މާލޭގެ އިމާރާތަކުން ވެއްޓުނު މުށިގަނޑެއް، މަގުމަތިން ދިޔަ މީހެއްގެ ބޮލުގައި ޖެހިގެން އެ މީހާއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގެ މާފަންނުގައި ހުރި އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން އިމާރާތެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އެގޮތުން އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތް 41 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް ފަރުވާ ދެމުންދާ ކަމަށެވެ.
ނަމަވެސް އޭނާގެ ހާލަތާގުޅޭ އިތުރު ތަފްސީލު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
![]()
