އީރާނުގެ އިންޒާރަށް ބިރުން ގައުމަށް ވަޑައިގެންނެވީ ސިއްރު ފްލައިޓެއްގައި

Loading

Facebook
Twitter
WhatsApp

މި ހުސްވި ޖުލައިމަހު ތުރުކީގައި ބޭއްވުނު ނޭޓޯގެ ބައްދަލުވުމަށްފަހު ރައީސް ޑޮނާލްޑް ޓްރަމްޕް އެނބުރި ގައުމަށް ވަޑައިގެންނަވާނީ އެއާރފޯސް -1 ގައިކަމަށް ވައިޓް ހައުސް އިން ބުނެފައިވީ ނަމަވެސް އެ މަނިކުފާނު ވަޑައިގެންނެވީ ސިއްރު މިލިޓްރީ އެއާރކްރާފްޓެއްގައިކަން ވޮޝިންގޓަން ޕޯސްޓުން ހާމަކޮށްފިއެވެ.


ވޮޝިންގޓަން ޕޯސްޓުން ބުނެފައިވާގޮތުގައި ރައީސް ޓްރަމްޕް އެގޮތަށް ކަންތައް ކުރެއްވީ އީރާނުން ދީފައިވާ އިންޒާރުގެ ސަބަބުންނެވެ.
އަންކާރާގައި އޮތް ނޭޓޯގެ ސަމިޓަށް ރައީސް ޓްރަމްޕް ވަޑައިގަތީ ގަތަރުން ހަދިޔާއަކަށް ދިން ޖެޓްގެ ފުރަތަމަ ދަތުރުގައެވެ. ގަތަރުން ދިން ޖެޓް އެހާ ކުރު މުއްދަތެއްގައި އެއާރފޯސް-1 ގެ ފެންވަރަށް އަޕްގްރޭޓް ކޮށް ނިންމާލުމުން އެކަމަށް ކުރި ޚަރަދާބެހޭގޮތުންވެސް ވަނީ ސުވާލު އުފެދިފައެވެ.
އަންކާރާއިން ނައްޓާލުމުގެކުރިން ސޯޝަލް މީޑިއާއަށްކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ކަންދިމާކުރިގޮތުން މިފަހަރު ފުރަތަމަ ދާން މިޖެހުނީ އެއާރފޯސް-1 ގެ ބާ ބޯޓެއްގައި އިނގިރޭސި ވިލާތުގެ އާރ އެފްގެ މިލްޑެންޝަލް އެއާރބޭސް އަށެވެ. އެތަނުގައި އެމެރިކާގެ ސަރވިސް މެމްބަރުންނާއި އަދި ދެން ދަތުރުކުރައްވަން ހަމަޖެހިފައިވާ ޖެޓް ތައްޔާރަށް އޮތެވެ.
އަންކާރާގައި އެއާރފޯސްގެ ބާ ބޯޓަކަށް އަރާވަޑައިގަތުމުގެ ކުރިން ކެމެރާތަކުގެ ކުރިމަތީގައި އެމަނިކުފާނު ގެންދިޔައީ އެއާރޕޯރޓްގައި މަތިންދާ ބޯޓުތަކަށް ކާއެއްޗެހި އުފުލާދޭ ޓްރަކެއްގައި އެއާރފޯސް ސީ-32-އޭ ކުޑަބޯޓަކަށެވެ. މި ގޮތަށް އެމަނިކުފާނުގެ ދަތުރުފުޅު އޮޅުވާލަން ޖެހުނީ އީޜާނުން ދީފައިވާ އިންޒާރުގެ ސަބަބުންނެވެ. 2000 ވަނައަހަރު ކުރީގެ ރައީސް ބިލް ކްލިންޓަން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައިވެސް މިކަހަލަ ގޮތަކަށް ކަންތައް ކުރަން ޖެހުނުކަން ރައީސް ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވުނީ އެ ދުވަހުގެ 10.20 ގައެވެ. އިނގިރޭސި ވިލާތުގައި އެއާރފޯސް-1 ގެ ބާ ބޯޓަކަށް އެމަނިކުފާނު ގެންދެވުނު ގޮތް ހާމަކޮށްފައެއް ނެތެވެ.
އެ ދުވަހު ދަތުރުކުރި ނޫސްވެރިން ހީކޮށްގެންތިބީ ދަތުރު މި ކުރެވެނީ ރައީސް ޓްރަމްޕް އާއެކުގައި އެއާރފޯސް-1 ގައި ކަމަށެވެ. އަދި އެ ފްލައިޓުން ދަތުރު ކުރި ވައިޓް ހައުސްގެ މުއައްޒިފުންވެސް ހީކޮށްގެންތިބީ ދަތުރުކުރެވެނީ ރައީސް ޓްރަމްޕް އަރިހުގައި ކަމަށެވެ.
ރިޕޯރޓަރުން ދަތުރުކުރި ފްލައިޓްގެ ދޮރުފޮތިތައް ދަމާލައިގެން ތިބެން އަމުރުކުރެއްވީ ކީއްވެގެންތޯ ފަހުން ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެއީ ނުރައްކާތެރި ފްލައިޓަކަށް ވީމާކަމަށެވެ. އަދި އަހަރެންނާއެކު ކަލޭމެންވެސް މަރުވެގެން ދާނެތީއެވެ.
ރައީސް ޓްރަމްޕްގެ ދަތުރުފުޅުގައި އެގޮތަށް ސިއްރު ފްލައިޓްތަކެއް ބޭނުންކުރަންޖެހުނު ސަބަބަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން ވައިޓްހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ސްޓީވް ޗޯންގ ބުނެފައިވަނީ ގަތަރުން ދިން ޖެޓުގައި ހުންނާނީ ރައީސް އާއި އަދި އެކުގައި ދަތުރުކުރާމީހުންގެ ރައްކާތެރިކަމާބެހޭ އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކޮށްފައި ކަމަށެވެ. އަދި އެމެރިކާދެކެ ނުރުހޭ ގިނަބަޔަކު އުޅެމުންދާއިރު ގެއްލުމެއް ލިބިދާނެ ފުރުސަތު ދިނުމަށްބޭނުންވެސް ނުވާތީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް