮފިޝަލަކު މައުލޫމާތުދިންގޮތުގައި މިކަން ފުރަތަމަ ފާހަގަވީ އީސްޓް ޖާވާގެ އިސްލާމިކް ބޯޑިންގ ސްކޫލް އަކުން އަންގާރަ ދުވަހުއެވެ.ސްކޫލުންދޭ ކެއުން ކައިގެން ބަޑަށް ތަދުވުމާއި ހޮޑުލުން އަދި ފާޚާނާއަށް ދެވެން ފެށުމުން ޓީޗަރުންނާއި އޮފިޝަލުންގެ ސަމާލުކަމަށް އައީ ކަމަށް އޮފިޝަލް ބުނެފައި ވެއެވެ. ހޮޑުލެވި ފާޚާނާޔަށް ދެވި ގިނަ އަދަދެއްގެ ކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލަށްވެސް ވަނީ ގެންގޮސްފައެވެ.

ކާނާވިހަވެ ކުދިންނަށް ބޭރަށް ހިންގުމާއި ހޮޑު ލުން ކުރިމަތިވަމުން ދިޔައިރު ސްކޫލްތަކުގައި ފުދޭވަރަށް ފާހާނާ ނެތްކަމުގެ މައްސަލަވެސް ފާހަގަވެގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.ބެލެނިވެރިން ފާހަގަކޮށްފައިވާ ގޮތުގައި މިކަން ކުރިމަތިވީ ކުނިވެފައިވާ ކުކުޅުމަސް ބޭނުން ކޮށްފައިވާތީއެވެ.މީގެ އިތުރުން ރަގަޅަށް ރޯނުފިލުވާ ހުރުމާއި ސްޓޯ ކުރުމުގައިވެސް ރައްކާތެރިކަމާއެކު އެކަން ކޮށްފައި ނެތުމުގެ ސަބަބުންނެވެ. ބައެއް މީހުން ފާހަގަކުރި ގޮތުގައި ކާނާޕެކެޓް ތަކުން ދުވީވެސް ނުބައި ވަހެކެވެ.

އިންޑޮނީޝިޔާގައި ސްކޫލް ކުދިންނަށް ކެއުން ދިނުމަށް ހިންގާ ޕްރޮގްރާމަކީ ރައީސް ޕްރަބޯވޯސުބިއަންތޯ ގެ ޚާއްސަ ޕޮލިސީއެއްގެ ގޮތުގައި، ސްކޫލް ކުދިންނަށް ފައިދާހުރި ކާނާ ދިނުމަށް ފެއްޓި މަލްޓިބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކަމަށް ވެއެވެ. ނަމަވެސް މިޕްރޮގްރާމްގެ ތެރެއިން ގިނަ ބަޔަކު ކާނާ ވިހަވެފައި ވުމުން މިކަމުގައި ބަޔަކު ކޮރަޕްޝަންހިންގާފައިވާކަމަށް ދަނީ ޝައްކު ކުރެވެެމުންނެވެ.

މިހާދިސާތަކާއި ގުޅިގެން އިންޑޮނީޝިޔާގެ ނެޝަނަލް ނިއުޓްރިޝަން އޭޖެންސީ ގެ ވެރިޔާ ވަނީ މިކަމުގައި ބައެއްގެ ފަރުވާ ކުޑަކަން ހިމެނޭތޯ ބަލާނެ ކަމަށް ބުނެފައެވެ. އަދި ބަލިވި ހުރިހާ ކުދިންނާއި ޓީޗަރުންގެ ކިބައިން މައާފަށް ވެސް އެދިފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް